ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބެލްޖިއަމްގެ ބްރަސެލްސްގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި މުޒާހަރާއެއްގައި މީހަކު ފަލަސްތީނުގެ ދިދަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ
05 ފެބުރުއަރީ 2025 - 21:11
ޣައްޒާ ހިފައި އެތަނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންތައްތަކެއް ކަމަށާއި އެ ކަންކަމުގެ ސަބަބުން ހަމަނުޖެހުން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށް އަރަބް ލީގުން މިއަދު ބުނެފި އެވެ.
"އެމެރިކާ އާއި އެ ގައުމުގެ ރައީސް މެދުއިރުމަތީގައި އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށް ބޭނުންވާ ކަމުގެ ޔަގީންކަން އެބަ އޮތް" ކަމަށާއި ނަމަވެސް ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ފަލަސްތީނު ރައްޔިތުން ވަޒަނުން ނެރެ ވިއްސިވިހާލިކޮށްލުމަށް ބާރުއެޅުން ކަމަށާއި އަރަބި އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެކަމާ އަބަދުވެސް ދެކޮޅު ކަމަށް އަރަބި ލީގުގެ ސެކްރެޓޭރިއަޓުން ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 15 މަސް ދުވަސް ފަހުން މި ވަގުތަށް ވަނީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެތަން އެއްކޮށް ސުންނާތިވެފައި ވެފައި ވާއިރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށެވެ.
މި ވާހަކައާ އެކު އިސްލާމީ އަދި އަރަބި ގައުމުތަކުން ދެކޮޅުހަދަމުން ދަނިކޮށް، 22 މެންބަރުން ހިމެނޭ އަރަބް ލީގުން ބުނީ ޓްރަމްޕްގެ ހުށަހެޅުމަކީ "ހަމަނުޖެހުން ބޮޑުވާނެ ގޮތެއް" ކަމަށެވެ. އަދި މި ކަންކަން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް ކަމަށް ބުންޏެވެ.
ޣައްޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ. އެއާ އެކު އެކި ގައުުމުތަކާއި ޖަމާއަތްތަކުން ދަނީ ޓްރަމްޕުގެ ވާހަކަ ކުށްވެރިކުރަމުންނެވެ.
އަރަބް ލީގުގެ ސެކްރެޓޭރިއަޓްގެ ބަޔާނުގައި ވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތް ގާއިމުކުރުމުގެ ހައްލެއް ގެނައުމަށް ގޮވާލައިފަ އެވެ. "ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާ ވެސް، މުސްތަގުބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތުގެ ތެރޭގައި ހިމެނޭ" ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ނުގެނެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަ ތުރުކް ވެސް ވިދާޅުވީ، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކަށް ގަދަކަމުން މީހުން ބަދަލުކުރުން ނުވަތަ ޑީޕޯޓް ކުރުމަކީ މަނާ ކަމެއްކަން ބައިނަލްއަގްވާމީ ގާނޫނުތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެމި
06 February 2025
ކޮންމެ ބަޔަކު ދެކޮޅުހެދިޔަސް އެމެރިކާއަކީ ދުނިޔޭގެ އެންމެބާރުގަދަ ގައުމެއް. އެމީހުން ބޭނުންގޮތެއްހެދެޭނެ . މިއީ ހަގީގަތް
ެެއެއްވެސް އަޚްލާގެއް ނެތް
06 February 2025
ކޮން އަރަބި ލީގެއް، ވެރިކަމަށް ދަހިވެތި ޔަހޫދީ ލީގެއް އެއީ.
އަބްޑޫޅް +
06 February 2025
މާތްވެގެންވާ އެމެރިކާގެ މަތިވެރި ރަައީސުލްޖުމްހޫރިއްޔާ އަލްފާލިލު ތުރަަންޕު ގެ ގަޣްޒާ މަަޝްރޫޢަށް އަހުރެންގެ ސަައްތއިންސައްތަ ތާއީދު. ސުވާލެއް ނެތް.
ސެމި
06 February 2025
އަހަރެންވެސް ތާއީދު ތުރަންޕުއަށް ގާޒާ ކޮލިޓީކޮށް ހަދާލެވޭނެ
އެހެން ގޮތެއް
06 February 2025
ގައްޒާގެ ރައްޔިތުންނަށް އުފަލާ އަރާމުގައި އުޅެވޭނީ ސުންނާފަތި ވެފައިވާ ދިރުމެއްނެތް ތަނެއްގަތަ، ނުވަތަ ޑިވެލޮޕް ވެފައި އޮތް އަމާން ސިޓީއެއްގައި ތަ؟ ހަޤީޤަތާ ކުރިމަތި ލާ. ޕަލަސްތީނުގެ ބިމެއް އަވަސް މުސްތަޤުބަލުގައެއް އިޒްރޭލު އަތުންނެއް ނުލިބޭނެ. މަހުދީގެފާނު އަންނަނީ އަންނަނީ ގައި ފަލަސްތީނު ރައްޔިތުން ކަތިނުލާ! އެމީހުންނަށް ދިރިހުރުމުގެ ހައްޤު ދީ.
