ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންތަކެއް.--
24 ފެބުރުއަރީ 2025 - 10:12
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް ހަތް ވަނަ ދުވަހު ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ހިމަނައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ.
ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
އެގޮތަށް ބަދަލު ކުރުމުން ބޮޑު ޗުއްޓީ ޖޫން/ޖުލައިގައި ލިބޭތީ، އެ ދުވަސްވަރު ދިމާ ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
26 February 2025
ދިރާސީ އަހަރު އެއްދުވަހަށް ބަދަލުކޮށްދެއްވަ ބައްލަވާ މިނިސްޓަރޫ.
ހައްވާމާ
24 February 2025
ބެލެވޭ ގޮތުން 2026ވަނަ ދިރާސީ ކަލަންޑަރާ ހަމައަށްދާއިރު ކުރިން އޮތްގަތަށް ޖެނުއަރީން ޑިސެމްބަރަށް ދާނެ. ކީޕް އަޕް ދަ ގުޑް ވޯކް!
ޢެޑްމުންޑޯ
24 February 2025
އެޕްރީލް 7 އެއީ ދުނިޔޭގެ ސިއްޙަތު ދުވަސް
ބަކުރުު
24 February 2025
ރަނގަޅެއްނު! ޗުއްޓީގައި ކުދިން މަޖާކޮށް ކުޅިވަރުކުޅެ އުފާކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ދުނިޔޭގެ ސިއްހަތު ދުވަހު ކިޔަވަން އެނުކުންނަނީ. ޖެހިގެން އަންނަ ދުވަސް އެޕްރީލް8 އެއީ ރާއްޖެއަށް ހުޅަނގުމޫސުން ފެށޭދުވަސް އައްސިދަ ނަކަތުން 1ވަނަދުވަސް.
ޢަބުދުރަޙްމާން އަލް ޙުލްޖީ
24 February 2025
މިހާރުގެ އެކަޑަމިކު ކަލަންޑަރެކޭ ވިއްސާރަ މޫސުމެކޭ އެއްގޮތް. ފަށާ ދުވަހެއް ނިމޭ ދުވަހެއް އަދި ކުރު ދިގު މިނެއްވެސް އެއްގޮތެއްގައި ނޯވޭ. ތި ކަލަންޑަރުވެސް އަދި ބަދަލުވާނެ. ދިރާސާއެއް ކޮއްލަވަބައްލަވާ މިދިޔަ އަހަރުގެ ކަލަންޑަރާއި އެއްގޮތަށް ކިތައް ކަންތައްތޯ ހިންގާފައިވަނީ. އަދި ކަލަންޑަރުގައި މިހާރު މުދައްރިސުންނަށް ހޮނިހިރު ދުވަސް ވެސް އެއްކޮއްހެން ރަސްމީ ވެއްޖެ.
ޙުލްޖީ
24 February 2025
މިއުޅެނީ ހަމަ ޖެނުއަރީ ޓު ޑިސެމްބަރަށް ވޭތޯ. ކޮވިޑާއި ގުޅިގެނާއި ޢޭރުގެ ސަރުކާރުވެސް ބޭނުންވީ އެހެން ޤައުމުތަކުގައި އޮންނަގޮތަށް ބަދަލުކުރަން. ސޯ އެޖަސްޓްމަންޓަށް ވަގުތު ނަގާނެ. ދެރައީ ކުދިންގެ ކިޔެވުމާއި އެހެނިހެން ހަރަކާތްތަށް އެއްފައްޗަކަށް ނޭވާލާނޭ ވަގުތު ނުލިބިދާކަން.
ޏާއްކޮ
24 February 2025
މައްސަލައެއް ނެތޭ. ކުރިން އޮތް ގޮތަށް މިއަންނަ އަހަރު ބަދަލުވީމަ އެންމެންނަށް ވެސް ފަސޭހަ ވާނެ. އޭގެ ކުރިން އަންނާނެ މިހެން ކުރަންޗު ދުވަސްކޮޅު. އައިސްގެންވެސް ކުރިން އޮތް ގޮތަށް ދިރާސީ އަހަރު އިއާދަވާން މާ ބޭނުން. އޮގަސްޓުގަ ފެށޭ ގޮތް އޮންނަ އިރު ތަނެއް ދޮރެއް އިނގެނީއެއް ނޫން ވަކި. ކަމެއް ރަނގަޅު ކުރަން އުޅޭ އިރު ވެސް އަނގަ ނުތަޅާ މަޑުން ނުތިބެވޭނެ ދިވެހިންނަކަށް