ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކުރަނީ. -- ފޮޓޯ: އިމިގްރޭޝަން
06 ފެބުރުއަރީ 2025 - 18:43
މި ސަރުކާރު އައިފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އެދެވޭ ސްޕީޑްގައި ކުރިއެރުވުމަށްޓަކައި އާއި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޒަމާނުއްސުރެން ފެށިގެން އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ.
މިދިޔަ ސަރުކާރުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޑީޕޯޓްކޮށްފައި ވަނީ 2،649 ބިދޭސީންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތް ދުވަހުން ފެށިގެން މިހާތަނަށް 6،076 ބިދޭސީން ރާއްޖެއިން ބޭރަށް ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 59 ރަށެއްގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ނަގައި ނިމިފައިވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު ނަގައި ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ނޮވެންބަރު 17، 2023 އިން ފެށިގެން މިއަދާ ހަމައަށް 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް ތައާރަފްކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1،297 މައްސަލަ ވަނީ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 11 މައްސަލައެއް ފިޔަވައި ހުރިހާ މައްސަލައެއް ވަނީ ނިމިފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކާ ސުވާލުކުރަނީ-- ފޮޓޯ: އިމިގްރޭޝަން
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ވެސް އެ އޮޕަރޭޝަނުގައި ޑީޕޯޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ބަލައި ފާސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރަސީދު 01
07 February 2025
ވިސާ ދެނީ ލޭބަރެއް ގެންނަން! ގެންނަނީ އެކައުންޓް މަސަކަތްނޫނީ އައިޓީ މަސައްކަތް ކުރާ މީހެއް! ހާއްސަކޮސް ރިސޯތް ތަކުގަ! ވަކި ރިސޯތެއް ނޫން ހުރިހާ ރިސޯޓެއްގައިވެސް ކަން ކުރާގޮތް މިއީ !މިކަންވެސް ބަލާ ދީބަލަ!
މީސީ
07 February 2025
ގިނަވެގެން ކޮންމެ 2 އަހަރުން 1 މަސްދުވަހަށް ރާއްޖޭން ބޭރުވާންޖެހޭގޮތަށް ވިސާދީބަލަ.. ބަންގާޅީން ކޮންޓިނުކޮށް 10 އަހަރުވެސް އެބައުޅޭ އެހެންވީމަ ވިޔަފާރި އެއްޗެހި ފަށައިގެން މިތާ ކުށްކުރަން އެއުޅެވެނީ
ބޮންދ
07 February 2025
ޑީޕޯޓް ކުރުމަކީ ކޮބައިތޯ. އަނބުރާ ނައާދެވޭގޮތަށް ފޮނުވުންތ؟ ނުވަތަ ކިތައްދުވަސް ފަހުން އާދެވޭގޮތަށް ތޯ. ނުތަތަ ޗުއްޓީ އަށްފަހު އަބުރާ އަންނަގޮތަށް ލީގަލައިޒް ކުރީތޯ. ނުވަތަ އަމިއްލައަށް ޗުއްޓީއަށް ދިޔަމީހުން ވެސް އެއީ ޑީޕޯޓްވުރުންތޯ.
އަޅި އަލީ
07 February 2025
ބިދޭސީންނަށް ލިބޭ ފައިސާ ހުރިހާ ފައިސާއެއް ގައުމުން ބޭރަށް ގެންދިއުމުގެ ބަދަލުގައި އޭގެން ކޮންމެވެސް އިންސައްތައެއް މިގައުމުގައި ހަރަދު ކުރަން ޖެހޭ ގޮތަށް ބަދަލުކުރަްނވީ! ބައެއް ގައުމު ތަކުގައި އެބަހުރި އެކަހަލަ ގާނޫނު! ނޫނއީ ވަޒީފާ އަދާ ކުރާ ބޭރު މީހުން އަރުން ކޮންމެސް ޒާތެއްގެ ޓެކުހެއް ނަގަންވީ!
ެއަލީ
07 February 2025
މިވެސް ޖޯކެއް. 6000 މީހުން ކޮންތާކުން ބޭރުކުރީ؟ މީގެ މާނައަކީ ދުވާލަކަށް 16 ބިދޭސީން ޑިޕޯޓް ކުރިއޭ. މިދެން އަހަރެމެންވީ ގަބޫލުކުރަން؟؟؟
ޖައިލަމު
06 February 2025
ގަބޫލުކުރަން ދަތިވިޔަސް، އެއްވެސް ސަރުކާރަކުން ބިދޭސީން އުޅޭ ނޫޅެގޮތް ނުބެލި ހައްދުފަހަނަ އަޅާ ދިޔައީ. އިމިގުރޭޝަންވޮޗް ތައާރަފްކޮށް ގަވައިދާ ހިލާފަށް އުޅޭ 6000 ބިދޭސީން 1 އަހަރުތެރޭ ޑީޕޯޓުކުރުމަކީ ގައުމުންބޭރުވާ އެތައް ޑޮލަރެއް ސަލާމަތްވެސް ވި ކަމެއް. ދެންވެސް ރަޢިސް ޑރ.މުއިޒް
ކައިލް މުހައްމަދު
06 February 2025
އިބޫ ވެރިކަމުގަ މިގައުމުގެ މަގުމަށްޗަށް ނުކުތަސް ފެންނަނީ ދިވެހިންނަށް ވުރެ ގިނައިން ބިދޭސީން އުޅޭތަން. މިހާރު ވަރަށް ބޮޑުތަނުން ބިދޭސީންގެ މައްސަލައަށް ހައްލު ހޯދިއްޖެ
ޖަނާ މައުމޫން
06 February 2025
ބޭރުމީހުން ކުރިއަށްވުރެ ވަރަށް ބޮޑުތަނުން މަދުވެއްޖެ. ސާބަހޭ ރައީސް
ނާހިލްް
06 February 2025
ބިދޭސީން މިހާރު ބޭނުންހާ ގޮތަކަށް އުޅޭތަނެއް ވެސް ނުފެނޭ. ވަރަށް މައިތިރި ކުރިއާ ބަލާފަ
ޝާހިލްް
06 February 2025
އެއްވެސް ވެރިއަކަށް ބިދޭސީންގެ މައްސަލައަށް ހައްލެއް ނުގެނެވިހުރީ. ތަފާތު މިދެއްކީ ރ.މުއިއްޒު