ރައީސް މައުމޫންއާ އެކު އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ އަދި ފޮންޓު ފަރުމާކުރި އަބޯ: މި ފޮންޓު ހުކުރު ދުވަހު ނެރުމަށް ވަނީ ތައްޔާރުވެފައި - ފޮޓޯ: އިމްލީދު ހިލްމީ / އަކުރު ޓައިޕް
19 ފެބުރުއަރީ 2025 - 21:59
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އަތުލިޔުއްވުމުގެ ޑިޖިޓަލް ފޮންޓެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.
މައުމޫންގެ އަތުލިޔުއްވުމުގެ އަކުރުތަކުން މި ފޮންޓު ފަރުމާކުރީ ޒަމާނީ ގިނަ ތާނަ ފޮންޓުތަކެއް މިހާތަނަށް ފަރުމާ ކޮށްފައިވާ އަބްދުﷲ ޝަފީއު (އަބޯ) އެވެ. އޭނާއަކީ ޒަމާނީ ފޮންޓުތައް އެއް ޕްލެޓްފޯމަކުން ލިބޭ "އަކުރު ޓައިޕް" ގެ ޓައިޕް ޑިރެކްޓަރު ވެސް މެ އެވެ.
އަކުރު ޓައިޕާއި މައުމޫން ފައުންޑޭޝަން ގުޅިގެން "މައުމޫން" ފޮންޓު ނެރޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތެއްގަ އެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ އާޓް ގެލެރީގައި ބާއްވާ އެ ރަސްމިއްޔާތުގައި މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރަސްމިއްޔާތަށް ފަހު ހޮނިހިރު ދުވަހު އާންމުކޮށް ހުޅުވާލައިގެން "މައުމޫން" ފޮންޓަށް ހާއްސަ މައުރަޒެއް އާޓް ގެލަރީގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ހުކުރު ދުވަހު ފޮންޓު ތައާރަފް ކުރުމާ އެކު، އަކުރު ޓައިޕް ޕްލެޓްފޯމުން ފޮންޓުން ލިބެން ހުންނާނެ އެވެ.
އަބޯ ބުނިގޮތުގައި "މައުމޫން" ފޮންޓް ފަރުމާ ކުރުމަށްޓަކައި މައުމޫންގެ ގިނަ އަތު ލިޔުއްވުންތަކެއް ދިރާސާކުރި އެވެ. އެ މަނިކުފާނު ތާނަ އަކުރު ލިޔުއްވާ ގޮތާއި ވައްޓަފާޅި ހޯދައި ބެލި ކަމަށާއި އެ އަށް ފަހު ޒަމާނީ ފޮންޓެއް ތައްޔާރުކުރުމަށްޓަކައި އެންމެ އެކަށީގެންވާ އަކުރުތައް ހޮވި ކަމަށް އަބޯ ބުންޏެވެ.
މައުމޫންގެ އަތުލިޔުމުގެ ފޮންޓެއް ނެރުމަށް ވަނީ ތައްޔާރުވެފައި: މި ފޮންޓު ފަރުމާ ކޮށްފައިވަނީ އަބްދުﷲ ޝަފީއު - ފޮޓޯ: އިމްލީދު ހިލްމީ / އަކުރު ޓައިޕް
"އަކުރުތައް ހޮވުމުގައި ސަމާލުކަން ދީފައިވާނީ އެންމެ ގިނައިން ލިޔުއްވާފައިވާ އެއްގޮތް އަކުރުތަކަށް އަދި ރައީސް މައުމޫންގެ ލިޔުއްވުމުގެ ވައްޓަފާޅި ނުގެއްލޭ ގޮތަށް ފޮންޓަށް އަކުރުތައް ހޮވުމަށް،" އަބޯ ބުންޏެވެ.
އޭނާ ބުނީ ފޮންޓަށް އަކުރުތައް ޑިޖިޓަލް ކުރުމުގެ ކުރިން އެކިއެކި ޖުމްލަތަކާ އެކު، އަކުރުތައް ޓެސްޓްކޮށް، އެއްވަރެއްގެ ބޯމިނުގައި އަކުރުތައް ފަރުމާކުރި ކަމަށެވެ. އޭގެ ފަހުން، ޑިޖިޓަލް އަކުރުތަކާ އެކު، ފޮންޓްގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެވެ.
މައުމޫނާ އެކު، ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ދެއްވި ހިޔާލުފުޅުތަކަށް ބަލައިގެން ފޮންޓަށް ބައެއް ބަދަލުތައް ގެނެސް، ބައެއް އަކުރުތައް އިތުރު ކުރުމަށް ފަހު ފޮންޓް ފައިނަލްކުރި ކަމަށް އަބޯ ބުންޏެވެ.
ޒާމާނީ ގިނަ ފޮންޓުތަކެއް އެއް ޕްލެޓްފޯމަކުން ލިބޭ އަކުރު ޓައިޕް ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރު އެވެ. އެކިއެކި އާޓިސްޓުންނަށް އެ މީހުންގެ ފޮންޓުތައް ވިއްކޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ޕްލެޓްފޯމްގައި ވިއްސަށް ވުރެ ގިނަ ފޮންޓު މިހާރު ވެސް ލިބެން އެބަހުއްޓެވެ.
