ރޭގަނޑު ކަރަންޓު ކެނޑިފައިވާ ވަގުތެއްގައި އައްޑޫގެ ރަށެއްގެ މަގުމަތި.
10 ފެބުރުއަރީ 2025 - 21:27
އައްޑޫގައި އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑަން ފަށައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ކޮމިއުނިޓީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން މިރޭ ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.
މިރޭ އެންމެ ފުރަތަމަ ކަރަންޓު ކަނޑާފައި ވަނީ މަރަދޫ ބޮނޑަގޭ ސަރަހައްދުންނެވެ.
މިރޭ 8:10 އިން ފެށިގެން މަރަދޫ ފެނަކަ އޮފީސް ހުންނަ ސަރަހައްދުން ވެސް އެއް ގަޑިއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ފެނަކަ އިން ފޮނުވި މެސެޖުގައިވެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ މީހުން ދަނީ ސޯޝަލް މީޑިއާގައި އަބަދުވެސް ނުރުހުން ފާޅުކުރެ އެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރަފްވެރިންގެ ޝަރަފް
11 February 2025
ފެނަކައިގެ ވެރިންނަށް ދިމާވެގެން އުޅޭ މައްސަލަ އެނގޭއިރު ނެގޭނީ މައްސަލަ ހައްލުކުރާނެ ގޮތެވެ. ޝަރަފްވެރިކަމާއި އެކު ރިޓަޔާކުރާމީހުން ޝަރަފްވެރިކަމާއި އެކު ތިބެވޭނެ ގޮތް މިޤައުމުގައި ނެތީމައި އެމީހުން ޖެހެނީ ސިޔާސީވެ ތިމާއާއި ގުޅުންނެތް ކަމަކަސް ވަޒީފާއަށްޓަކައި އެކަމުގެ ތެރޭގައި އުޅެ ޝަރަފްވެރިކަން ގެއްލުވާށެވެ. ފެނަކައިގެ އެމްޑީއަކަށް މިހާރު ހުންނެވީ ރިޓަޔާޑް ބޭފުޅެކޭ ކިޔާތީ އަޑުއިވެއެވެ. ނަމަވެސް ފެނަކަ ފަދަތަނެއް ހިންގާނެ ތަޢުލީމެއް ނެތެވެ.
ޝިނާޒުނީ
11 February 2025
ހަލާކުވާ ކޮނަމެފަހަރަކު ޑީލެއް އަޅާލެވޭ
ނާގާ ބިލް
11 February 2025
ސިޓީއެކޯ ކިޔަސް ސިޓީ އަކަށް ނުވާނެ. މޭޔަރޭ ކިޔަސް އެކޮލިޓީއެއްނެތޭ. ރައްޔިތުން ޖެހެނީ މިކަންކަން ބަދަލުކުރަން.
މޭޔަރުންނޯ
11 February 2025
ކޮރަޕްޓް މީހުން އިސްވެރިންނަށްލީމަ ޖެނެރޭޓަރު ހަލާކުވީމަތާ ޖީބަށް ފައިސާ ވަންނާނީ.
ގޯހެކޭ ހޮވުނީ
11 February 2025
އައްޑޫގައި މިހާރު ހުރި މޭޔަރުގެ ކަންތައް މިފެންނަނީ. ހަމަޔަށް އަސާސީ ހިދްމަތްތަށް ދޭންނޭގޭ.
ބުލް ބުލާ ބުލެސްޓް
11 February 2025
ހެޔޮނުވާނެ އައްޑޫއިން އާބާދީ އެހެން އަތޮޅަކަށް ބަދަލު ކޮށްފަ އެތަނަށް ވެލާ އާއި ހޯރަ ބިސްއަޅަން ބާއްވަބަލަ.
