އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ މިހާރު ވިދާޅުވަނީ ޣައްޒާއިން މީހުން ބޭލުމަކީ ހިޔާލެއް ކަމަށާއި މަޖުބޫރު ނުކުރާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
22 ފެބުރުއަރީ 2025 - 21:02
ފަލަސްތީނުގެ ޣައްޒާއިން މީހުން ހުސްކޮށް، އެތަން ބިނާކުރުމުގެ ވާހަކަ އަކީ ހިޔާލެއް ކަމަށާއި އެކަން ކުރަން މަޖުބޫރުކުރުމެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ބަދަލުކުރައްވައިފި އެވެ.
އިޒްރޭލުން ހަމަލާދީ ބިމާ ހަމަކޮށްލާފައިވާ ޣައްޒާގައި މީހުންނަށް އުޅެވެން ނެތް ކަމަށާއި އެހެންވެ އެތަނުގެ ރައްޔިތުން މިސްރާއި އުރުދުން އަށް ބަދަލުކޮށް ރިސޯޓެއް ގޮތަށް ތަރައްގީކުރާނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި އެވެ. އެއާ އެކު އިސްލާމީ އަދި އަރަބި ގައުމުތަކުން އެކަމާ ދެކޮޅު ހަދައި ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުން ނެރުމުގެ އެއްވެސް ޕްލޭނަކަށް އެއްބާރުލުން ނުދޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.
މި ވާހަކަތަކާ އެކު ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މި ޕްލޭނަށް މިސްރާއި އުރުދުން އިން ދެކޮޅު ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ނުރުހުމުގައި ކުރާ މިފަދަ ކޮންމެ ކަމަކީ ބޭއިންސާފު ކަމަށް އެ ގައުމުތަކުން ދެކޭ ކަމަށް ވެސް އެއްބަސްވެ ވަޑައިގަތެވެ.
"އެ ގައުމުތަކުން އެހެން ބުނާތީ ކުޑަކޮށް ހައިރާން ވެސް ވޭ. އެކަމަކު ވަނީ އެހެން ބުނެފައި،" ފޮކްސް ނިއުސް ރޭޑިއޯ އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
ހަމަ އެޔާ އެކު ޓްރަމްޕު ވަނީ އެ ގައުމުތަކަށް އެމެރިކާއިން "ކޮންމެ އަހަރަކު ބިލިއަނުން ހަރަދުކުރަމުން" އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އެއީ އެކަން ކުރަން އަޅުގަނޑުގެ ޕްލޭން. އަޅުގަނޑަށް ހީވަނީ އެއީ ކާމިޔާބު ޕްލޭނަކަށް ވާނެހެން. އެކަމަކު އަޅުގަނޑު އެކަމަށް މަޖުބޫރެއް ނުކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑު އެ ހިޔާލު ހުށަހަޅާފައި ދެން ވާގޮތެއް ބަލަން މަޑުކޮށްލާނީ."
ޓްރަމްޕް ރާގު ބަދަލުކުރައްވައި ވާހަކަ ދައްކަވާފައި މި ވަނީ ޣައްޒާއިން މީހުން ބާލަން ޓްރަމްޕް ހުށަހެޅުއްވުމާ އެކު އުފެދުނު ނުތަނަވަސްކަމުގައި ސައޫދީ އަރަބިއްޔާއަށް އަރަބި ގައުމުތަކުގެ ވެރިން އިއްޔެ ޖަމާވެ އެކަމާ ކުރިމަތިލާނެ ގޮތަކާ މެދު މަޝްވަރާތައް ފަށާފައި ވަނިކޮށެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް ޓްރަމްޕުގެ ޕްލޭންގެ ބަދަލުގައި އިންސާފުވެރި ގޮތެއް ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
23 February 2025
ގާޒާ އާރާސްތު ކުރުމުގެ ޒިންމާއިން ރެކެންވެގެން ދެއްކިވާހަކައެއް.
މަނޭ
23 February 2025
ވައިޓްހައުސް މުވައްޒަފަކު ވިސްލްބްލޯ ކުރީތަ. އެކަމު އަދި ޖުރުމަނާއެއް ނުކުރޭ.
ޑޮކްޓާރ. ބަނާނާ
23 February 2025
މިކަލޭ ގެ ސިކުޑީގައި ތެއްކަމެއް ހުރިކަމަށް ނުބެލެވޭ. ޢޮންނާނެ ރާކަނިމަސް ކެވިފަ!
