ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ޑިޒައިނެއް: މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ ޑިޒައިނެއް.--
20 ފެބުރުއަރީ 2025 - 11:07
ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ މިސްކިތްތަކެއް ހަ ރަށެއްގައި އިމާރާތް ކުރަން ސަރުކާރުން މި އަހަރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑުން ޑޒައިން ކޮށްފައިވާ އެ މިސްކިތްތައް އިމާރާތް ކުރަނީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ހއ. ބާރަށާއި އއ. ރަސްދު އާއި އދ. ފެންފުއްޓާއި ފ. ފީއައްޔާއި ތ. ވޭމަންޑޫ އަދި ގދ. މަޑަވެލީގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތްތަކުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ފަހުން ފަށައި މި އަހަރު ނިންމާނެ ކަމަށެވެ. އެ ތަންތަނުގައި ސޯލާ އާއި އޭސީ ހަރުކޮށް، ނެވިލޯން ވެސް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ކުރެހުމެއް: މި މިސްކިތުގައި 700 މީހުންނަށް ނަމާދު ކުރެވޭނެ.--
އެ މިސްކިތްތަށް ޑިޒައިން ކޮށްފައި ވަނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައި ދިނުމަށް ކްލާސް ރޫމް ވެސް ހިމެނޭ ގޮތަށެވެ.
ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ޑިޒައިނެއް: މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް.--
އަލަށް އިމާރާތް ކުރަނީ 300، 500 އަދި 700 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތްތަކެކެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، އެންމެން ވެގެން މިސްކިތްތައް އިމާރާތް ކުރަން ކުރިއަށް އޮތް ރޯދަމަހު ފުރުސަތު ހުޅުވައިލަށް ހިތަށް އަރާ ކަމަށެވެ.
"މިސާލަކަށް އާ ޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6،000 މީހުން ވެގެން ނަމަ އެއީ މީހަކަށް 1،000ރ. ކިހާ ގިނަ ސަވާބު ލިބޭނެ ކަމެއް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ ކުރެހުމެއް.
އަމިއްލަ ޖަމިއްޔާއަކުން އެކަމަށް އިސް ނަގައި ކެމްޕޭނެއް ކުރިއަށް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ނުވަތަ ތަނަވަސް މީހުން ގުޅިގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އަލަށް އިމާރާތްކުރަން ފަށާ ހަ މިސްކިތާ އެކު، 35 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
"އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށް ދޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، 42 ރަށެއްގައި މިސްކިތްތަށް އަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއަލިޓީ ޑިޒައިން
20 February 2025
ތި ރާއްޖެގެ ސަގާފަތާ އަތްތެރި މަސައްކަތުގެ ސުމެއް ވެސް ނުފެންނަ ޑިޒައިންތަކެއް. އަނެއްހެން ތި ޑިޒައިންތައް ހަޑިއެކޭ ނޫން މިބުނީ. މިބުނީ ތިޔަކު ރާއްޖޭގެ ކުލައެއް ނެތޭ
ދަރި
20 February 2025
ޘަވާބަށް އެދި ދިއްކޮށްލާ އެތިކޮޅު މިސްކިތް ނޭޅި ބަޔަކު ފެންފޮދަކާ ނުލާ ދިރުވާލަފާނެ ކަމުގެ ބިރުވެސް އެބައޮތް! ކަންކުރަން އަދި ކަން ކުރުވަން ތިބީ މިފަދަ ކަމަކަށް ޖެހިލުން ނުވާނެ ފަދަ ބައެއް.
ފަސްމީރޫ
20 February 2025
ޗެޓް ޖީޕީޓީގެ ޒަމާނުގަ ވ.ފަސޭހައިން ބޭނުންގޮތަކަށް ޑިޒައިންކުރެވޭނެ.
ހާދީ
20 February 2025
ވ ހަޑި
ހުސެން ރަހާ
20 February 2025
ހަބަރު ކިޔާ ނިމުނު އިރު ވެސް ތި ބުނާ އާ ޑިޒައިނެއް ނޭނގުނު. މި ޚަބަރު ގަ އާ ކަމަކީ ޑިޒައިން އާ ވުން. މިސްކިތް އެޅުމަކީ އާންމު ކަމެއް، ރަށްރަށުގައި މިސްކިތް އެޅުމަކީ ވެސް އާންމު ކަމެއް. އާ ކަމަކަށް އޮތީ އަދި މި ހަބަރުން މީހުން އެނގެން ބޭނުންވާނީ ވެސް އެ ބުނާ އާ ޑިޒައިނަކީ ކޮބައިކަން
އަލީބެ
20 February 2025
ފޮށިގަނޑު ތަކެއްހެން މުޅިން އެހެން ޑިޒައިން ތަކެއް ގެނައީމަ މިސްކިތުގެ ރީތިކަން ނުފެނޭ. މިސްކިތްތައް ވާންޖެހޭނީ އެތެރެއިންނާ ބޭރުން އެތަނުގެ ހައިބަތު އެންމެ ފުރިހަމަވާނެހެން ހަދާ ތަންތަނަށް. މިއީ 100 ޕަރސެންޓް މުސްލިމް ގައުމެއް. ފަރުވާކުޑަ އާދައިގެ ޑިޒައިންތަކަށް މިސްކިތް ހެދިގެން ނުވާނެ. މިސްކިތްތަކަކީ އަހަރެމެންގެ ފަޚުރު. ކުޑަކުދިންނަށް އެމަންޒަރު ދައްކަންޖެހޭ. މިހެންބުނާއިރަށް އަނެކަކު ނަމާދަށްނުވާހަކަ ބުނާނީކީ ނޫން.
