ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ހަވާލުކުރަން އެއްބަސްވުމުގައި ސޮއިކޮށް. އެއްބަސްވުން ބަދަލުކުރަނީ
23 ފެބުރުއަރީ 2025 - 19:52
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން 181 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.
އެ އިމާރާތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާ ހަވާލުކުރީ 540 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އާ ހޮސްޕިޓަލްގައި މެމޮގްރަފީގެ ޚިދުމަތް ލިބޭނެ ފެސިލިޓީއެއް ގާއިމްކުރާނެ އެވެ. އަދި ޑެންޓަލް އޯޕީޑީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓަރަކާ އެކު ހޮސްޕިޓަލްގެ ސްޓާފުންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާނެ ފެސިލިޓީ ވެސް ގާއިމްކުރާނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅު ތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީ އާއި ޕްރައިވެޓް ރޫމް ފެސިލިޓީތައް ވެސް ގާއިމްކުރާނެ އެވެ.
ހޮސްޕިޓަލް ހުންނަ ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަކުރެވޭނެ އިމަޖެންސީ އީއާރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަން މިނިސްޓްރީން ފާހަގަކުރި އެވެ.
މިނިސްޓްރީން ބުނީ އާ ހޮސްޕިޓަލް އިމާރާތްތައް ގާއިމްކޮށް ހިދުމަތްދޭން ފެށުމާ އެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ބުންޏެވެ.
މި ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން އަލަށް ހަދާ ހޮސްޕިޓަލްގައި:
- ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ
- އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް ގާއިމްކުރާނެ
- ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ގާއިމްކުރާނެ
- ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް ގާއިމް ކުރާނެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މފއއ
24 February 2025
ޑިފެންސް ފޯސްގާ އެއާކްރާފްޓެއް ނެތް ޤައުމަކުން އެއާކްރާފްޓް ކެރީއަރ އެއް ގަތުން ކަހަލަ ކަމެއް ރާއްޖެތެރޭގެ އެންމެ ބޮޑު ދެހޮސްޕިޓަލް ކުޅުދުއްފުށީ ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލްގާވެސް ދުވާލަކު އެޑްމިޝަން 20-25 އިން މައްޗަށް ނާދިރު ހާލަތެއްގައި ނޫނީ ނާރާ 180 މިލިޔަން ހަރަދު ކޮށްގެން 50 ބެޑްގެ ހޮސްޕިޓަލެއްތިތަނުގާ އެޅުމަކީ ވޭސްޓެއް. އެފައިސާއިން އެތަނުގެ ވަސީލަތްތައް ތަރައްޤީކޮށް މީހުން ބިނާކުރަން ހޭދަކުރިއްޔާ މާފައިދާ ބޮޑުވާނެ ޢެއަސްވުެ
ރިމާހް
24 February 2025
ކުރިންވެސް ދެންނެވިހެން މިއަހަރަކީ ތަރައްގީގެ އަހަރު، ވަރަށް ތަރުތީބުން ހުރިހާކަމެއްވެސް މި ކުރިއަށްދަނީ، ސާބަހޭ ވެރިޔާްް
މޫމިނާ އިދްރީސް
24 February 2025
މުޅި އަތޮޅު އެތައް ދުވަސްވީ ހުވަފެނެއްގައި ކުލަ މިޖެހުނީ. ޝުކުރިއްޔާ ސަރުކާރު
ޢެޑްމުންޑޯ
24 February 2025
ވަރަށް ރީއްޗަށް ކުލަޖެހޭނެ ، ބަލަންތިބޭ
ހުސެން ޒާހިރު
24 February 2025
އެމްޑީޕީއަށް ނުވި. ޔާމީންއަށް ނުވި. ރައީސް މުއިއްޒް މިކުރީ
އަފީފް.
24 February 2025
ރައީސް މުއިޒް ތިހޯދީ މުޅި އަތޮޅު ރައްޔިތުންގެ އިތުބާރެވެ. ކަން ކުރާނެ ކޮށްދޭނެ ކަމެވެ
ހުސެމް ވަހީދު
24 February 2025
އަލްހަމްދުﷲ. އުފާވެރި ހަބަރެއް މުޅި އަތޮޅަށް ލިބުނު
ޏާއްކޮ
23 February 2025
ބަލަ މިހާރުވެސް ތަން ނެތިގެން ނޫޅެއޭ ހިދުމަތް ދޭނެ މީހުން ހަމަ ނުވެގެން އުޅެނީ. މީހުން ޓްރެއިން ކޮށްގެން ފޮނުބަލަ
ފުތާބެ
23 February 2025
ތި އާރުޑީސީ އަކަށް ދިން ޕުރޮޖެކްޓެއް ވިއްޔާ މިވީހާތަނަށް ބުނާ ދުވަހަށް ނިމިފަ ނެތްތާގަ މުޅިން ސަބް ކޮންޓެއްޓަށް ދީގެން ކުރާ އިރުވެސް 3 ހަތަރު ބަޔަކަށް ހަވާލުނުކޮށްވެސް މަސައްކަތް ނުކުރެވޭ.
ކުޑަހުވަދޫ
23 February 2025
ބަލަން މިތިބީ.