ޚަބަރު / އައިލެންޑް އޭވިއޭޝަން

ޔޫރަޕުގެ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް

13 ފެބުރުއަރީ 2025 - 19:11

5 comments

ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ، ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ލިބިއްޖެ އެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) ޕާޓް 145 ގެ ސެޓްފިކެޓު ލިބިފައިވާ ކަމަށާއި، މިއީ އެ ކުންފުނީގެ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ގާބިލުކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިއީ އެ ކުންފުނިން ހާސިލުކުރި ޕާޓް 145 ގެ 12 ވަނަ ސެޓްފިކެޓު ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ޕާޓް 145 އަކީ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑެކެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދުނު ކާމިޔާބީ ފާހަގަކުރައްވައިފަ އެވެ.

އަމީން ވިދާޅުވީ މިފަދަ ކާމިޔާބީތައް ހާސިލުވެގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ އެއާލައިން ޒަމާނީކޮށް ފުޅާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

މި ސެޓްފިކެޓް ލިބުމާ ގުޅިގެން، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން އޮޕަރޭޝަން ޑިރެކްޓަރު މުހައްމަދު ހަސަން ވިދާޅުވީ، މި ސެޓްފިކެޓްގެ ސަބަބުން ވެލާނާ އެއާޕޯޓަށް ޖައްސާ އެއާލައިތަކުގެ ބޯޓުތަކަށް ރަނގަޅު ފެންވަރުގެ ހިދުމަތްދެވި، ބޯޓުތަކަށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނަކީ މިހާރު ވެސް ގިނަ މަތިންދާބޯޓުތަކެއް މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ. އޭގެތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އެންމެ ބޮޑެތި އެއާބަސްގެ ބޯޓުތަކާއި، ބޮއިން 777 އަދި 787 ފަދަ ވައިޑް ބޮޑީ މަތިންދާބޯޓުތައް ހިމެނެ އެވެ.

5 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 91%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހްސާސް

14 February 2025

ދެން ދިވެހިންވެސް ޕުރައިވެޓް ޖެޓްތައް ގަންނަން އުޅޭ އަވަހަށް.

The name is already taken The name is available. Register?

ماشاءالله تبارك الله

14 February 2025

الحمد لله! އިންޖިނިއަރުންނަށާއި، މެކޭނިކުންނާއި އެނޫންވެސް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އެންމެހައި ދިވެހިންނަށާއި އެހެނިހެން ސްޓާފުންނަށް އިތުރު ޤާބިލް ކަމާއި، ކުރިއެރުމާއި ރައްކާތެރިކަން މިންވަރުކޮށް ދެއްވައި، މޯލްޑިވިއަން އާއި އައލޭންޑް އޭވިއޭޝަނަށް އިތުރު ކާމިޔާބީ އާއި ޖުރިއެރުން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ! އާމީން

The name is already taken The name is available. Register?

ގާ ހަކަ

13 February 2025

މިނިސްޓަރ މީހާ ބަރާބަރަށް މައުލޫމާތު ނުހޯދާ ޓުވިޓު ކުރީމާ ކަޑަ ދޯ؟ ރޭގަ ނޫހުން ފެނުނީ ރޯދަ މަހު ހަދިޔާ ނުދޭން ބުނި މީހާ އޮޓޯ އިން ޖޮބު ދިޔަ ވާހަކަ؟

The name is already taken The name is available. Register?

ސަމަދު

13 February 2025

އިއާސާ 145 އަކީ ހަމަ ދިވެހި އެމްސީއާރު 145 އާ އެއް ސްޓޭންޑަރޑްއެއް. ރާއްޖެ ސީއޭއޭ 145 ހޯލްޑުކުރާ މެއިންޓެނަންސް އޮގައިނައިޒޭޝަނަކަށް އިއާސާ 145ނަގަން ކުރަންޖެހޭ މަސައްކަތް ކުޑަވާނެ. އިއާސާ އިން ނޮން އީޔޫ ސްޓޭޓްތަކަށް 145 ދޭއިރު ބަލާނެ އެންމެބޮޑު އެއް މިންގަޑަކީ އެގައުމެއްގެ އޮތޯރިޓީއެއްގެ އޯވަސައިޓު ގެފެންވަރު. މަރުހަބާ އައިއޭއެސް. މަރުހަބާ ސީއޭއޭ.

The name is already taken The name is available. Register?

އަންކަލޯ

13 February 2025

މިހާރު މި އަމިއްލަ ފައިމައްޗައް ތެދުވެލެވުނީ ވަރާށް ދުރާލާ ކުރި މަސައްކަތުން. މީ ގައުމީ ފެންޗަރުގަ ފާހަގަ ކުރަންޖެހޭ ވަރުގެ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454