ފްލެޓްގައި ހުންނަ އަލްޓީގެ އޮފީހުން މަރިޔާ
11 February 2025
އަލްޓީމެން ގަސްދުގައި ރައްޔަތުން ރުޅިއަރުވަނީ. މާލޭގައި ތިބި ވެރިންނަށް ވެސް އޮންނީ ވާނުވާ އޮޅުވާފަ. ރަށުން ފެން ކޮންމެ ދުވަހަކު ހުސްވޭ. ނަޖިސް އޮންނަނީ ޖަންކްޝަންތައް ފުރިގެން މުޅި މަގުމަތީގައި. ކޮންމެ ދުވަހަކު މެންދުރުން ފަށައިގެން ރޭގަޑު 10 ޖަހަންދެން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާ. މީހަކު ގުޅިއަސް އަލްޓާފު ފޯނަކަށް ޖަވާބެއް ނުދޭ. އަލްޓާފަކަށް ވާކަމެއްނޫން. އަލްޓާފާއި އޭނާގެ ބައިގަޑު މުލުން ލުހެނުލާ އައްޑޫ ފެނަކަ ހަމަޔަކަށް ނޭޅޭނެ.
ތައްކާނުގެ
11 February 2025
ރަގަޅު ވާހަކަ އެއް... ތިތަނުގައި 50 ހާހުން މުސާރަ ދީފަ އެތަކެއް މެޏޭޖަރުން އުޅޭ... ވާކަމެއް ނޯވޭ... ކޮފީ ބޮއިގެން ދެކޮޅަށް ދުއްވަން ތިބެނީ...
ކުލަބަދަލުވި އަލްޓީ
11 February 2025
ބުޑުން ލުހެލާށެވެ. މާލޭގައި ތިބި އަހަރުމެންނާއި ހަވާލު ކުރައްވާށެވެ. އެއިރު އަހަރުމެންގެ ނަންބަރު ކީއްކުރަން ނަމެއްވެސް ނޭގޭނެއެވެ. ދެން ރަށުގައި އެކަކު އަނެކަކު ކައިފާނެ ވަރަށް އަނިޔާވެރިކަން އިސްކޮށް ފަސާދަ ކުރުމުގައި ތިބޭށެވެ. އެއިރުން ކަރަންޓް އޮންނާނީ ލިބިފައެވެ. އަސްލަކީ ރަށްތަކުގައި ކަރަންޓް ކެނޑެނީ މާލޭގައި ތިބި ބަޔަކަށް އައްޑޫން ކަރަންޓް ކެނޑުނަސް ހެވެއެވެ. ރަށު ބްރާންޏެއްގައި ހުރި މީހަކު ފޯނުނަގައިގެން ބުނަން އޮންނާނީ ވަކި ކޯއްޗެއް؟؟
އޮނަރަބްލް އަފީފު ދީދީ
11 February 2025
ބަޤުރޫޓް ވެފައިއޮތް ފެނަކަ ކުންފުންޏަކީ 40 ހާސް މީހުން ރަށްވެހިވެފައިވާ ރާއްޖޭގެ އެންމެ ބިންބޮޑު އައްޑޫސިޓީއަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަގް ދެވޭނެ ކުންފުންޏެއްނޫންކަން މާލޭސަރުކާރަށް ރަނގަޅަށް އިގޭއިރު ކީއްވެގެންތޯ އައްޑޫ ކަރަންޓް ސްޓެލްކޯ އަށް، ފެނާއި ނަރުދަމާ އެމްޑަބްލިއުއެސްސީ އަށް ނުދީގެން އުޅެނީ؟ އައްޑޫގެ ކަރަންޓް މިނޫން ގޮތަކަށް ހައްލުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. މިކަމަށް އައްޑޫ މެންބަރުން ތެދުވާން ޖެހޭ.
ހަމްދާ
11 February 2025
އަލްޓީ ގެ ބޭރުކޮއްގެން ނޫނީ މިކަން ހައްލެއް ނުވާނެ
ކަރަންޓް
10 February 2025
ތިނޫން ދުވަހެއް ނާދޭ، އައްޑޫ އަށް، ކަރަންޓް މައްސަލަ ހައްލު ނުވިތާ ބިލް ވެސް ވަނީ ބޮޑު