ޚަސިސބް
23 February 2025
ހެހެ ބޮލުގެ ތެއްކަމުގެ ވާހަކަ ދިވެހީން ދެއްކީމަ ހިނިއަންނަނީ. ގަމާރު ހަމަނުޖެހޭ މޮޔަ މީހުން އެންމެގިނައީ މިރާއްޖޭގަ.
raajje
23 February 2025
ތިޔަކަހަލަ މޮޔަހިޔާލުކުރަނީ ކަނޑުކޮހުންދޯ! ޓުރަންޕަކީ ބޯހަމަޖެހޭމީހެއްކަމަށް އަޅުގަނޑުނުދެކެން
ވޮޗްމޭން
23 February 2025
މީ މީނަ ވަރަށް ނުބައި ރޭވުމެއްގެ ތެރެއިން ބުނި އެއްޗެއް. ޔަހޫދީން ބޭނުންވާ ގޮތް ނޯމަލައިސްކޮށްލީ އެވާހަކަ ދައްކަން ފެށުނީ.. ޔަހޫދީން ފާޅުގައި އެކަން އިމްޕިލިމެންޓް ކުރަން ފަށައިފި. އެކިއެކި ޑީލްސް ތަކުގައި އަރަބިވެރިން ރަސްކަމާއި ވެރިކަމުގެ ދަހިވެތިކަމުގައި ތި ހުރިހާ ހުށަހެޅުމެއް ގަބޫލުކޮށް އެކަން އިމްލިމެންޓް ކުރާނީ އަރަބިން. ޓްރަމްޕް ހުންނާނީ ހުރިހާ ގޭހެއް ޔަހޫދީން ބޭނުންވާގޮތަށް އަނބުރާ އަރަބިން އަރަބިންނާއި ތަޅާހަނާ ވާތަން ބަލަން
ނަޓް.
22 February 2025
ޓްރަމްޕް މަސައްކަތްކުރީ މީހުން ރައްކާތެރި ބިމަކަށް ގެންދިއުމަށް. އެއީ އިޒްރޭލުގެ އަނިޔާއިން ކުރިއަށް އޮތް ތަނުގައި ވެސް ސަލާމަތުން ތިބެން ރަނގަޅު ގޮތަކަށް ވެސް ވެދާނެ. އަރަބި ގައުމުތަކުން އެއްބަސްނުވީމަ އެ ހިޔާލަށް އަމަލުކުރަން އުނދަގޫވާނެ. އެ ހިޔާލު އަދިވެސް އެއީ ރިކޮމެންޑޭޝަންއެއްގެ ގޮތުގައި އޮތް ވާހަކަ ބުނީ.
ލާމަސީލު
23 February 2025
ނަޓް އަށް ނޭނގެނީތަ ނުވަތަ ނޭނގޭ ކަމަށް ހަދަނީދޯ އިސްރާއީލަށް އެމެރިކާއިން ބޮމާއި ހަތިޔާރިދީގެންކަން ފަލަސްތީނު މުސްލިމުން ޝަހީދުކޮށް ހެތަށް ސުންނާފަތި އެކޮށްލީ
ތްރެޑް ނެތް
23 February 2025
ލޫސްނަޓް، ކަލެއަށް ނޭޭތަ އިޒްރޭލުގެ މައި ބަދަޔަކީ އެމެރިކާޔާ ހުޅަނގުގެ ގައުމުތަށް ކަމެއް، އެމެރިކާގެ ބޭނުމަކީ މުސްލިމުން ނިކަމެތިކޮށް ދުނިޔެ ކޮންޓްރޫލުކުރުން
ދޮގުވެރި ފާސިދުން
22 February 2025
ރެޑް އިންޑިއަންސް މަރައިފަ މި ބުނަނީ، ތިމަންމެނަށް ހުސްކޮށް އޮތް ބިމެއް ފެނުނިއްޔޯ ދަތުރު ދަނިކޮށް. މުޅި ދުނިޔެ ހިސޯރުކޮށްގެން މި ފިތްނަ އިން ސަލާމަތްވާނީ ކޮން އިރަކުންބާ؟
މުއީޒު
22 February 2025
މީހަމަ މުއީޒު
ބަދަން ސިތާރާ
22 February 2025
އެސޮރުވެސް ވުން ގާތީ ވަށަފަރު މީހަކަށް
ގުޑް ޓްރަމްޕް
22 February 2025
އޭގެ ފައިދާ ވެސް ކުރި. ނަތީޖާއަކީ އަރަބި ގައުމުތައް އެއްވެ އަވަހަށް އެ ރަށް އާރާސްތު ކުރަން ސައުދީގައި މަޝްވަރާ ފެށީ. އެހެން ނޫނީ އިނގިލިކުރި ވެސް ހިއްލާނުލައި ތިބޭނެ.