ޙަސަނުބެ
06 February 2025
ޔަހޫދީން ދުވަކުވެސް ތެދެއް ނަހަދާނެކަމާ އެމީހުނަށް އިތުބާރު ނުކުރުމަށް އެންގެވީ މާﷲ. އެމެރިކާ އަކީ ދެފުއްދެގޮތް ޔަހޫދީން ކޮންޓްރޯލްކުރާ ދައުލަތެއް.
ސެމި
06 February 2025
ހަސަނުބެ މިހާުުރު ތިބޯދާ ވިސްނުންދޫކޮށް ދުނިޔޭގެ ހަގީގަތްގަބޫލުކުރަންޖެހޭ. އިޒްރޭލުގަވެސް ބީބީ އަށް ފުރިހަމަ ތާއީދެއްނޯޥޭ
ޑިވެލޮޕް ގައްޒާ
05 February 2025
ޓްރަމްޕް ބުނި އެއްޗެއް ނޭނގި ކޮމެންޓް ކުރާ މީހުން ވަރަށް ގިނަ. ޓްރަމްޕް ބުނީ ގައްޒާ ޑިވެލޮޕް ކުރާވާހަކަ. ހަމާސް ގެ ކެހިވެރި އަތްދަށުން އެމެރިކާގެ އަތްދަށަށް ގެންގޮސް ފަލަސްތީނުގެ މީހުންނަށް ސަލާމަތްތެރިކަން ޔަގީން ކޮށްދޭނަމޭ. ހަމާސް އޮތްހާ ދުވަހަކު އިޒުރޭލުން ގައްޒާއަށް ބޮން އަޅާނެ. އެންމެ ރަނގަޅު ހައްލު ޓްރަމްޕް ބުނެދެއްވީ. އޭރުން ގައްޒާ ރައްޔިތުން ދިރިއުޅެނީ ޑިވެލޮޕްޑް ސިޓީ އެއްގައި.
ޙަސަނުބެ
06 February 2025
ޓުރަމްޕު ބުނި އެތި ދުނިޔޭގަ ހަމަޔާ އުސޫލު ގަބޫލުކުރާ އެއްވެސްމީހަކަށް ސާފުނުވި.
އިންސާފިއްޔާ
05 February 2025
މިހާރު ބަައިޑަންގެ ނުލަފާކަން ހަނދާންނެތުނީ ތި. ދެން ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް ޓްރަމްޕްހާ ގޯސް މީހެއް ނުހުންނާނެ.
މޯލްޑިވްސް ފުރަތަމަ
05 February 2025
ޓްރަމްޕަކީ ހިތްވަރުގަދަ ބޭފުޅެެއް. އެމެރިކާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެކަން ޔަގީން. އަދި މުސްލިމުންނަށްވެސް ދެރަ ގޮތެއް ވިޔަކު ނުދޭނެ. ދިވެހިރާއްޖެއަށް މިވަގުތު އެންމެ ފައިދާހުރި ގޮތަކީ ޓްރަމްގެ އަތުގައި ހިފާ ރާއްޖެ ޑިވެލޮޕް ކުރަން އެމެރިކާގެ ޔޫއެސް އެއިޑްގެ ހާއްސަ ޕޭކޭޖެއް ހޯދުން. ފޯޅަވަހި ވެސް ލިބޭނެ. އެކްސްޓަރަޑިޝަން ޓްރީޓީއެއްގައި ސޮއިކޮށްލުން މުހިންމު.
ދުވަސް
05 February 2025
ކަންކަން ރަނގަޅުވުމުގެ ކުރިން ގޯސްވާނެ. މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށްވާނީ ގޮތްހުސްވާވަރު ވާފަހުން. އެކަމަކު ޖަވާހިރުވެސް އުފެދެނީ ބިމުގެ އަޑީގެ ވަރަށް ބާރުގަދަ ނުރައްކާތެރި މާހައުލެެއްގަ. އެދުވަހަކުން އަހަރެމެން ރަނގަޅު ފަޅީގައި ލައްވާތޯ ދުއާކުރަން
ގުދުގުދާބެއްޔާ
05 February 2025
ސައިކޯ ވެފައި ހުރި ޓުރަންޕްގެ ވާހަކަ އަޑުއަހާނީ މޮޔައިން! ޖެހިގެން އޮތް އިޒްރޭލަށް 15 މަސްދުވަހުގެ ހަގުރާމައިން ހަމާސް ބަލިނުކުރެވުނު ބަޔަކަށް އަދި އެމެރިކާގެ ސިފައިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ! އެމެރިކާއަކީ ބަލިކަށި ދައުލަތެއް!
ނަޓް.
05 February 2025
އަރަބް ލީގެކޭ އިސްރާއީލެކޭ އެމެރިކާއެކޭ މިއީހަމަ އެކައްޗެއް. އެކަމަކު މުސްލިމް އާއްމުންނަކީ ބަތަލުން. ހިތްވަރުކުރި. ތިޔަ ލީގުން އިޒްރޭލާ ދެކޮޅަށް ފޮނުވި މިސައިލެއް ކީއްކުރަން ރޮކެޓެއް ވެސް ނެތް