ސިވިލް ސާވެންޓުންތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
18 ފެބުރުއަރީ 2025 - 10:58
ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު ފަހު 1 އަށް ކަމަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ރަސްމީ ގަޑިއަކީ ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 9 އިން މެންދުރު 1 އާ ހަމައަށް ކަމަށެވެ.
ސިވިލް ސާވަންޓުން ރޯދަމަހު ހަތަރު ގަޑިއިރު ރޯދަމަހު މަސައްކަތްކުރާއިރު، ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާނެ އެވެ.
މީގެ ކުރިން ރޯދަމަހު ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10 އިން މެންދުރު ފަހު 2 އަށެވެ. އެކަމަކު، މަސައްކަތް ފަށާ ވަގުތު އެއް ގަޑިއިރު އަވަސްކުރަން ނިންމީ މާޗު 6، 2022 ގަ އެވެ.
މި އަހަރުގެ ރޯދަމަސް ފެށޭނީ ކަލަންޑަރުގައި ވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިޝުން ބިޝުން
19 February 2025
އެހެންވީމާ، މެންދުރު ނަމާދުގެ ޖަމާޢަތް ނިންމާފާ، ގެޔަށް ދިޔުން ގާތް، ގިނަ މީހުން...
ގުނބޯ ލުނބޯ
18 February 2025
ރޯދަ މަހު ސަރުކާރު ބަންދުކުރާނި ކޮން ވެރިކަމެއްގަ ބާ؟ ރައްޔިތުންގެ މަޖިލީހުގަ ތިބި ކުދިންކޮޅު ސަރުކާރު ވަޒީފާތަކަށް ހޮވުމުން ބާ؟
ޑަބެ
18 February 2025
ޜޯދަމަސް އެއްކޮށް ބަންދުކޮށްލާފަ ރޭގަނޑު ތާސްކުޅެފަ ދުވާލު ނިދަން ތިބެމާ!
ސުއްމުން
18 February 2025
އެކި ރޯދަމަހު އެކިގޮތަށް އެކި ގަޑިތަކުގަ ރޯދަ ހިފާތީ ކޮންމެ އަހަރަކު މަސައްކަތްކުރާގަޑި ވަކިވަކިން ކަނޑައަޅަނީތޯ؟
ޕޮބްލޯ
19 February 2025
ހުރިހާ ރޯދަމަހެއްގައި އެއްގޮތަކަށް އެއްގަޑިތަކެއްގައި އެއްވަރަކަށް މަސައްކަތް ކޮށްގެންތޯ ހިފާ ރޯދަ އެއްގޮތް ކުރެވެނީ؟
ރާދަމަސް
18 February 2025
ރޯދަމަހުގައި 4 ގަޑިއިރު މަސައްކަތް އެއްވަރުވާނެ އެހެން މަސްމަހުގެ 8 ގަޑިއިރާއި
ކަންނެތްގަނޑު
18 February 2025
10 އިން 2 އަށް ހަމަޖެއްސީ ޔާމީން ދައުރުގައި. އޭގެކުރިންވެސް އޮންނަނީ 9 އިން 1 އަށް.
ވަރަށް
18 February 2025
09:00 -13:30އަށް މައުމޫނުގެ ޒައާމަތުގައި އޮތީ
ވޯލްޑްކަޕް
18 February 2025
މީގެ ކުރިން ރޯދަމަހު ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10 އިން މެންދުރު ފަހު 2 އަށެވެ. މީ ރަނގަޅު ވާހަކައެއްނޫން، މިގޮތަށް ރަސްމީ ގަޑި އޮތީމަދު އަހަރެއްގައި، ގިނައިން އަމަލުކުރީ 9 އިން 1 އަށް