ޚަބަރު / ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މާލީ ދާއިރާއަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމެއް ޕެންޝަން އޮފީހުން ތައާރަފުކޮށްފި

10 ފެބުރުއަރީ 2025 - 09:11

16 comments

މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޕެންޝަން އޮފީހުން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ.

އެ އޮފީހުން އިއްޔެ ބުނީ، މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ އަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތައުލީމު ހާސިލުކޮށް، ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުވެރި ދިވެހިންނަށް އެ ފުރުސަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތް ކުރާނެ ގާބިލު މީހުން ބިނާކުރުން ކަމަށެވެ.

މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ދުނިޔޭގެ ޔުނިވާސިޓީ ރޭންކިން އަށް ބަލައި، ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން އަންޑާގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ، ފުލީ ފަންޑެޑް ސްކޮލާޝިޕް ޕްރޮގްރާމެއް ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު އިއުލާންކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރަށް ވަނީ އަންޑަގްރެޖުއޭޓް އެއް ސްކޮލާޝިޕް އިއުލާންކޮށްފަ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އެކްޗުރިއަލް ސައިންސްގެ ތެރެއިން އެއް ދާއިރާއިން ކިޔެވުމަށެވެ.

މި އަހަރުގެ ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. ސްކޮލާޝިޕަށް ޝޯޓްލިސްޓުވާ މީހުން އިންޓަވިއު ކުރާނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

16 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

11 February 2025

ރަނަގަޅު ޕީއެޗުޑީ ސަނަދެއް ހޯދާނަމޭ ހިތުގަ އެބައޮތް. މިހާރުވެސް އެބަ އޮތް، ޕިޔޯނުކަމުގެ ސަނަދު.

The name is already taken The name is available. Register?

123321

11 February 2025

އަހަރެމެން 1800 އިގެ ސިކުޑި ހުރި މީހުންނައް، ކުޑަމޮހޮދޭ ކިޔައިދޭންވީނު، އަހަރެމެންގެ ޕެންޝަން ގެ ލާރިން ބަޔަކައް މަންފާވާގޮތައް ސްކޮލާޝިޕް ދޭންޖެހޭ ސަބަބެއް، ޕެންޝަނާ އިންނައް އެއްވެސްމަންފާއެއް ނެތްގޮތައް، މިއީ ވަރައްބޭއިންސާފުން ކުރަންއުޅޭކަމެއް، ކުށްވެރިކުރަން

The name is already taken The name is available. Register?

ކުޑަމޮހޮދޭ

11 February 2025

ކޮމެންޓުތައް ކިޔާލީމާ މި އެނގެނީ ދިވެހިންގެ ސިކުނޑީގަ އަދިވެސް ތެތްކަމެއް ނެތް މިންވަރު. ކީބޯޑެއް އަތުޖެހުނީމާ ކޮންމެ މީހަކުވެސް ފިތަނީ. ކަންކަމުގެ ހަގީގާތާ ވާނުވާ ބަލައި ދިރާސާކުރާކަށް ބޭނުމެއް ނޫން. ސްމާޓުވަނީ އަތުގަ އޮންނަ ފޯނު އެކަނި. ސިކުނޑި އަދިވެސް އުޅެނީ 1800 ގެ ކުރީކޮޅުގަ.

The name is already taken The name is available. Register?

123322

10 February 2025

މިއީ ކިހާދެރަކަމެއް، އަހަރެމެން އުމުރުހުސްމިވަނީ ސަރުކާރައްހިދުމަތް ކުރަން ސިވިލްސާރވިސްގަ، ލިބޭކުޑަމުސާރަކޮޅުން، ޕެންޝަނަށޭކިޔާފަ ކޮންމެމަހަކު ބޮޑުއެއްޗެއްއެބަކަނޑާ، މިމީހުން މީގެއިން ބޭނުންކުޅިވަރެއްމިކުޅެނީ، ބޯހިޔާވަހިކަމެއްހޯދަންވެސް މިލާރި އަހަރެމެނަކައް ބޭނުންކުރެވޭނެގޮތެއްނެތް، އަނެއްކޮޅުން، 65 ވީމަ ވަޒީފާގަ އުމުރުހުސްކުރިމީހާއެކޭ، ދުވަހަކުވަޒީފާގަ ނުއުޅޭމީހއެކޭ އެއްގޮތް، މިއީ ވރައް ބޭއިންސާފުނކުރކމެއް

The name is already taken The name is available. Register?

