ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އަޑުއުފުލަނީ. -- ފޮޓޯ | މިހާރު
18 ފެބުރުއަރީ 2025 - 11:42
މާލެ ސަރަހައްދުގެ ސްކޫލެއްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސަސްޕެންޑްކުރީ ސްކޫލެއްގެ އިސްލާމް ޓީޗަރެކެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ސްކޫލެއްގެ ޓީޗަރަކު އެކި ދުވަސް މަތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 14 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އަދިވެސް އަންނަނީ ބަލަމުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓީޗަރަކީ ކުއްޖާއާ އާއިލީ ގުޅުމެއް ވެސް އޮންނަ މީހެކެވެ. އަދި އޭނާ ޖިންސީ ގޯނާކުރީ ގޭތެރޭގެ މާހައުލުގައި ކަން ވެސް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމްކަމް
18 February 2025
ކޮބާތަ އަރަބިއްޔާގަ މިކަން ކުރި ޓީޗަރު މިހާރު!؟
ގުދުގުދާބެއްޔާ
18 February 2025
މިއީ މި ދީނީ ތާޖްއަޅައިގެން އުޅޭ މީހުންގެ ފެންވަރު! ރޯދަކައިރިވަރަކަށް އަގީޤާ ކަތިލާށޭ! މީލް ޕެކޭޖް ފޮނުވާށޭ! ފެން ވަޅެއް ބަހައްޓަންށޭ ކިޔާފަ އެކައުންޓް ނަންބަރު ޖަހާފަ ފޭސްބުކް ގައި އިސްތިހާރު ޖަހާނެ މިގުރޫޕްތަކުން ހުސް ސްކޭމް! އެއްވެސް މީހަކު މިމީހުންނަށް ފައިސާގެ މުއާމަލާތް ނުކުރާތި! ހަމަވޭސްޓް ވާނީ!
ާަަހަަސަންް
18 February 2025
ދީނާމެދު އޮންނަ ނަފުރަތު މިކަހަލަ ހުރިހާ ކަމަކާ ތިގުޅުވާލަނީ ބޭންކުތަކުންވެސް ސްކޭމް ހިންގާ! ގައިމު ބޭންކުތަކުގަ ލާރި ނުބަހައްޓާ ގޭގަ ފޮރުވާކަށްވެސް ބެންކުތައް ބޮއިކޮޓްކުރާކަށްވެސް ނުގޮވާ! ދީނާ ބެހިނުލާ ހަމަނިދި ނުނިދެނީ!
ބީތާ،
18 February 2025
ލަދު.
ފާނި
18 February 2025
ޤުރުއާން ޓީޗަރެއްވީމަތަ މާއްދާގެ ނަން ނުޖެހީ...
ސާބަހޭ ދަރިޔާ
18 February 2025
އެއޮތީ އިސްލާމް ޓީޗަރެކޭ ބުނެފަ.
ސިސް
18 February 2025
ޖެނެރަލް ކޮމެންޓް އެއް ނޫން. އެކަމުވެސް ދިމާވި އިސްލާމް ޓީޗަރެއް. ކައިވެނި އަދި ރޯދަ ގެއްލޭގޮތާއި އެއްޗެހި ކޮޔަވާދޭއިރު ސެކްސް ނިކަަން ބޮޑައް ކިޔާދޭނެ. އެއީ ގްރޭޑް 9-10 ގައި އުޅޭއިރު. ނިކަން ފޫހިވާ ޒާތަކައް ކިޔާނީ. އިސްލާމް ޓީޗަރުންގެ ސިފައެްބާއޭ އޭރުވެސް ހިތައްއަރާ. މިޓީޗަރަކީ މިހާރު ގަދަރު ލިބިގެންވާ ދީނީ އިލްމުވެރިއެއް