16 ފެބުރުއަރީ 2025 - 23:04
އިތުބާރުކުރެވޭ މަގާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ހުށަހަޅާފައި ވަނީ ނ. އިން ފެށިގެން ޅ. އަތޮޅުގެ ރަށްތައް ހިމެނޭ ސަރަހައްދުން ކަމަށެވެ. އޭނާ ވިދާޅުވީ އިތުބާރުކުރެވޭ މަގާމެއްގައި ތިބި ދެ މީހަކު މިދިޔަ އަހަރާއި އޭގެ ދެ އަހަރުކުރިން، 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މައްސަލަ ރިޕޯޓްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި އެ މައްސަލަައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނާ ގުޅުން ހުރި މި ފަދަ މައްސަލަތަކުގައި، އަނިޔާ ލިބުނު ކުދިން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުން މަނާކުރާ ކަމެކެވެ. އެހެންވެ ފުލުހުން ވެސް މިފަދަ މައްސަލަތައް ރިޕޯޓްކުރި ރަށާއި ތުހުމަތުވާ މީހުންނާ ގުޅޭ ގޮތުން ވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުގ
17 February 2025
ރަށާއި ތުހުމަތުވާ މީހުންނާ ގުޅޭ ގޮތުން ވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އޭރުންތާ ދެންތިބި ކުދިންވެސް އެމީހުންނަށް ފަރުވާތެރިވާން ނޭނގޭނީދޯ...
ހަމަދު ސަލީމް
17 February 2025
ރަގަޅު، ހއ.ން ފެށިގެން ސ އަތޮޅާ ދެމެދޭ ބުނިނަމަ ރަގަޅުވާނެ. ނ. އަތޮޅުން ފެށިގެން ޅ. އަތޮޅޭ ބުނީމަ ކޮންމެސްވަރަކަށް އެބައެގޭ ރ އަތޮޅު ނޫނީ ބ. އަތޮޅުގެ ބައެއްކަން.
އިހްސާސް
17 February 2025
3 އަހަރު ވެގެންދިޔައިރު އަދިކިރިޔާ އެނގުނީ ތިކަން ކުރާކަން؟
ެރެެ13
17 February 2025
ބޯހަލާކު.
ރީތި ފޮޓޯ
16 February 2025
ކޮބާ ފޮޓޯ؟