އަފްރާސިޔާބު

10 February 2025

މީހުންގެ އަތުން ގަދަކަމުން ފައިސާ ނަގައިފާ ސްކޮރަޝިޕަށް ތިމާގެ މީހުންނާއި ގާތް ރައްޓެހިން ފޮނުވާނީ ވަރަށްވެސް ބޭ އިންސާފުން. ސަރުކާރުގެ ޓެކްސް ފައިސާއިން ކިޔައިދިނީމާވެސް އެއްވެސް ފައިސާއެއް އަނބުރާ ނުދައްކާއިރު ޕެންޝަން ފަންޑު ޕަކަޅާ ކޮށްލަން ޖެހި މަޅިއެއް ކަމަށް ފެންނަނީ. މިހާރުވެސް ފަންޑުގެ ފައިސާއިން ސަރުކާރުގެ ބޮންޑު ގަނެފައި އެވެސް ނުލިބިގެން މިއުޅެނީ.

The name is already taken The name is available. Register?

ހަމީދު މުޙައްމަދު

10 February 2025

ޕެންޝަން ފަންޑގައި ބައިވެރިވެފައިވާ މީހުން ދަރާވިކުނަސް އެއްޗެއް ލިބޭކަށްނެތް. ތިޔަ ފަނޑުން ފައިދާކުރަނީ ބައިވެރި ނުވާ 65 އަހަރުން މަތީގެ މީހުންނަށާ އެކަނިވެރިމައިންނޭ ކިޔާ މީހުންނަށް. އަހަރެމެން ފަންޑަށް ފައިސާދެއްކީމަ އެމީހުންނަށް ފައިސާދެނީ. އަބަދު ފައިސާ ލިބިލިބި ހުންނަ ފަންޑަކަށްވާތީ ހުހެއްނުވާނެ. އެކަމަކު ފަންޑުގައި ބައިވެރިވެ 500000ރ ހުރި މީހަކަށްވެސް ކިތަންމެ ދަތިވިޔަސް އެއިން އެއްޗެއް ލިބޭގޮތެއްނޯވޭ.

The name is already taken The name is available. Register?

މަރީޔަމް

10 February 2025

ބަލަގަ، މުސްކުޅިވީމަ ބޭނުން ކުރަން ހުންނަ ފައިސާ އޭއީ! މުސްކުޅިވެ ވަޒީފާ އަދާ ނުކުރެވޭއިރަށް ފަހަށް ރައްކާކުރާ ފައިސާ ކަން ނޭގޭކަމަށް ވާނަމަ ތަންކޮޅެއް ރޯފިލަން ޖެހޭ

The name is already taken The name is available. Register?

ފީފީފީ

10 February 2025

އާން. ކާފަ 53 އަހަރު. ލޯލަށް ނުފެންނާތީ ވަޒީފާއިން ވަކިވާން މަޖުބޫރުވީ. ބައިވަރު ފައިސާހުރި ޕެންޝަންގަ އަޅީ ރިޓަޔަަރމަންޓްވެސް ނުލިބުނު. 55 ގައޯ ލިބޭނީ. 55 ވަންދެން magumathi. މީ ހައްލު ކުރަންވީ ކަންކަން

The name is already taken The name is available. Register?

އިހްސާސް

10 February 2025

ޕެންޝަން ފައިސާއިން މީހުނަށް ސްކޮލަޝިޕްދެނީތޯ؟ ގައިމު ޙައްޖުގެ އަގު(ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިން އަގު) ހަމަވާއިރުވެސް ޙައްޖަށް ދާންވެސް ދޫކުރެވެން ނެތް ފައިސާއެކޯ ތިޔައީ. ދެރަކަމެއްނު.

The name is already taken The name is available. Register?

ޑރ ވާންޗޯ

10 February 2025

މިގައުމުގަ ކަންކަން ހިގަމުންދާގޮތަށް ބަލާއިރު ތިޔައީ ވަކިމީހަކަށް ފަހާފަވާކޯޓަކަށް ވުމަކީ ނުވުމަށްވުރެ ވުންގާތްގޮތެއް.

