14 ކިލޯގެ ޑްރަގާއެކު ހުޅުމާލެއިން ހައްޔަރުކުރި ޒުވާނާ.-- ފޮޓޯ: ޕޮލިސް
21 ފެބުރުއަރީ 2025 - 17:36
ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ތަކެތި ފެނުނީ ހުޅުމާލެ 1 ގެ އެޕާޓްމަންޓެއް މިދިޔަ ބުދަ ދުވަހު ފާސްކުރިއިރު އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މަރިޔަމް ޒީނާ، 23، އެވެ. އޭނާގެ އެޑްރެހަކީ ހއ. ތުރާކުނު، އާހިޔާ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތުކުރެވޭ "ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ" އެބަހުރި ކަމަށް ބަލައި 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ޒީނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހިފަހައްޓާފައިވަނީ ޓެކްސީއެއްގައި އިންދަ އެވެ. އެ ވަގުތު އޭނާ ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ޕެކެޓް ޓެކްސީގެ ސީޓު މައްޗަށް ވައްޓާލާފައި ކަމަށާއި މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުން ފެނުނު އެޕާޓްމަންޓު އެކްސެސް ކީކާޑަކާއި ކީޓެގެއް ބޭނުންކޮށްގެން އެޕާޓްމަންޓް ހުޅުވައި ފާސްކުރި އިރު ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
ބަންދު މަޖިލީހުގައި ޒީނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ އެހެން މީހުންނަށް ވެސް ވަދެވޭ ގޮތަށް ހުންނަ ތަނެއް ކަމަށެވެ.
އޭގެ އިތުރުން، ހުޅުމާލެ 2 ގައި ހަމަ އެ ދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރި އެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިhttps://t.co/Rvo164gbtu
— Maldives Police (@PoliceMv) February 21, 2025
އެ އޮޕަރޭޝަންގައި ހިޔާ ފްލެޓުގެ ނުވަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދަޅަކާއި ރަބަރު ފަސް ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނުނެވެ. އެކަމާ ގުޅިގެން ލ. ގަމުގެ ތިން ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އެ ރަށު ތުނޑި، މިލާނޯ، މުހައްމަދު ރިޝްފާން، 28، މަތިމަރަދޫ، ރިޔާޟު، ހުސެއިން ޝިޔާން، 23، އަދި ތުނޑި، ފީނިވިލާ ހައްވާ ސިމާނާ، 29 އެވެ.
މީގެ ތެރެއިން ދެ ފިރިހެނުންގެ ބަންދަށް 15 ދުވަސް އަދި އަންހެން މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
22 February 2025
މިކުދިން ގެ ފަހަތުގަ ތިބޭ ޑީލަރުން ނާގުޅިފަ އޮންނަ ބަޔަކު ލައްވާ ގަސްތުގަ މިކަން ކުރުމުގެ ތަނަވަސްކަން ކުލަހެދުން އެޅި ބަޔެއްގެ ފަރާތުން އެބަފެންނަމުން ދެއެވެ. ވެރިކަމުގެ ހަގީގީ ނާރެސް ރައީސް އަށް ދައްކަނީ ނަގާސެލިއުޓުން ކަމުގަ ހީފުޅުވުމުން އަދި ނުފުދެއެވެ. ހަގީގީ ވެރިކަން ރައްޔިތުން ނަށް ކޮށްދީގެން ލިބޭނެ ހިތްޕުޅު ހަމަޖެހުން ލިބުން އޮތީ މިފަދަ ހާލިތަށް ނައްތާލަދީގެންނެވެ.
ކުޅޭކުޅޭ
22 February 2025
ޑްރަގްގެ މައްސަލަ ތަކަކީ ތީ މިހާރު ފުލުހުންކުޅޭ ޑްރާމާތަކެއް.
ފާޅުގައިދޮގު
22 February 2025
އަތަކުން ނުފެނުނު އެއްވެސް އެއްޗެއް. އެހެންވީމާ ސާބިތު ނުވާ މައްސަލައެއް ތިއޮތީ އަތުހެހިފައި. ވަކީލުންނަކީ އަސްލުގެއްލުވާލާ ބައެއް. ދޮގުހަދާ ހާޤީގަތް އޮޅުވާލާ މީހުންނަށް ހުރި ޢަޛާބުގެ ބަސް އަހާ ބައެއްނޫން.
