ވައްކަންކުރަން އުޅެނިކޮށް ރޭ ހައްޔަރުކުރި ދެ މީހުން.-- ފޮޓޯ: ޕޮލިސް
16 ފެބުރުއަރީ 2025 - 23:09
އަންހެން ހެދުން އަޅައިގެން ދެ ފިރިހެނަކު މާވެޔޮމަގުގައި ވައްކަންކުރަން އުޅުނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާވެޔޮމަގު ކަންމަތީގައި ދެ ފިރިހެނަކު، ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ދަންވަރު 2:40 ހާއިރު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ލިލީގެ، އަހުމަދު ސަބާހު، 46، އަދި ނ. މިލަދޫ، ސޯސަންގެ، އަހުމަދު ނައުޝާދު، 42، އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހު ބަންދުގައި ބައިތިއްބަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރިއިރު ވެސް ތިބީ އަންހެން ހެދުމުގައި ކަމަށެވެ.
މި މީހުން ވައްކަންކުރަން އުޅުނީ ކޮން ތަނަކުން ކަމެއް އަދި މިކަމާ ބެހޭ ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
17 February 2025
މިވެރިން ވާ ރަނގަޅުތާ! މިވެރިންގެ ގޯތި 15 ބުރިއަށް އައިޖީއެމްޗް ކައިރީގަ އަދި ހެންވޭރުކޮޅުގަ ނަހަދާ، އެއުޅެނީ ބުރަ މަސައްކަތުން ވައްކަންކޮށްގެން ފައިސާ ހޯދަން. ގައުމުގެ ވެރިންގެ ލަދެއް ނެތްކަން
އަހުމަދުބޭ
17 February 2025
ދެން ދޫކޮއްލައި އޭރުން ހުންނާނީ ގާނޫނު ތަންފީޒް ވެފައި، މިފަދަ ފަރާތްތަކަށް އަދަބު ނުދެވިގެންގޮސް މުޅިގައުމު ހަލާކްވެގެން މިދަނީ، މިއީ އަޅެފަހެ ކޮންފަދަ ކަމެއްތަ؟
ނާނާ
17 February 2025
އަދަބުގެ ވާހަކަ ނުދައްކާ. މާދަމާ އޮންނަ އިންތިޚާބަށް އިންތިޒާރުކޮށްލާ. މައިންބަފައިންނާއި އަވަށްޓެރިންނާއި ދުރުތިބީން މި މީހުން ނެތިގެން ހިތާމަކޮށް ރޮއިހޭރިފައި ވޯޓުދޭނީ މި ތިބަ ނިކަމެތި ކުދިންކޮޅު ދޫކޮށްލީމައޭ ގޮވާނެ.
ވަގުން
17 February 2025
މިމީހުންގެ މޫނުމަތިންވެސް ޖަހާ ވަގު ވައްތަރު! ދީޒް ޕީޕަލް ޝުޑްބީ ބިހައިންޑް ބާސް! ...
ކިއްލާ2222
17 February 2025
މިހެންވެ މޫނު ބުރުގާ މަނާ ކުރަންވީ
އަވާމެންދުރު
17 February 2025
ދިވެހިން މިތިބީ ހާދަވަރަށް ތަރައްގީވެ ކުރިޔަށްޖެހިފައިތާއެވެ. ނަމާދަށްނުދާ ތާނގައި ހުކުރަށް ނުދާވަރަށް އެއްބަޔަކު ކިޔަވައިފިއެވެ. އަނެއް ބަޔަކު ހަލާލުގޮތުގައި ފައިސާ ހޯދުން ހުއްޓާލައި އަންހެންހެދުން އަޅައިގެން ވައްކަންކުރަން ދަސްކޮށްފިއެވެ. އަނެއް ބަޔަކު ރިޝްވަތޭކިޔާ އެއްޗަކަށް ނޫނީ ވޯޓު ނުލާ ވަރަށް އަޚުލާޤު ދަސްކޮށްފިއެވެ. އެކި ގައުމުތައް ތަރައްގީވާނީ އެކި ގޮތަށްތާއެވެ. ދިވެހިންގެ ތަރައްގީ މިއޮތީ މިގޮތުގައި ކުރިއަރައި ތަރައްގީވެ ކުރިބޯށީގައެވެ.
ޖެކް
17 February 2025
ވައްކަމުގަ ހުންނަނީ 2 ވައްތަރެއް، އެއްވައްތަރަކީ ޓައިއެޅި މީހުން ކުރާ ވައްކަމާ މުހުތާދެއް ފުއްދުމަށް ކުރާ ވައްކަން، ރާއްޖޭގަ އެއްމެ ގިނަވާނީ ޓައިއެޅި މީހުން ކުރާ ބޮޑެތި ވައްކަން!
ތުއްތޮންބެ
17 February 2025
އަނެއްކާ މިމީހުން ހައްޔަރުކުރުމުގާ ހަރަކާތްތެރިވީ އަންހެންފުލުހުންބާ؟
ފުހަމަ
17 February 2025
ތިޔަމާއްދާ ގާނޫނު ހުސް
މޯމޯ
17 February 2025
ތި ދެކަނބަލުން އަހަރުން ގެއަށް ތިހެން ވަތްނަމަ އަނެއް ދުވަހު ކާނެ ރޮށި ފިހުވީމުސް
ޗިކަން
17 February 2025
ތިޔަ ތަނުން ތުނބުޅި ބާލައިގެން ހުރި މީހާގެ ލޯ ހާދަ ވައްތަރޭ ބުރުގާ އަޅާފަ މާސްކު އަޅައިގެން ސަލާންޖަހަން ހުންނަ މީހެއްގެ ލޮލާ.
ޝަކުވާ
17 February 2025
އެންމެ ފަހުގެ، ކުޅަދާނަ ވިސްނުމާއި ރޭވުންތެރިކަމާއި އެކު ކުރަމުންދާ ތިޔަފަދަ ކަންކަން ތަކުރާރުވުމުގެ އަޞްލަކީ އެފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެކަށޭނަ ފަރުވާއެއް ނުދެވޭކަން... އެފަދަ ކަންކަން ކުރަން ރާވާ އަދި ކުރާ އެންމެނަނަށްވެސް އެނގޭ މީ ކިހާ ފަސޭހަކޮށް ކޮށްލެވިދާނެ ކަމެއްކަން...