The name is already taken The name is available. Register?

ލަތީފާ

10 February 2025

ފުރަތަމަ އެ ކަމުގެ ލިޔެކިޔުންތަށް ބަލާ އަމިއްލަ ސިކުނޑިން ވިސްނަބަލަ! ހެޑްލަން ކިޔާފަ ދެއުޅިއެއް ނެތް ކޮމެންޓް ކުރަން ކޮފީގަ ރައްޓެހިންނާއި އެކު އިނަސް ކަމަކު ނުދާނެ.

The name is already taken The name is available. Register?

ޖަބްލީން

10 February 2025

ފަންޑަށް ފައިސާ އަޅާމީހުން ތިބިކަމެއްނޭންގޭތަ؟؟ބިލިއަނުން ފައިސާ އޮންނައިރު ފަންޑަށް ފައިސާއަޅާމީހުނަށް ކޮށްދޭކަމެއްނެތް..ކަސްޓަމަރުން މަތިން ހަނދާވާބައެއްނޫން.ފައިސާކޮޅު ނެގީމަ ނިމުނީ.

The name is already taken The name is available. Register?

ޑފބސސ

10 February 2025

ފަންޑަށް ފައިސާ އަޅަނީ ރިޓަޔާރ ކޮށްފަ ބޭނުުންކުރުމަށް. ކަލޭ ރިޓަޔާ ކުރީމަ ކަލޭގެ ފަންޑު ލިބޭނެ. ރިޓަޔަމަންޓް ފައިސާ ނުޖެހޭނެ އިނގޭތޯ ބޭނުންހާ އިރަކު ބޭނުންކަމެއް ކުރަން ދޭކަށް

The name is already taken The name is available. Register?

އަފްރާސިޔާބު

10 February 2025

ރިޓަޔަރ ކުރިއަސް ނުލިބޭ. 65 ހަމަވީމާ ލިބޭނީ. 65 ވީމާ އުމުރުން 65 ވީމާ ސަރުކާރުން ދޭނެކަމަށް ބުނާއެއްޗެއްވެސް ނުލިބޭ. ދެބައި އަޅާ ކަނޑާފާ އަހަރެން ޖަމާކުރިވަރުން 14 އަހަރަށް ބަހާފައި 4999 ރުފިޔާ ޖެހިއްޖެއްޔާ ޕެންސަން ޕެންޝަންގެ ގޮތުގައި ސަރުކާރުން ދޭނީ 1 ރުފިޔާ 9999 ރުފިޔާ ޖެހޭ ކަމުގައިވާނަމަ ސަރުކާރުން ދޭނީ 1 ރުފިޔާ. މި އީތޯ އަހަރެމެންގެ ފައިސާ ހިފަހައްޓައި އިންވެސްޓް ކުރީމާ ދޭން އެގޭވަރަކީ.

The name is already taken The name is available. Register?

އަފްރާ

10 February 2025

އަފްރާސިޔާބު ދެން ކަލޭ ބަލަން ޖެހެނީ ހަމަ ސަރުކާރައްތަ... ކަލޭމެން މުސްކުޅިވާ ދުވަހަށް ބައި ރުފިޔާވެސް ރައްކާނުކުރާތީ މި ޕެންޝަން ފަންޑަކަށް ގަދަކަމުންވިޔަސް ލާރި ލާން މި ޖެހެނީ... އަދިވެސް ހިސާބަށްވުރެ ޖާހިލީ

The name is already taken The name is available. Register?

އަފްރާސިޔާބު

11 February 2025

އަފްރާ. ސަރުކާރު ހިންގަނީވެސް އަހަރެމެންދޭ ފައިސާ އިން. އެހެންވީއިރު ބަލިވީމާވެސް ބަލަންޖެހޭނެ. އަފްރާ ކިޔެވީވެސް އަފްރާގެ އާއިލާ ހިމެނޭގޮތުން އަހަރެމެން ދިން ފައިސާއިން. އެކަން އަފްރާއަށް ނޭނގުނުކަމީ އެހެން ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454