އެ ޕްލެޓްފޯމްގައި އަބޯގެ ހިއްސާ އޮންނަ ކްރިއޭޓިވް ކޮމްޕެނީ "އެންކްރިއާ" ގެ ދިވެހި ޓައިޕް ފައުންޑަރީން މިހާތަނަށް 10 ފޮންޓެއް ފަރުމާކޮށް ނެރެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމިއްޔަތު
21 February 2025
ސުކުރިއްޔާ، ހުރިހާ ދިވެހިންގެ ފަރާތުން
މައުމޫނު ވަހީދުބެ
20 February 2025
އަބޯ ގައިގަ ޖަހަނީ މައުމޫނު ވައްތަރު. މައުމޫނު ގައިގަ ޖަހަނީ އަބޯ ވައްތަރު! ކީކޭ ދެން ބުނާނީދޯ؟
ބަކުރުު
20 February 2025
ސައިކުރާ ނައީމުގެ އަތުލިޔުމުގެ ފޮންޓެއް މިހާތަނަށް ނެރެފައިނުވާނަމަ "ސައިކުރާ" ގެނަމުގައި ނައީމުގެ އަތުލިޔުން ފޮންޓް ނެރެދެއްވުން އެދެން.
ސޭކުބެ
20 February 2025
މައުމޫނަކީ ލާމަސީލު ބޭފުޅެއް. އެވަރުގެ މީހަކު އަދި މިރާއްޖެ ދުންހެނެއް ހިއެއްނުވޭ. އެބޭފުޅާގެ މޮޅުވާހަކަތަކާ ޒިކުރާ ދިވެހިން އާކުރާނެ އެބޭފުޅާވެސް މިއާލަމަށް އަލްވަދާޢު ކިޔުމުން.
ގައުމީދޫ.
20 February 2025
ރ. އޒ. މައުމޫނަށް ފުރިހަމަ ސިއްޙަތަކާއި އެކު ފާގަތި އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި! މައުމޫނުގެ ގައުމީ ޚިދުމަތަކީ ލާ މަސީލު މިސާލެއް!
ފަރާތަކުން
20 February 2025
މައުމޫންއަށް އައްސަރިބަހާ ސާބަސް ދަންނަވަން !
ޒަބީހު
20 February 2025
ދެން ނިންމާ ކޮންމެވެސް ގޮތަކުން ތިފޮންޓުން ނޫން ފޮންޓަކުން ރަސްމީ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނޭ ކިޔަފަ 30 އަހަރުގެ ޚިދުމަތަތް ފަތްފަށުން ޝުކުރު ތިޔަ ބޭފުޅުން ކުރިކަމަކީ މަލޭ މީހާ ރައްޖެތެރެ އައްޑޫ މީހާ ވެރިކަމާ ތޮޅޭ މީހާ .
ައަދުރޭ
20 February 2025
މައުމޫނާދިމާއަށް ހުތުރުބަހުން އެއްޗެހި ބުނާނީ މިގައުމުގަތިބި ލަދުހަޔާކުޑަމީހުން. އެއީ އެންޑީޕީން ހަޔާތް ކަނޑުވާފަތިބިމީހުން. އާޓްގެލެރީއާ މާލޭ އާޓްގެލެެރީއެއް މާލޭގަ ހުންނާނެ
ޖޫނިއަރ ހިސްޓޯރިއަން
20 February 2025
1984 ވަނަ އަހަރު ހުޅުވި އިސްލާމީ މަރުކަޒުގެ ބޮޑުތަކުރުފާނު މިސްކިތުގެ މިހުރާބުގޭގެ ލިޔުންތައް ލިއުއްވާފައި ވަނީ ރ. މައުމޫނުކަން މި ލިޔުމުގައި ފާހަގަކޮށްލެއްވި ނަމަ ރަނގަޅުވީސް ދޮގެއްތޯ؟ އެތާނގައިވާ، އަލްޙަމްދު އާއި ކުރުސި ފޮންޓަކީ، ރާއްޖެއަށް މޮޑާރން ޢަރަބި ބޮޑު އަކުރު ތަޢާރަފު ކުރުމުގެ ފެށުމެވެ. މީގެ އިތުރުން 1978 ވަނަ އަހަރުން ފެށިގެން ރ. މައުމޫނުގެ 30 އަހަރުގެ ޒަޢާމަތުގެ ރާއްޖެއަށް ގެންނެވި އިންޤިލާބީ ތަރަށްގީގެ މަސައްކަތްޕުޅުތައް ފެންނާނެ ދާރުލްއާޘާރެއް ހުޅުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ޓީވީއެމް، އަޑު، ނަޖުމީ، ހަސަންބެ، ޔާ، ޢަބްދުއްރަޝީދު ހުސައިން، ޢައްބާސް އަދި ކަށިމާ ޝާކިރު ފަދަބޭފުޅުންގެ އަތްޕުޅުގައި މިކަމަށް ފުދޭނެ އެއްޗެތި ހުންނާނެއެވެ.
މައްލޫނު
20 February 2025
މަލްޢޫނު ފޮންޓޭކީނަމަ ތަންކޮޅެއް ރިލެވަންޓް ވާނެ. ރިލެވަންޓަށް ދިވެހިންކިޔަނީ ކީކޭ؟
ސަފިއްތަ
21 February 2025
"ރިލެވަންޓް" ކިޔާ ބަހެއް އިނގިރޭސި ބަހުގަ އޮންނަ ކަމެއް ނުދެނެހުރިން. އެކަމަކު ރެލެވެންޓް ގެ މާނަ އަކީ އެކަށީގެންވުން ދެން ފަހަރަކުން މި ދިވެހި ބަސް ބޭނުން ކޮށްލާ، މާ އިނގިރޭސި ވާ ހިތް ވަންޏާ ބަސް ކިޔަން ދަސްކުރޭ.
ބޮއްކުރާބެ
26 February 2025
މައްލޫނު ހާދަ ރިލިވިންޓޭދޯ