ޑްރަގު މައްސަލައެއްގައި ހޯދަމުން އަންނަ މީހާ.
09 ފެބުރުއަރީ 2025 - 13:10
ޑައިމޯފިން ފެޑްލް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހޯދަނީ ގދ. ފިޔޯރީ، ޒަމީން، ހުސެއިން ޝުޖުއާން ނާފިޒު 20 އެވެ.
ފުލުހުން ބުނީ އޭނާއަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ޝުުއާން ހޯދަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ފުލުހުންގެ މައްޗަށް އަމުރު ނެރެފައި ވަނީ މާދަމާ މެންދުރު 1:00 އަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށެވެ.
އެހެންވެ، ޝުޖުއާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަމްބަރު 9991442 އަށް ގުޅާ ހިއްސާކުރަން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
09 February 2025
“ޕެޑްލިން’ މިބަހަށް ދިވެހި ބަހެއް ނެތިއްޔާ ބަހެއް ހަދަމާ! މިބަހަކީ މަނާ އެއްޗިހި އެބޭނުން ކުރާ މީހުންނަށް ވިއްކުމުމުގެ ހަރަކާތަށް ކިޔާ ބަހެއް. ރީޓެއިލް ކުރުން.
ގަޖުނީދޮންބެ
09 February 2025
ކޮބާތޯ ޕެޑެލިކުރުމަކީ؟ މޮޅެތި ބަސްތަކުންތަޅާ އަހަރެމެންގެ ސިކުނޑިތައް ސުންކޮށްފި.
ޏަނާ
09 February 2025
ޑްރަގް ޕެޑްލަރ (މަސްތުވާތަކެތި ވިއްކާ މީހާ)! ދިވެހި ބަހުންވެސް ހަމަ ލިޔެވޭނެ ކަހަލަ ބަސްތައް މީ! ކީކޭ ބުނާނީ!
ޕިސް
09 February 2025
ސަހާދެއް!ތެދެއް ތިޔަ ބުނީ!! އަދި ދުށިން - ކެނަބިހުން މުއާމަލާތް ކުރުން!؟؟؟ ކެނަބިހާ ވާހަކަ ދައްކައިގެން އުަޅޭހެން ހީވަނީ!!
ތައްޓު
09 February 2025
އިނގިރޭސިބަހުން މުއާމަލާތްކުރުންފަދަ ކަމެއް ކެނެބިހުން މުއާމަލާތްކުރުމަކީ.