ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށް ސުވާލުކުރަނީ. -- ފޮޓޯ: މަޖިލިސް
16 ފެބުރުއަރީ 2025 - 20:20
ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސުސްކުރާކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައި ތިބި ދެ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވެއްޖެ އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ސަސްޕެންޝަނުގައި ބެއިތިއްބުމަށް ފަހު އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން ޖަވާބުދާރީވާން ފޮނުވުމުން މިދިޔަ ހަފުތާގައި އަމިއްލައަށް ވަޒީފާއިން ވަކިވާން ހުށަހަޅާފައިވާ ކަމަށެވެ.
އެއީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޑިރެކްޓާ ޖެނެރަލް ހަސަން ފާރިޝް ރަޝީދު އަދި ޑާޓާ ސެންޓާ އިންޖީނިއަރިންގެ ކޮންސަލްޓަންޓު މުހައްމަދު އަދުހަމް މޫސާ އެވެ.
އެ ދެ މީހުންނަށް ތުހުމަތުވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ސީއެސްސީގެ މުވައްޒަފުންނަށް ޖާސޫސްކުރަމުން ދިޔައީ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ސޮފްޓްވެއާއެއް އަޅައިގެން، އެއިން ކުރާ ހުރިހާ މުއާމަލާތައި ބޭނުންކުރާ ޕާސްވޯޑްތައް ވެސް އެނގޭ ގޮތަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެކަން ފަޅާއެރިއިރު ޖާސޫސްކުރާތާ ދެ އަހަރުވެއްޖެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ފަހު ދެ ފަހަރެއްގެ މަތިން އެ މީހުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރި އެވެ.
ޖާސޫސްކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް ތުހުމަތުކޮށެވެ. ނާސިހު އޭރު ވިދާޅުވީ ޖާސޫސްކުރާކަން އެނގިވަޑައިގަތީ ވެސް މަޖިލީހުން އެކަމާ ގުޅުވައި ސިޓީ ފޮނުވުމުން ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން އިތުރަށް ބެލިއިރު ތުހުމަތުކުރެވޭ ދެ މުވައްޒަފުން ތިބި ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ކިޔައިދިން ގޮތުގައި ޖާސޫސްކުރަން ބޭނުންކުރި ސޮފްޓްވެއާ ގަނެފައިވަނީ އެ ކޮމިޝަނުގައި ބޭނުންކުރާ "ވިއުގަ" ސޮފްޓްވެއާއަށް އަންނަ ހަމަލާތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް ބުނެ ކޮމިޝަންގެ މެމްބަރުންނަށް އޮޅުވާލައިގެންނެވެ.
"މި ސޮފްޓްވެއާއަކީ މުވައްޒަފުން ސިސްޓަމްތަކުންް ކުރާ މަސައްކަތް ރިކޯޑްކުރެވޭ އެއްޗެއް. މުވައްޒަފުން އަމިއްލަ ސިސްޓަމުން އިންޓަނެޓް ބޭންކިން ބޭނުންކުރީމަ އޭގެ ޕާސްވޯޑު ވެސް ސޮފްޓްވެއާ އެޑްމިން ބަލަހައްޓާ އައިޓީއަށް ލިބޭނެ. މުވައްޒަފުންގެ ޕާސަނަލް ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަން ޖޯހަރު
17 February 2025
މައްސަލައަކީ ރާއްޖޭގައި ޕްރައިވެސީ ކިޔާ އެއްޗެއް ނުދަންނަކަމެވެ. ހިތުހުރިކަމެއް ކުރަނީއެވެ. ދައުލަތުގައި ސިއްރެއް އަދި މިޤައުމުގެ ރައްޔިތެއްގެ އަބުރެއް ނޯންނަ ހިސާބަށް ކަންތަށް ގޮސްފިއެވެ.
އޮފީސްސިސްޓަމް
17 February 2025
ސިވިލްސާވިސްގެ އައިޓީ ޓެކްނީޝަނުން މުއައްޒަފުން އެބައިމީހުންގެ އޮފީސްޑެސްކްޓޮޕް ބޭނުންކުރާގޮތް ބަލަހައްޓާ މުޅިސިސްޓާމުގެ ސޭފްޓީ ޔަގީންކުރާނެ. އަދި އޮފީސްސިސްޓަމް ނަހަމަގޮތުގައި ބޭނުންކުރާނަމަ އިންޒާރުވެސް ދޭނެ. އަދި އެކަކުއަނެކެއްގެ ކޮމްޕިއުޓާސިސްޓަމް ނަހަމަގޮތުގައި ބޭނުންކުރުންފަދަ ކަންކަން ހުއްޓުވައި މޮނިޓަރކޮށް ބަލަހައްޓައި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އައިޓީ ޓެކުންގެ މަސްއޫލިއްޔަތެއް. އެއީ މުއައަޒަފުންގެ ޕާސަނަލްކަންތައް ބެލުމެއްނުން.
މާޙަރު
17 February 2025
ވަޒީފާއިން ވަކިވިއަސް އެމީހުންނަށް ޖިނާއީ ދައުވާ ކުރެވެންވާނެ.
ދިވެހި79
17 February 2025
އޮފީސް ކޮމްޕިއުޓަރ ބޭނުން ކުރެވޭތަ އަމިލްލަ ކަންތަކަށް؟ ކުރެވެންޏާ ވެސް އެގެން ޖެހޭނެ ދޯ އެ ކުރާ ކަމެއް އޮފީހަށް ފެންނާނެކަން!
