މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
20 ފެބުރުއަރީ 2025 - 22:39
މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިރޭ މަސްދަޅު ކޭސް ބަހަން ފެށުމާއެކު، އެ ބަލައި ދިގު ކިއުއެއް ދަމާލައިފި އެވެ.
މިރޭ 8:00 ޖެހިއިރު މަސްދަޅު ކޭސް ބަހަން ފެށިއިރު އެ ސަރަހައްދަށް ވަނީ ގިނަ ބަޔަކު ޖަމާވެ، ކިޔުގެ ސަފު ދިގުކޮށް ދަމާލައިފަ އެވެ.
އެސްޓީއޯއިން ބުނީ މިރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
- މިފްކޯގެ އޮފީސް ކޮމްޕައުންޑް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލެ، ވެމްކޯ ސައިޓް
- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން
- ހިޔާ ޓަވަރު 10، ޔޫތު ސެންޓަރު
މާދަމާ ހުކުރު ދުވަހަށް ވާތީ، މަސް ދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ.
ހޮނިހިރު: ހެނދުނު 10:00 އިން ހަވީރު 16:00 އަށް
ރޭގަނޑު: 20:30 އިން 23:00 އަށް
އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް: މެންދުރު ފަހު 14:30 އިން 18:00 އަށް
ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެ
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެސްޓީއޯ އިން ބުނީ، އިތުރު ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާ ނަމަ، އެ ތަންތަން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.
ރަށްރަށުގައި މިހާރު މަސް ދަޅު ކޭސް ބަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރަމުންދަނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
21 February 2025
ތިޔައްވުރެ ފަސޭހަގޮތެއްނޯންނާނެދޯ ... ޒަމާނީ ގޮތްގޮތް ހޯދަން މަސައްކަތްކުރީމަ ހޯދޭނެ
ހަމަދު ސަލީމް
21 February 2025
މަސްދަޅުކޭސް ދޫކުރަނީ ކަރަންޓް މީޓަރަށް ކަމަށްވާއިރު، ކޮންމެ ބިލަކުން މަސްދަޅުކޭހެއްގެ ފައިސާ ކަނޑާލީމަ ނުމުނީނު. މަސްކޭސް ގަންނަންބޭނުންމީހުން ގަނެލަން މާ ފަސޭހަވާނެ. ކިޔުގަ 3،4 ގަޑިއުރު ނުތިބެވާނެ. އެކަމަކު މިމަންޒަރު ރައީސް ބަލައިލައިގެން އުފާވާނަމަ މިގޮތްވެސް އޯކޭ.
ހަންނާން
21 February 2025
ކަލޭގެ ކަރަންޓް ބިލް ބޮޑުކޮށްފަ އެއިން އެތިކޮޅެ ލިބޭތީ ކަލޭ އުފާކުރޭ, ގަމާރުވާނީ މިވަރަށް.
މޮގެމްބޯހުޝަހުވާ
21 February 2025
އަދިވެސް ކިޔު ދިގުވެފަ މީހުނަށް ގިނައިރު ތިބެންޖެހޭނެ ގޮތެއް އޮތިއްޔާ އެގޮތެއް ހޯދަބަލަ. އުފާވާނެ.
ވަކަރަށް ޖަހާލީ
21 February 2025
ސަރުކާރު ޓެސްޓް ކޮއްލީ ރައްޔިތުން ގަނެލެވޭނީ ކިހާވަރަކަށްތޯ. މިހާރު އެވެރިންނަށް އެސްޓިމޭޓް ކޮށްލެވޭނެ ދެެންއިންތިހާބަކަށް ބަހާލަން ޖެހޭނީ ކިހާވަރެއްކަން. ދެރަވޭ މާލޭގެ މެޖޯރިޓީ ގެ ހާލުފެނިފަ
ޙަޒާނާ
21 February 2025
ވަރަށް ދެރަވަރު މަންޒަރެއް... ދިވެހިންގެ މަޖުބޫރީ މާލޭ ދިރިއުޅުން މިފެންނަނީ. އެމީހުންގެ ނިކަމެތިކަމާއި ލޯލާރި ފޮއްޗަކަށްވެސް ބޭނުން ޖެހިފައިވާ މިންވަރު. މާލެ އަކީ ހައްލެއްނޫން ..
ބޮކި
21 February 2025
މީންވައިލް.. “މި އަހަރު އީދަށް ކުލަ ބޮކި ގަންނަން 28 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަނީ” ކީކޭ އަޅެ ބުނާނީ..
ޝިހާމް
21 February 2025
މިއިންވެސް ދޭހަވަނީ ގިނަ ރައްޔިތުންގެ ނިކަމެތިކަން.. ވަރަށް ދެރަވާ މަންޒަރެއް… އުމުރުން ދުވަސްވީ މީހުންނާއި މުސްކުޅިން ކިއުއެެއްގައި..
މޯޑުބެ
21 February 2025
ކިއު ހަދަން ޖެހެނީ ވެސް ކުރީ ސަރުކާރުތަކުގެ ސަބަބުން
ޕީއެންސީ
21 February 2025
ކިއުއެއްގަ މަޑުކޮށްލަން ޖެހުނީމަ ހާދަ ހާސަރެކޭ ދިވެހިން މި ދަމަނީ.