ޕާޓީތަކުގެ ބެނާތަކެއް: ޕާޓީތަކަށް މީހުން ވެއްދުން އީފާސް މެދުވެރިކޮށް ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2025 - 14:38
ސިޔާސީ ޕާޓީތަކަށް ހަމައެކަނި އީ-ފާސް މެދުވެރިކޮށް މީހުން ވެއްދޭ ގޮތަށް ބަދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރި ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް އިން އިލެކްޝަންސް ކޮމިޝަންގެ "މައި ޕޯޓަލް" އަށް ވަދެ ފޯމު ފުރައިގެންނެވެ.
ގަވާއިދުގައިވާ ގޮތުން ބޭނުންވާ ޕާޓީއެއްގެ ފޯމު ބަލައިގަތުމުން އެކަން އެ ޕާޓީއަކަށް އަންގާނެ އެވެ.
މި ބަދަލާއެކު، މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އާންމު ކުރަން ވެސް ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި މި އިސްލާހުގެ ދަށުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރުގެ މުއްދަތަށް ޕާޓީން ބަލަހައްޓަން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނެސްފައިވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.
މިފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.
ޕާޓީތަކަށް މީހުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަން މިހާރު ބޭނުން ކުރަމުންދާ ޕޯޓަލް އިން ފޯމު ބަލައިގަތުން ވެސް އޮތީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީފާސް
14 February 2025
މިފަހަރު އަނެއްކާ އީފާސް ސަލާމަތްވާނެބާ
ޥަރަށްވެދުން
14 February 2025
ހިންގުން ތެރިޔާ ލާ ކޮންމެ ފަހަރަކު އީސީ ކުރިއަށްދާނެ. ޕާޓީވިސްނުމުގަ ވެރިޔާ ލީމަ އުޅޭނީ އެމްބަސަޑަރުކަން ނޫނީ އެމްޑީ ކަން ހޯދުމަށް ވައިޖަހަން
ޢެޑްމުންޑޯ
14 February 2025
އީފާސް އިން ވަކިވެވޭނެ ނިޒާމެއްވެސް ހަމަޖައްސަންވީ
ބުރޯރު
14 February 2025
އެކަން އޮތީ މާ ކުރިން ތިހެން ހަމަޖައްސާފަ.
ރަހާ މޫސާ
13 February 2025
އީސީގެ ޓީމަށް، ވަކިން ޚާއްސަކޮށް އައިޓީ އަށް ޝުކުރު ހައްގު. އެތަނުގައި ކުރިން މަސައްކަތް ކޮށްލަން ފުރުޞަތު ލިބުނީތީ އުފާކުރަން.
ފާމުލަދޭރި ކިލެގެފާނު
13 February 2025
ވަރަށް ރަނގަޅު ނިންމެވުމެއް. ޝުކުރިއްޔާ އިލެކްޝަންސް ކޮމިޝަން. ހަމަ ތިއާއެކު އީފާސް މެދުވެރިކޮށް ޕާޓީ ތަކުން ކެނޑެވޭނެ އުސޫލެއްވެސް ވަރަށް މުހިންމު. ޕާޓީ އަކުން ކެނޑެން ހުށަހަޅައިގެން އެތައް މަހެއް ފައިތުވެގެން ގޮސް އަހަރު ދުވަހަށް ވެސް ދެމިގެން ގޮސްފައި އެބަހުރި.
ފޭމް
13 February 2025
ޕާޓީއިން ވަކިވެސްވެވޭ އީފާސް އިން.
ހަމަދު ސަލީމް
13 February 2025
ތިހެން ނުހަދާނެ، އީސީގެ ރައީސާ ނައިބްރައީސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އެއޮތީ ބަދަލްކޮއްފަ. އެހެން ހަދައިފިނަމަ ޕީއެއްސީ ހުސްވެދާނެ.
ޗީކޫ
13 February 2025
ޝުކުރިއްޔާ އީސީ. ވަރަށް ފަސޭހަ ޕޯޓަލް. މާ ލަހީ ތިކަން ކުރިލެއް.
ޖަމީލުބެ
13 February 2025
އޮޅުވައިލައިގެން ވެެއްދި މީހުންނަށް ނިކުމެވެނީވެސް އީ.ފާސް ބޭނުން ކޮންގެންތޯ؟
ޒަންޖަބީލު
13 February 2025
އާނ.