ހަނިމާދޫއަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
20 ފެބުރުއަރީ 2025 - 14:14
ހދ. ހަނިމާދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މީހުން އަތުލައިގަތީ ވައިގެ މަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަޜޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށި ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 13.85 ގުރާމުގެ ޑްރަގް ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:
- ފާތިމަތު ޝާހާ ހަސަން، 20، ނ. ވެލިދޫ، މޯނިންގްސަން
- ހުސައިން ޝާވިން، 22، ކ. ގުރައިދޫ، ނަލަވާ
- މުހައްމަދު ރިލުވާނު އަބްދުއްސައްތާރު، 22، ސ. ފޭދޫ، ރަތްވިލާގެ
- އަރްސަމް އަލީ ވަހީދު، 28، ދ. ކުޑަހުވަދޫ، މާހިލް
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށުން މަންމައަކާއި ދަރިއަކު ވެސް ވަނީ މި މަހު 13 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން ހަނިމާދޫ، މަޔާ ޕެލަސް، އާމިނަތު، 56 އާއި އޭނާގެ ދަރިފުޅު ފާތިމަތު މާޔާ، 25 އެވެ. އެ ދެ މީހުން ވެސް ހައްޔަރުުކުރީ، މަޔާ ޕެލަސް ގެއިންނެވެ. އޭގެ ތެރެއިން އާމިނަތުގެ ބަންދަށް ފަސް ދުވަސް އަދި މާޔާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
20 February 2025
ދެން ނެތްތަ ލިޕްސްޓިކްކޮޅެއް
ފެއާރީ
20 February 2025
އަޅެ މި ސ އަތޮޅުން މީހަކު ނުލައި މިކަހަލަ ކަމެއް ބަޔަކަށް ކުރެވޭތަ އެބަ؟ ބަސްޓްވާ ކޮންމެ ފަހަރަކު ސ އިން މީހަކު ހުންނާނެ.
ޢެޑްމުންޑޯ
20 February 2025
އެމަންޖެއަށް އެހެރީ ކިހިނެއް ހަދާފަތަ ، ދަވާދު ހާކާފައި ހުރިހެން ހީވަނީ
ސީޒަން ޖެކުހަން
20 February 2025
އަޅެ އެމަންޖެ އެހުރީ ކުލަފާޓާއެއް ބޯލައިގެން އައިސްތަ؟
މާތްކަލާކޮ
20 February 2025
ފާޑު ފާޑަށް ބޮލާ ތުބުޅި ހަދައިގެން ވަޒީފާ އެއް އަދާ ނުކޮށް މީ މިކުރާ ކަމަކީ .މީ އަނެއްކާ އަތޮޅު ތަކުގަ އޮތް އެކުވެރިކަން ރަމްޒު ކޮށްދޭ ގޭންގެއްތަ. އެކި އެކި އަތޮލުގެ މީހުން އެބަ ތިއްބެއްނު
އިހުސާންޓޭ
20 February 2025
ގައުމުގެ މުސްތަޤްބަލް މި ފެންނަނީ ވަރަށް ބަނަކޮށް
ލުނބޯކާށި
20 February 2025
ޖެންޒީ ހާލަތު
ބައިނާޅާ
20 February 2025
ބައިނާޅާ އެތެރެކުރަން އުޅުނީތޭ؟