ކެލާ އިންޖީނުގެ.
13 ފެބުރުއަރީ 2025 - 00:46
ދެ ޖަނަރޭޓަރު ހަލާކުވެ، ހއ. ކެލާގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު "މިހާރު" އަށް ވިދާޅުވީ ރަށުގެ އެކި ހިސާބުތަކުން އިއްޔެ 10 ވަރަކަށް ފަހަރު ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އާބާދީގައި 1،700 އެއްހާ މީހުން އުޅޭ ކެލާގައި ބޭނުންކުރަނީ 450 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 600 ކިލޯވޮޓުގެ ޖަނަރޭޓަރެެކެވެ. އޭގެ ތެރެއިން މި ވަގުތު މަސައްކަތް ކުރަނީ 450 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު އެކަންޏެވެ.
އިންފާޒު ވިދާޅުވީ މުޅި ރަށަށް ކަރަންޓު ދިނުމަށް 500 އަށް ވުރެ ގިނަ ކިލޯވޮޓު ބޭނުންވާ ކަމަށެވެ. އެކަމަކު މި ވަގުތު އެ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ރަށުގެ އެކި ސަރަހައްދުތަކަށް ބަހައިގެން ކަމަށް ވިދާޅުވި އެވެ.
"މި ވަގުތު ވެސް ރަށުގެ ބައެއް ހިސާބުތަކުގައި ކަރަންޓު ނެތް. ސްވިޗު ކޮށްގެން އެކި ހިސާބުތަކަށް ދެމުން އެ ދަނީ،" އޭނާ ރޭ ވިދާޅުވި އެވެ.
އިންފާޒު ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވުމާ އެކު، އެ އަތޮޅު އުތީމު އިންޖީނުގެ އިން ބައެއް ސްޕެއާ ޕާޓްސްތައް ގެނެސްގެން އެ މައްސަލަ ހައްލުކުރެވޭތޯ ހަވީރުއްސުރެ ފެނަކައިން މަސައްކަތް އެބަ ކުރެ އެވެ. އެކަމަކު އެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ އިރެއް ސާފެއް ނޫނެވެ.
ކެލާގައި އިން ކަރަންޓު ކެނޑެމުންދާ މައްސަލާގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ ކޮންމެ 15 މިނިޓަކުން ކަރަންޓު ކެނޑެމުންދާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ އަގު ބޮޑެތި ސާމާނަށް ގެއްލުންވަމުންދާ ކަމަށް ބުނެ އެ މީހުން ނުރުހުން ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީޑީ2025
13 February 2025
ތީ ހަމަމުޅި ރާއްޖޭގެވެސް ހާލަތު. ހާލަތު ރަގަޅުކުރާނެކަމަށް ހީކޮށްހޮވިމީހާ މުޅިންވެސް ދަތުރުތަކުގަ މަޖާނަގަނީ. ނާޗަރަންގީކުޅެނީ. ކީއްކުރާނީ އަހަރެމެންވީއްޔާ ވޯޓުދިނީވެސް. ރާއްޖެއަށް ގިނައިން ޓޫރިސްޓުން އަންނަވަރަކަށް ރައްޔިތުންގެ ހާލަތުދަނީ ދަށަށް. މިހާރު އެތައްއަހަރެއް ފަހަތަށް ސޮއްސާލައިފި. ލިބޭމުސާރައާ ނުބައްދަލު ކާބޯތަކެތީގެ އަގުތައް. އަދިވެސް ކިޔާ އަޑުއިވެނީ އިސްލާހީ ފިޔަވަޅެއްއަޅާތީ މުސާރަތައް ކުޑަކުރާ ވާހަކަ. މިސަރުކާރު ކަޑަ!
67898
13 February 2025
ބަލަގަ 5އަހަރު ނިމިދިޔައިރު މަރާމާތު ކޮށްލި ޖަނަރޭޓަރުގަނޑެއް ނެތް. މިވެރިކަން ފެށުުމާއެކު 5 އަހަރު ދުވަހު ނުކޮށްހުރިި މަރާމާތު ކުރުމާ 5 އަހަރު ދުވަހު ނޭވާވަޅަކަށް ހުއްޓާނުލާ ނެގި 226 ބިލިއަނުގެއާ 5 އަހަރު ދުވަހު ނުދައްކާއޮތް 100 އަށްވުރެ ގިނަ ބިލިއަންގެ ބިލްތަކަށް ފައިސާދައްކަމުން ޖަނަރޭޓަރުތަކާ ހޮސްޕިޓަލު ތަކުގެ މެޝިނަރީތައް އާކުރަމުން ސްކޫލްތަށް ހަދާ ޑރ އިތުރުކުރުމުގެ މަސައްކަތާ މަގުތައް ހެދުން އެދަނީ ކުރިއަށް 5 އަހަރު ރައްޔިތުން ނިދާފަތިބީ
ކައުންސެލަރު...
13 February 2025
ކެލާ (ސަންޑަލްވުޑް) ގަ ކަރަންޓް ހުންނަކަން އަދިކިރިޔާ މިއެނގުނީ...............ހެހެ
އިހްސާސް
13 February 2025
ދެޖަނެރޭޓަރު އެއްފަހަރާތަ ހަލާކުވީ؟ ބެކަޕް ޕުލޭނެއް ނެތީމަވެސް ތިބާވަތުގެ ކަންކަމާ ކުރިމަތި ލާންޖެހޭނެ.
ގގގގގ
13 February 2025
5 އަހަރު ނިމިދިޔައީ އެތަކެތި މަރާމާތުނުކޮށް. ޔާމީން އަލަށް ގރންގޮސްލީ ޖަނަރޭޓަރުތައް އެއީ. ޞޭކާރު 5 އަހަރު ގަައުމުގެ ތާރީޚުން ބޭކާރު ގެންލުންބޮޑު ދަރަނިވެރިވި އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނު ދުވަސްތަކަށްވެ ނިމިދިޔައީ.
އައްޑޫ ތަކުރ
13 February 2025
ރައީސް ވިދާޅުވި ރޯދައަށް ހުރިހާ ރަށެެއްގެ ކަރަންޓް މައްސަލަ ހައްލުކޮށްދޭނަމަ.. އަހަރުމެން އައްޑޫ އިން ވެސް ކަރަންޓް ކެނޑޭތާ މިހާރު އަހަރެއް ވެއްޖެ.. މިތިބީ ރޯދަ ޖެހުނީމަ ހައްލުވާނެ ކަމުގެ އުއްމީދުގައި..
ޑީިޑީި
13 February 2025
އެއީ މިރޯދައެއްނޫން. އަނެއްރޯދަ.
654321
13 February 2025
ދަރިޔާ 5 އަހަރުގެ ގައުމުގަ އެއްކަމެއް ކޮށްފަނެތް. ރައްޔިތުން ދިރިއުޅޭ 200 ވުރެ ގިނަ ރަށުގެ ހާލަތަކީ ތިއީ. 5 އަހަރު ނިމިދިޔައީ ހޮސްޕިޓަލެއް ސްކޫލެއް ތަނެއް ނުހެދި. އިންތިހާއަށް ދަރަނި ނެގި. ގައުމު ކޮޅަށް ޖަހަން ދުވަސްކޮޅެއް ވާނެ. ކެތްްކޮށްލާ. ވެރިކަމެއް ނިމިދިޔައީ ކޮވިޑުޖރހިޖެހި ތިބެ.