ދައުރުވަމުންދާ ސްކޭމް މެސެޖު.
09 ފެބުރުއަރީ 2025 - 13:23
އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމެއްގެ ތެރެއިން، "އަހަރެން މީ ކާކުކަން އެނގޭތަ؟" ލިއެފައިވާ މެސެޖެއް ފޯނުތަކަށް ފޮނުވަން ފަށައިފި އެވެ.
މި ސްކޭމް މެސެޖު ވަރަށް ގިނަ މީހުންގެ ފޯނުތަކަށް އިއްޔެ އާއި މިއަދު ވަނީ ފޮނުވައިފަ އެވެ. އެ މެސެޖު ފޮނުވަނީ ވެސް އެކި ނަންބަރުތަކުންނެވެ.
އެ ސްކޭމް މެސެޖުގައި ލިޔެފައި ވަނީ "އަހަރެން މީ ކާކުކަން އެނގޭތަ؟ ފުރަތަމަ 1،000 ބައިވެރިންނަށް ކިރަބެޓް އިން ހިލޭ ފަސް ޑޮލަރު ދޫކުރާ މި ފުރުސަތު ގެއްލުވާނުލާ،" އެވެ. އަދި ލިންކެއް ހިމަނައި، ވީޕީއެން ބޭނުންކޮށްގެން އެ ލިންކަށް ވަނުމަށް އެ މެސެޖުގައި ބުނެފައިވެ އެވެ.
ބައެއް މީހުންނަށް ފޮނުވާ މެސެޖުތަކުގައި "މި އޮތީ ރަނުގެ ފުރުސަތެއް އަވަސްކޮށްލާ" ވެސް ލިޔެފައިވެ އެވެ.
ކިރަބެޓް އަކީ ޖުވާ ކުޅުމަށް ބޭނުންކުރާ އޮންލައިން ސައިޓެކެވެ.
ދައުރުވަމުންދާ ސްކޭމް މެސެޖު.
ފުލުހުން މިއަދު ބުނީ ދައުރުވަމުންދާ މި ކަހަލަ ލިންކުތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް މިފަދަ ސައިޓްތައް ބްލޮކް ކުރަން ފޮނުވަމުން އަންނަ ކަމަށެވެ.
މިގޮތަށް ފޮނުވާ ގޮތް ނޭނގޭ ލިންކުތައް ނުހުޅުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފުލުހުން ބުނި ގޮތުގައި، އެކި ކަހަލަ ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވެ އެވެ. ސްކޭމް ކޮށްގެން މިދިޔަ އަހަރު 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ފޭރުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށޮޕެ
09 February 2025
މި މާރކެޓް ނުކުރާށޭ
ދިވެހްންން
09 February 2025
މި ދިވެހިން ހަމަ ގަމާރީތަ ނޫނީ ނުބައި ނުލަފައީތަ، ފުލުހުން ކަމެއް ކުރިޔަސްވެސް ފުލުހުން ގޯސް ވަނީ، ފުލުހުން ކަމެއް ނުކުރިޔަސް ފުލުހުން މި ގޯސްވަނީ، ހަމަ ރަނގަޅު އެއް ގޮތެއް ނޯވޭ، މަގޭ ހިތަށް އަރާ މިހާ މޮޅަށް ކޮމެންޓު މި ކުރާމީހުން ކީއްވެ ބާއޭ ކޮންސަލްޓުންގެ ގޮތުގައި ފުލުހުންނާއި ގުޅިގެން އެ ބުނާގޮތަށް ކަންކަން ކުރުމަށް މަސައްކަތް ނުކުރަނީ، ކަމެއް ނުކުރެވެންޏާ ފިތުނަ އުފެދޭގޮތަށް ވައި އަނގަ ނުތަޅާ ތިބެބަ
މާންބެ
09 February 2025
ކަރަބެޓް އެންމެ ގިނައިން ކުޅެނީ ދިވެހި ފުލުސް މީހުން. ދާދި އިހަކަށް ދުވަހުވެސް ފެނުން ވީޑިއޯކޮޅެއް. ފުލުހަކު ފުލުސް ކާރުގަ އިނދެގެން ހޭވައްޓާލާފަ އޮންލައިން ކެސީނޯ ޖައްސާ މަންޒަރު. އެ ދެން ވެދާނެ އެބޭފުޅާގެ ޑިޔުޓީ ނިމުން ގަޑި ކަމަށްވެސް. ނޫނޭ ޑިޔުޓީ ނިމުނީމަ ނުޖެހޭނެދޯ ފުލުސް ކާރުގަ އިންނާކަށް.