ކިޔާމީހާ
20 February 2025
މިސްކިތަކީ ދެއްކުންތެރިކަމުން އެއްކިބާވެފައިވާ ތަންތަންކަމު ވުމަކީ އެންމެ މުހިންމު އެއްކަންތައް. އެއީ اللهގެ ގެ ކޮޅު. އެއީ ތަނަވަސްކަމާ ހައިބަތު ދައްކުވަންޖެހޭ ބޮޑެތި ޢިމާތާރްތަކެއް ނޫން. އިސްލާމްދީނަކީ ބޭރުފުށުގެ ދެއްކުންތެރިކަމުން އެއްކިބާވާން ބާރުއަޅުއްވާ ދީން.
އޮނަރަބްލް އަފީފުު ދީދީ
20 February 2025
މުޅި ރާއްޖޭގަ ވެސް އިން އެންމެ ރީތި މިސްކިތަކީ ކ.އަތޮޅު މާލޭގަ އިން އިސްލާމީ މަރުކަޒެވެ. އެ މިސްކިތުގެ ޑިޒައިނަށް ފަރުމާ ކުރާ ހުރިހާ މިސްކިތްވެސް ވަރަށް ރީތި ވާނެ.
ކޮން
20 February 2025
ދިވެހި ވަންތަ ޑިޒައިން ތަކަށް މިސްކިތް އަޅަން ފެނޭ...
ލޮލްް
20 February 2025
ކޮބާތޯ ދިވެހި ވަންތަ ކަމަކީ ،،ކަޅުއޮއްފުންމި ހެން ދެން މިސްކިތް އެޅޭތަ ނޫނީ ކަޅުބިލަމަހެއްހެން.....
ސޭކުބެ
20 February 2025
މިސްކިތް އަޅަންވީ އެކަމަށް ބޭނުންޖެހިފަވާ ރަށްރަށުގައި. އދ. ފެންފުށި ތިލިސްޓުގަ އެބައޮތް. ފެންފުއްޓަކީ މެދުމިނެއްގެ އާބާދީއެއް އޮތް ރަށެއް ބޮޑު މިސްކިތަކާ އަދި މެދު މިނުގެ މިސްކިތަކާ އަދި އާސާރީ މިސްކިތެއްހުރި ރަށެއް. އިތުރު މިސްކިތެއްގެ ބޭނުމެއް މިރަށަކަށް ނެތް. ހެޔޮނުވާނެ ދައުލަތުގެ ފައިސާ ބޭކާރު ގޮތުގަ ޚަރަދުކުރުން ހުއްޓާލާ!
ޢެޑްމުންޑޯ
20 February 2025
ރަގަޅުވާހަކައެއް
އިސްލާހުކޮށްބަލަމިކަންތައް
20 February 2025
ހެޔޮ ނުވާނޭ މަދުވެގެން 4 ފޫޓު ބައި ނުވަތަ 5 ފޫޓު ދެ ސަފު ދެމެދު ބަހައްޓައްޗޭ!!!! މޮޅުވާންވެގެން ނަމްބަރުތައް ގިނަ ކުރަން އެއްކަލަ އިހުޒަމާނުގެ ނިސްބަތުން ކުރު މީހުންނަށް ޑިޒައިނުކުރި 4 ފޫޓު ބެހެއްޓީމާ މިހާރުގެ ކުދިންގެ އިސްކޮޅާ ބަލާފަ މާކުޑަ. ބޮލަށް ފައިން އެރި ނުވަތަ ޖަމާތުގައި ކުރާއިރު ބޮލާ ފުލާ ޖެހުމާ ކަހަލަ ނަމާދުގެ ޚުޝޫޢު ގެއްލޭ ކަންކަން ހިނގާ.
ނޫރު.
20 February 2025
ހާދަ ހިތް މޮޅުވެގެންނޭ ތިއުޅެނީ.