އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފު ކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު: ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްއިން އެއާޕޯޓް ސާފު ކުރުމުގެ މަސައްކަތް ކުރޭ --- ފޮޓޯ/އެމްއޭސީއެލް
16 ފެބުރުއަރީ 2025 - 13:28
އެމްއޭސީއެލްއިން މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހައްދުތައް ސާފުކުރަން ފަށައިފި އެވެ.
އެ ކުންފުނީގެ ޓީމުތަކުން އެއާޕޯޓުގެ އެކި ސަރަހައްދުތައް ސާފުކުރަން ފެށީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ގުޅިގެން މިހާރު ކުރިއަށް ގެންދާ "ރޯދަ ސާފު" ޕްރޮގުރާމްގެ ދަށުންނެވެ. އެ ޕްރޮގްރާމްގެ ދަށުން އެއާޕޯޓް ސާފުކުރުމުގެ މަސައްކަތްތަކުގައި އެމްއޭސީއެލްގެ 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެ އެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން "ރޯދަ ސާފު" ޕްރޮގްރާމުގައި ބައިވެރިވީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭއްވުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
އެމްއޭސީއެލްއިން އަބަދުވެސް އެއާޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއާޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy