ހުޅުމާލެ 2 ގެ ބަންދުކޮށްފައިވާ ސަރަހައްދު.-- ފޮޓޯ: އެޗްޑީސީ
10 ފެބުރުއަރީ 2025 - 22:15
ހުޅުމާލެ 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަންނަން އެޗްޑީސީން މިއަދު އަންގައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ 2 ގެ އިރުމަތީ ފަރާތު މޫދާ ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަކީ މި ވަގުތު ޗެނަލް 2 ޕްރޮޖެކްޓުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށެވެ. އެއީ މި ވަގުތު މަސައްކަތް ހިނގަމުންދާ ސައިޓެއް ކަމަށް ވާތީ، ގިނަ އަދަދެއްގެ ހެވީ ވެހިކަލް އެ ސަރަހައްދުގައި ބޭނުންކުރާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެހެންވެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ސަރަހައްދުގެ ޗެނަލް ކޮނުމުގެ މަސައްކަތާއި އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ އިތުރުން އެހެން ބޭނުންތަކަށް އެ ސަރަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި އެ ކުންފުނީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު، އެ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.
އެޗްޑީސީގެ ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ މީހުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޕާން
11 February 2025
ހުރުމަތްތެރިވެގެންވާ ހިސާބަކާ ވައްތަރީ ވާހަކަ ހުރިގޮތުން.
އިހްސާސް
11 February 2025
ބިދޭސީން ހިޔާ ފުލެޓުގެ 16 ގެ ބިއްދަށުން އޮންނަ ބޮޑު ހުސް ބިމުގަ ކުރިކެޓު މުބާރާތްތައް ބާއްވަނީ އެޗުޑީސީއަށް އެއްވެސް އެއްޗެއް ދީފަތޯ. ނުދީ ކުޅެން ހުއްދައިއްޔާ ދިވެހިރައްޔިތުން ތިޔަތަންތަން ބޭނުންކުރުމަށް ހުރަސްއަޅަނީ ކީއްވެތޯ؟ ދިވެހިންނަށް މިތަންތާ ކުޅެވޭނެ ފުރުސަތު އޮންނަންޖެހޭ.
ފަޒުލު
11 February 2025
ކަލޭމެން ޖަރީމާ ހިންގާ ހިސާބުގަނޑު