އަލިކާ ދިްދޫ
22 February 2025
ރާއްޖޭގެ ޢެންމެއް އުތުރުން އެންމެއް ދެކުނައް މިވަރުވީމަ ގައުމެއްނޯންނާނެ. މިބުރުވެސް ގާނޫނުގެ ދިގުއަތްދަށުން ކޮންމެވެސް ޖަދުވަލެއްގެ ސަބަބުން ސަލާމަތަވާނެ. ބަލަ މިވަރުވާއިރު މާއްލިއްޔަތުން ބޮޑު މުސާރަނަގައިގެން ތިބިމީހުންނައް ގާނުނު އިސްލާހުކުރަން ނޭގެނީތޯއެވެ. އަރަތެކެވެ.
ޒަރީރު
21 February 2025
ކިރިޔާވެސް ރީތި އަންހެން ކުއްޖެއްވިއްޔާ ދުއްވައިގަންނަނީ ކޮންމެވެސް ގޭންގެއްގަ އުޅޭ ސޮރަކާ ދިމާލަށް. ދެން ފެންނަނީ މިކަހަލަ މަންޒަރެއް
ހަމަދު ސަލީމް
22 February 2025
ކީއްވެ ނުދާންވީ، އެސޮރުމެން އަތުގަ ބޯކޮށް ލާރިއޮވެޔޭ. ކޮންމެ އެެއްޗެއް ވިއްކައިގެންވެސް ލާރި ހޯދީމަ ރީތި އަންހެންކުދިން މޮޔަވާނެ.
ކާލޯ
21 February 2025
މިގޭގަ ހުރި ހަނޑުލާ، ހަކުރާ، ފުށާ އެއްކޮށްލީމަވެސް 3 ކިލޯ ހަމަނުވޭ...
raajje
21 February 2025
ފުލުހުންނަށް އިތުބާރެއްނެތް
އޮނަރަބްލް އަފީފު ދީދީ
21 February 2025
ތަޙްޤީގު މަރުޙަލާގައިވެސް އެންމެނާއިމެދު އެއްއުސޫލަކުން ހަމަހަމައަށް ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް. މިހާރަކަށް އައިސް ޑްރަޤާއި މާރާމާރީ އަދި ސެކްސް ރިންގ އޮޕަރޭޓް ކުރިމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ތެރެއިން ބައެއް ފަރާތް ތަކުގެ ޕޮލިސް މަގު ފޮޓޯ އާންމު ކުރާއިރު އެންމެ ބޮޑެތި ޑްރަޤް ޑީލަރުން ފެޝަން ފެރޭޑް ތަކުގައި އުޅޭފަދަ ރީތި ފޮޓޯ ޖަހާފައި އަދި މިޑީލަރު ފަދައިން އެއްގޮަތަކަށްވެސް ފޮޓޯ ނުޖަހާ މީހުންވެސް އެބަތިބޭ. ؟!
ގަމާރު ކުމާރު
21 February 2025
ޔޫ ފޮލިޓިކުސް ނުކިޔަބާ ބައްތަރު ދޮގޭ
ނަށީދު
21 February 2025
ތިމަންޖެ ވައްތަރެއް ނޫން ޑްރަގް ޑީލަރަކާ! އަނެއްކާ ބިޓުގެ އެއްޗެއް ފޮރުވަދިނީތަ؟
ޖަޑިބު
21 February 2025
ތިއުމުރުގެ ޒުވާނަކަށް (އަންހެން ވިޔަސް ފިރިހެން ވިޔަސް) 14 ކިލޯގެ ޑްރަގްސް އެތެރެކޮށް އޭގެ ވިޔަފާރި އެއް އެކަންޏެއް ނުކުރެވޭނެ. ތިކަމުގެ ފަހަތުގަ ތިޔަށް ވުރެ ބާރުގަދަ ބަޔަކު ވާނެ ކަން ޔަގީން.