ނަށީދު
17 February 2025
ފުލުހުހުން ތަހުގީގު ނިމިއްޖެ. ތަހުގީގު ދަނީ ކުރަމަކުން ނޫން. ޢެއްވެސް މައްސަލައެއް ނުފެނުނު. ސޮޕްޓްވެއަރ އަކީ އިލެކްޝަންގަވެސް ބޭނުން ކުރާ ސޮޕްޓްވެއަރ. އެއީ ޖާސޫސް ކުރާ ސޮޕްޓްވެއަރއެއްނޫން. އެއީ ލޮގިން ސޮޕްޓްވެއަރއެއް!
ރާފިއާ
17 February 2025
އަމިއްލައަށްތަ ދިފާއުގައި ކޮމެންޓް ކުރަނީވެސް؟؟ މިޤައުމުގައި ނޫސްވެރިން ތިބީ ނަސީބަކަށެވެ. އެހެންނޫންނަމަ ސިވިލްސާރވިސް ގެ ހުރިހާ މަޢުލޫމާތެއް ހުންނާނީ އާއްމުފަރުދެއްގެ އަތުގައެވެ.
ދިވެހިންގެ ރާއްޖެ
17 February 2025
އޮފީހުގައި ހުންނަ ކޮމްޕިއުޓަރުން ޕާރސަނަލް ސޯސަލް މީޑިއާ ބޭނުން ކޮށްގެންނުވާނެ. އައިޓީ އެޑްމިން އަށް ވަރަށް ގިނަ މައުލޫމާތު އެނގޭނެ. މައުލޫމާތު ޒިއްދާރުކޮށް ބަލާހައްޓަން ޖެހޭނެ.
ކައުސަރު
17 February 2025
ކޮންމެ ކަމެއްކުރިޔަސް ދެވޭނެ އަދަބެއް މިޤައުމުގައި ނެތީތޯއެވެ؟ ދެން ކީއްކުރަން ހަދާ ޤާނޫނެއްތޯއެވެ؟ ކީއްކުރަން ބާއްވާ މަޖިލީހެެއްތޯއެވެ؟ ހިތު ހުރިކަމެއް ކޮށްފައި ހިތުހުރި ގޮތަކަށް އުޅެން މިހާ ފަސޭހައީ ކީއްވެތޯއެވެ؟ ސިޔާސީވިޔަސް މިފަދަ ކަންތަށް ކުރާ މީހުންނާއި ކުރާ މިކަހަލަ ކަންތަށް މިއީ މޮޅުކަމެއް ކަމުގައި ދެކޭނަމަ މިކަހަލަ މީހުންގެ ފަރާތުން ޤައުމަށާއި ރައްޔިތުންނަށް އަދި މިފަދަ މީހުން ހިމާޔަތްކުރާ ސިޔާސީމީހުންނަށް ބޮޑެތި ގެއްލުންވާނެއެވެ.
ނަވީދު
17 February 2025
ދެންވެސް ކޮންމެވެސް އެހެންތަނަކަށް ހަމަ ވަޒީފާއަށް ދާންވީއެވެ. ކިތައްމެ ބޮޑު ވިޔާނުދާ ކަމެއް ކުރިޔަސް އިނާމުދޭ ޤައުމެއް މިނޫނީ ނެތޭ ބުންޏަސް މިހާރު ދޮގަކަށް ނުވާނެއެވެ. ޤައުމީއްޔަތު މިނިސްޓްރީއަށް ހުއްޓަސް ޤައުމު ޤައުމަކަށްވަނީ މިކަހަކަ ކަންތަށް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދީގެންނެވެ. މިއީ އާދައިގެ ކަމަށްކަމަށް ނިންމާނަމަ މަދަމާ އެމްއެމްޑީއެފްގައި ހުރި ޑޭޓާ އަނެއްދުވަހު ރައީސްއޮފީހުގައި ހުރި މަަޢުލޫމާތުވެސް ބޭރުކުރަންވީއެވެ.
ސައިމަން
17 February 2025
މިފަދަ ސީރިއަސް ތުހުމަތު ކުރެވޭ މީހުންނަށް މިޤައުމުގައި އެއްވެސް ކަމެއްނުވެ އުޅެވޭނަމަ އަދި މިހާފަސޭހައިން ސަލާމަތްވެވޭނަމަ މިޤައުމު ފެއިލްޑް ސްޓޭޓަކަށް ވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. މިކަހަލަ ކަންތަށް ކުރާ މީހުންނަކީ ދުނިޔޭގެ ޤައުމުތަކުގައި ސީރިޔަސް ކްރިމިނަލްއިން ކަމަށް ބަލާ ބޮޑެތި އަދަބު މިފަދަ މީހުންނަށް ދެއެވެ. މިޚަބަރު ކިޔާފައި ހިތަށްއެރީ މިޤައުމުގައި ކުށަކަށްވަނީ ކޮންކަމެއް ކުރީމައިތޯއެވެ.
ރީޒަންސް
17 February 2025
ކިޔާތީ އަޑުއިވެނީ މިއީ ވަރަށް މޮޅެތި މީހުންނޭ ކިޔާފައި ފެނަކައަށް މިމީހުން ވައްދަން މަސައްކަތް ކުރާކަމެވެ. ރައީސް މުއިއްޒުއަށް މިކަން އެނގިލައްވާތޯއެވެ؟ ރައީސް ސަރުކާރު ކުންފުނިތަކަށް އެމްޑީން ލައްވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ނަމަވެސް ގިނަފަހަރު ސަރުކާރުން ކުންފުނިތަކަށް ލައްވާ ވެރިން މަސައްކަތްކުރަނީ އެމީހުންގެ އަމިއްލަ މަންފާއަށެވެ. ޒިންމާވާން މިޖެހެނީ ރައީސްއެވެ.