ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް --
10 ފެބުރުއަރީ 2025 - 10:02
ޓެކްސީގެ ހިދުމަތް ދޭ މީހުންގެ މަސައްކަތާއި ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަމަލުތައް ބަހައްޓާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ މައްސަލާގައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަށް އިޖާ ބަދިނުމެއް ނެތި، ފުލުހުން ހުރަސް އަޅާފައިވާ ކަމަށެވެ.
"ހުޅުމާލޭ ހައިވޭއަށް އަރާ ހިސާބުގައި ސުލްހަވެރިކަމާ އެކު އިހުތިޖާޖުގައި ހަރަކާތްތެރިވަމުން ދިޔަ ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވިވެފައިވާ ޓެކްސީތައް ޓޯކޮށްފައިވަނީ ސުލްހަވެރިކަމާ އެކު، އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް،" ކުއްލި މައްސަލާގައިވެ އެވެ.
މި އިހުތިޖާޖުގެ ސަބަބުން މީހެއްގެ ފުރާނަ އަށް އަދި މުދަލަކަށް ވެސް ގެއްލުން ވެފައި ނުވާއިރު، މިއީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފަ އެވެ.
ނަމަވެސް، ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ޕީއެންސީ ގިނަ މެންބަރުން ވަނީ މިއީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ ކުއްލި މައްސަލައެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ރާވާފައިވަނީ އެމްޑީޕީން އަޑީގައި އޮވެ ކަމަށާއި އޭގެ ސަބަބުން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރި އެތައް ސަތޭކަ ބަޔަކަށް އޭގެ އަސަރު ކުރި ކަމަށް ވެސް ޕީއެންސީގެ މެމްބަރުން ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން ދުއްވާ އެއްޗިއްސަށް ހުޅުމާލެ އިން ހައިވޭ އަށް ނޭރޭ ގޮތަށް އަދި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް އަމަލު ކުރި ކަމަށް ބުނެ ތިން މީހަކު ހައްޔަރުކޮށް، 22 ކާރު ފުލުހުން ޓޯކުރި އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓުން ފަހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފްސީލު
10 February 2025
ޓެކްސީގެ ޚިދުމަތަކީ ސަރުކާރުން ވަދެގެންވެސް ރަނގަޅުކުރަން ޖެހިފަ އޮތް ރަނގަޅު ނުކުރެވި އޮތް މައްސަލައެއް، ޓެކްސީ ކަންތައްތަކުގަ މާ ހެޔޮއެދިގެން އެމްޑީޕީން އުޅޭއިރު، ޓެކްސީ ކުރާ ފަރާތްތަކުގެ ގޮތެއްފޮތެއް ނެތްކަން، ރިޕޯޓްތައް ހަދާ ލިޔުންތައް އެންމެ ގިނައިން ގެނެސްފައި ހުރީ އަދަދު ގައާއި ރާއްޖެ ޓީވީން، އެވެސް އެމްޑީޕީ ވެރިކަމުގަ، އޭރު އެވަރު ގޯސްބަޔަކު ނެތް، ވެރިކަން ބަދަލުވުމާއެކު ޓެކްސީ ޑްރައިވަރުންވެސް ރަނގަޅުވެއްޖެ، ތިއުޅެނީ ހެޔޮ އެދިގެންނެއް ނޫ
ޑްރައިވަރ
10 February 2025
ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް ނިޔާޒު އަކީ އެމްޑީޕީ އެކްޓިވިސްޓެއް. އެޖަމިއްޔާގެ ކަމުވޮށިގެންވާ މަޤާމުތަކުގެ ތިބީވެސް އެމްޑީޕީ އެކްޓިވިސްޓުން. ތިޔަ މުޒާހަރާ އަކީވެސް އެމީހުން ޕާޓީއާއި ގުޅިގެން ކުރާކަމެއް. ސަރުކާރާ ދެކޮޅުމީހުން ގިނަކުރުމުގެ އެޖެންޑާގެ ދަށުން ޓެކްސީ ޑްރައިވަރުން އެމީހުންގެ މަޅީގަ ޖައްސައިގެން ކުރުވިކަމެއް ކަމަށް ބައެއް ޑްރައިވަރުން ބުނޭ. މުޒާހަރާ ކުރިޔަސް އެހެން މީހުންގެ ދަތުރުފަތުރަށް ހުރަސް ނާޅާވެސް އެކަން ކުރެވިދާނެދޯ.
