ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަކަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން
23 ފެބުރުއަރީ 2025 - 10:50
ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ރޭ ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.
ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން 19 މީހަކު ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 11:00 ހާއިރު އެވެ.
އޭގެ ތެރޭގައި ހިމެނެނީ، ތިން އަންހެނުންނާއި 16 ފިރިހެނުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރެއިން 17 މީހުން ރޭ ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި ދެ މީހުންގެ ހާލު ރަނގަޅުވުމުން މިއަދު ހެނދުނު ދޫކޮށްލާފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާނާ ވިހަވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ކާނާ ވިހަވީ ކޯއްޗަކުން ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި މިހާރު ބައިތިއްބަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖެ އިން ފޮނުވާލާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
23 February 2025
މައްސަލަ ބަލަން ވާނެ އެވެ.
ަކަޅުބޯ ކައްކާ
23 February 2025
ކާނާ ވިހަވަނީ ކުނި ނުވަތަ ނުބައިވެފައިވާ ތަކެތިން ކާތަކެތި ތައްޔާރުކުރާތީ، ނުވަތަ ކުނި ނުވަތަ ނުބައިވެފައިވާ ތަކެތި ކެއިންބުއިމަށް ފޯރުކޮށްދޭތީ. ބިދޭސީންނަށް ވިޔަސް ކާބޯތަކެތި ތައްޔާރުކުރަންވާނީ އިންސާނަކު ކެއުމަށް އެކަށޭނަ މިންގަނޑަކަށް. އެތައް ބައެއްގެ ފުރާނަ ގޮސް ހިތާމަވެރި ހާދިސާއެއް ކިރިޔާ ތި ނުހިނގީ. ރަނގަޅަށް ބަލައިފިއްޔާ ޑިޓެންޝަން ސެންޓަރުގައި ކާބޯތަކެތި މިދެންނެވި ފަދަ ފަރުވާ ކުޑަ ގޮތަކަށް ވާނީ ކައްކަމުން ގޮަސްފައި. ބަލާ. އެނގޭނެ!