ސޭކު
09 February 2025
ފޯނުނަންބަރު ނުހޯދުނަސް އެފޮނުވާ އެކައުންޓްގެ ވެރިފަރާތް ނުހޯދެންޏާ ތީ އަޖައިބެއް ، މަށަށް ވަޒީފާއެއް ދީ ތި ހުރިހާއެއްޗެއް ހޯދާލަ ދީފާނަން ، ހަގީގަތުގަ ޓްރޭޑް ކުރުން ހުއްޓުވަންށޭ ކިޔާފަ ހުއްދަކަންތައް ބާއްވާފަ އޮންލައިން ޖުވާ އަށް ސަރުކާރުން ފުރުސަތު ދިނީ
ޑރ ވާންޗޯ
09 February 2025
މަގޭ ފޯންނަންބަރުއެނގޭ، މަމީ މެސެޖްކޮށްގެން މަކަރާހީލަތުން މީހުން ލޫޓުވާ މީހެއްކަންވެސްއެނގޭ، މަމެސެޖްފޮނުވަނީ ކޮންސެލްޓަވަރއެއް ބޭނުންކޮށްގެންކަންވެސް އެނގޭ، މަފައިސާޖަމާކުރާ އެކައުންޓުވެސް އެނގޭ، މަގޭފޯނުބްލޮކްވެސްނުކުރެވޭ، މަނުވެސްހޯދޭ މަމީކާކު؟؟؟؟.
އަލްޖިބްރރާ
09 February 2025
ކިރާބެޓް ސައިޓަށް ވަންނަ މީހުން މަދުވާތީ އެސޮރުމެން ސަލާންޖަހަނީ
ޚސޖސި
09 February 2025
ކުށްކުރާ މީހުން ނޭނގެނީތަ؟ އެމީހުންނަށް އަދަބުދީބަލަ. ނުވަންޏާ ވެސް ބުނެލާތި
ގޮއްމާރު
09 February 2025
ތީ އިހުސާނު އަޑީގަ ހުރެ ކުރުވާ ކަމެއް
މައިކާލޯ
09 February 2025
މަކަރު ހަދާ މީހުންނާއި އޮޅުވާލާ މީހުންނާއި މަނީ ލޮންޑާކުރާ ވަގުން އިތުރުވާނެނުން. ވެރިކަމަށް އަންނަ މީހާ ކުށުގެ ބޮޑުކަމުން 400 އަހަރަށް ޖަލަށް ލާ މީހާއަށްވެސް އެބަ މާފު ދޭ އެއްވެސް ޖެހިލުމެއްނެތި. މާފުދިނުމުގައި ކުށުގެ ބާވަތާއި އޭގޭ ނުރައްކާތެރިކަމަށް ބެލުމެއްނެތް. ދެން ވަގުން ގިނަ ނުވާންވީ ސަބަބެއް ކޮބަ؟ ފުރަތަމަ ބޮޑު ސޯބް އިސްލާހުކުރޭ. މަގައުމުގައި ވަގުން އުފައްދަން ފުރުސަތުދެނީ ވެރިން.
ނަރީޝް
09 February 2025
ކުރީގައި ޖުވާކުޅޭން ބޭނުންވާމީހުން ދަނީ ލަންކާގެ ކެސިނޯއަށް އަށް. ވަރަށްގިނަފަހަރު ގެންދިޔަ ފައިސާކޮޅު ހުސްކޮށް އެކައުންޓްގައި ހުރިފައިސާ ތަޅާހުސްކޮށްލާ މީހުންވެސް މަދެއް ނުވާނެ. ހުންނަކޮޓަރިއަށް ފައިސާދައްކަންޖެހެނީ އާއިލާއަށްގުުޅާ ފައިސާގެނެސްގެން. މިހާރުމިއޮތީ މޯބައިލުން ފަސޭހައިން ޖުވާކުޅެވޭގޮތް ފެނިފާ. ކިރަބެޓަކީ ދިވެހިން އެންމެގިނައިން ޖުވާކުޅޭން އުރީދޫގެ އެހީގައިވަންނަ ސައިޓް. އެހެންވީމާ 5ޑޮލަރުބޭނުމުގައި ގިނަދިވެހިން ތިމަޅީގައި ޖެހޭނެ
ގުލާމުބެއްޔާ
09 February 2025
ކިރާބެޓްއިން ފަސްޑޮލަރު ހިލޭދިނީމާ ތިކަންބަލައިގަންނާނެ ގިނަމީހުން. އެހެނީ އުރީދޫއިން އެދަނީ ދިވެހިންނަށް ތިކިޔާ ކިރަބެޓާ، ޖުވާކުޅެވޭސައިޓްތަކަށް ހުރެހެއްނެތި ވަދެވޭގޮތް ހަދާދެމުން. ސަރުކާރުން ބްލޮކްކުރަން އެންގީމާ އެއަށްވެސް އަމަލެއްނުކުރޭ. ގިނަދިވެހިން ރެޔާދުވާލު މިހާރުހޭދަކުރަނީ އޮންލައިންކޮށް ޖުވާކުޅުމުގައި. އަަތުގައި ލާރިނެތީމާ ރައްޓެހިންނަށް އާދޭސްކޮށްގެން ފައިސާއަޅައިގެން ޖުވާކުޅޭމީހުންވެސް މަދެއްނުވާނެ. ،