އައްބެ
10 February 2025
މިއުޅެނީ މިރާއްޖޭގައި ސިޔާސީ ޕާޓީތައް އޮބިނޯންނަވަރަށް ގިނަވެގެން. ނެތްތަ ތިކަހަލަ ބޭޤަރާރެއް މަޖިލީހަށް ލެވޭކަށް.
އަހުމަދުބޭ
10 February 2025
މިސޮރުމެން މިގެނެސްގެން އުޅޭ ޑިމޮކްރަސީ އެބަޖެހޭ މިގައުމުން ފޮހެލަން، ކޮން ސުލްހަވެރި މުޒާހަރާއެއްތޯ، ތިކިޔައި ސުލްހަވެރި މުޒާހަރާގައި ތިކަމުގައި ބައިވެރިނުވާ މީހުން ނަށް އުފުލަންޖެހޭ ތަކްލީފް މިނެކިރަނީ ކޮންތާކުންތޯ، އެއްބަޔެއްގެ ހައްގު ގެއްލޭއިރު އަނެއްބަޔެއްގެ ހައްގުއެބަގެއްލޭ، މުޒާހަރާކުރަން ބޭނުންވާމީހުން
ހެޓީ
10 February 2025
ބަރާބަރު. ހުރިހާ ކާރެއް ޓޯ ކުރަން ވީ. މާ ވެފަ ނޫޅެވޭނެ. ތިމާމެން މީ ގާނޫނަށްވުރެ މަތިން އޮޕަރޭޓް ކުރެވޭ ބަޔަކަށް ވެގެން އުޅޭ ބައެއް ޓްކްސީ ޑްރައިވަރުން މީ. ދެން ވެސް ހަަމަ ޓޯ ކުރަންވީ. ކޮށްފަ ކާރު ދޫވެސް ކުރާނެ ކަމެއް ނެތް. ފުރަތަމަ ފަހަރު ދޫ ކޮށްފަ ދެވަނަ ފަހަރު އެކަމެއް ތަކުރާރު ވެއްޖެއްޔާ ބޮޑު ތަނުން ޖޫރިމަނާ ކޮށްފަ ކާރުވެސް އުމުރަށް ޓޯ ކޮށްލަންވީ
މީކާއީލް އިސްތިއުފާ
10 February 2025
މީހެއްގެ ފުރާނައަށް ގެއްލުން ނުވީމަ ނިމުނީތަ؟ ނަސީބެއް އެދުވަހު އެމްބިއުލާންސް އެއް އެގަޑީގަ ދާން ނުޖެހުނު ކަން. އެހެން ނޫން ނަމަ އިނގޭނެ ފުރާނައަށް ގެއްލުން ވުމަކީ ކޮބައިކަން. ފުރާނައަށް ގެއްލުން ނުވިޔަސް ސައިކަލުތަކުގަ އުޅުނު މީހުންނަށް ހާދަ ބޮޑު ގެއްލުމެއް ދެއްކިއޭ. ތަންތަނަށް ދާން ގަޑި ޖެހިގެންގޮސް އަނެއް އަތަށް އެޅި އިރުވެސް ހަމަ ތިމާމެންގެ ގައްޑާ ކަންމަތީ ތިބީ. ޓެކްސީތައް ހިފައިގެންގޮސް ބްރިޖް މެދަށް ނުޖެހިޔަސް މުޒާހަރާ ކުރެވިދާނެ
ހުސެއިން އަނީސް
10 February 2025
ސަރުކާރުން ޓެކްސީ ލައިން ވީ އެންމެ އަވަހަކަށް ނެރެންވީ. ހަމަ ޔަގީނުންވެސް ދިވެހީންގެ ބޮޑު ޕަރސެންޓެއްގެ ތާއީދު މިކަމަށް ލިބޭނެ. ޓެކްސީ އެއް މި ލިބެނީ ހަމަ އެކަނި މާލެއިން ހުޅުމާލެ ދާން ޖެހުނީމަ. އަގު ބޮޑު ދަތުރެއް ވިއްޔާ ވަގުތުން ލިބޭނެ. އެކަމަކު އެތެރޭގެ ދަތުރެއް ނުލިބޭ ކާރު ހުސްކޮށް އޮތަސް. މީކާއީލްމެން ވެރިންނަކަށް ނޭގޭނެ އަހަރުން ރައްޔިތުން އުޅެން ޖެހޭ ހާލެއް. އެހެންވެ މާ ބޭކާރު ފޮނު އަރުވި އަގަ ގަދަ ތި ވަނީ ތަންތާ
ޖިންބެ
10 February 2025
މީކާއީލް ކަލޭއަަށް ކެރެންޏާ ރައްޔިތުންގެ ވޯޓެއް ނަގާބަލަ ޓެކްސީ ލައިނެއް ބޭނުންވޭތޯ ނުވޭތޯ؟ ހަމަ ޔަގީނުންވެސް 90 ޕަރސެންޓް މީހުން ބޭނުން ވާނީ މިހާރު ހިދުމަތް މި ދޭ ގޮތް ބަދަލުކޮށް ޓެކްސީ ލައިން އަކަށް ބަދަލު ކުރަން. ކަލޭމެން ބޭނުން ނުވާނެ ރައްޔިތަކަށް ހެޔޮ ގޮތެއް ވާކަސް. ޓެކްސީ ޑްރައިވަރުންނަކީ ބޮޑު ކޮމިއުނިޓީ އަކަށް ވާތީ އެމީހުން ރުޅި އަރުވައިގެން ކަލޭމެންގެ އަމިއްލަ ސިޔާސީ މަންފާ ހާސިލް ކުރަން ވެގެން ތެޅޭ ތެޅުމެއް ތީ.
މައްޑެ
10 February 2025
މި މީކާއީލްމެން އަބަދުވެސް އިދިކޮޅަށް އޮންނަ އިރު ވަރަށް ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކަށް ވެގެން އުޅޭނެ. ވެރިކަން ލިބުނީމަ މި ބައިގަޑުގެ އަސްލު ކުލަ ފެންނާނެ. ރައްޔިތުންނަށް ހިތަށް އެރި ގޮތެއް ހަދަނީ. މިވަރުގެ ބަޔެއް ވެރިކަމާ ހެދީ ހޭބަލިވާތަން މިއަދު މި ފެންނަނީ.
ސްނޫޕް
10 February 2025
މި ސަރުކާރު ނޫނިއްޔާ ނުދެކެން ސުލްހަވެރި އިހުތިޖާޖުތަކަށް ފުރުސަތުދިން ބައެއް. އެ ފުރުސަތު ހަމަކޮންމެ ބަޔަކަށް ވެސް އޮންނާނެ. މައްސަލައަކަށް ދިމާވީ މަގުތައް ބެދި އެހެނިހެން މީހުންނަށް ދަތުރުކުރަން އުދަގޫވެގެން ދިއުން، އެހެންވެ ފުލުހުން ޓޯކުރީ. މީކާއިލް ކަމުގެ ދެކޮޅު ބަލައިނުލާދެން ހަމަ ބިލެއް ހުށަހަޅާލީ. ހިތުން ވަރަށް މޮޅު ކަމެއް އެކުރެވުނީ