ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫއަށް ވަޑައިގެން އެރަށުގެ އިސްވެރިންނާ ބައްދަލުކުރެއްވުން.
24 ފެބުރުއަރީ 2025 - 11:12
ދ. މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް 30 ހެކްޓަރުގެ ބިން އެ ރަށުން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތް ގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ކުރިއަށް ދަނީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަނަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެ މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އީއައިއޭގެ މަސައްކަތް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އެމްޓީސީސީން މިހާރު ވެސް ތިބީ އެ މަސައްކަތަށް ތައްޔާރުވެފައި ކަމަށާއި ވީއެންމެ އަވަހަކަށް މަސައްކަތް ފަށައި، ނިންމާލާނެ ކަމަށެވެ.
"އީއައިއޭ ފާސްވުމާ އެކީގައި ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ފެށޭނެ. ފެށުމުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދީ އިރާދަކުރެއްވިއްޔާ އިންތިހާބުގައި ތިބޭފުޅުންނަށް ވައުދުވި ގޮތަށް 30 ހެކްޓަރު ހިއްކާ ނިންމާލާނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވީ ހިއްކާ ބިމުގެ ތެރެއިން ދެ ހެކްޓަރު ބޭނުންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ.
"މި ޔަގީންކަން ދިނުމަކީ އަޅުގަނޑު ބޭނުންވި އެންމެ މައިގަނޑު ކަންތައް މި ރަށަށް. ސަބަބަކީ ރައްޔިތުންގެ ޒަމާންތަކެއް ވަންދެން އޮތް އުއްމީދެއް ހާސިލުވެގެން ދާނީ މިކަން ވެގެންދިއުމުން،" ރައީސް ވިދާޅުވި އެވެ.
President Dr @MMuizzu meets with the Maaen'boodhoo Island Council, Women's Development Committee (WDC), and Heads of Institutions. The President assured them that the Administration would address all issues raised during the meeting.#RayyithunGaathah #DhaaluVisit pic.twitter.com/Xlm1EqiuT7
— The President's Office (@presidencymv) February 24, 2025
ރައީސް މާއެނބޫދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުން.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވަނީ ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބަލައިގެން ކަމަށެވެ.
ރައީސް ވަނީ އެރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި މަލްޓި ފާޕޯސް ހޯލުގެ މަސައްކަތް ވެސް ވަރަށް އަވަހަށް އަލުން ފެށޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މާޗު މަހުގެ ތެރޭގައި ފެށުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. އެކަން ހާސިލުކުރުމަށް އެކި މިނިސްޓްރީތަކާއި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެކްޓްް
24 February 2025
މިހާރު ރާގު ބަދަލުވެއްޖެ. ޖުމްލަތަކުގެ ފަހަތަށް، "ނިންމާނެ. ފަށާނެ. ހިއްކާނެ. އަޅާނެ." ލޮލް
ދ.ކުޑަހުވަދޫ
24 February 2025
ރޭގައި ކުޑަހުވަދޫގައި ވާހަކަ ދައްކަމުން ބުނީ އަރބަން ސެންޓަރުގެ ވާހަކައާއި އެއްފަސްކުރާ ވާހަކަ. މިއަދު މާއެނބޫދުގައި އެބުނީ އެރަށު ބިންހިއްކާ ވާހަކަ. މިވާހަކަތައް ދިމައެއްނުވޭ. މާއެނބޫދު ބިންހިއްކުމުގެ ބަދަލުގައި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މާއެނބޫދޫ މީހުންނަށް ކުޑަހުވަދޫއަށް ހިޖުރަކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން ރަނގަޅު. ކުދި ރަށްރަށުގެ ބިންހިއްކުމަކީ މުސްތަޤުބަލަށް ބަލާނަމަ ސަރުކާރުންކުރާ ވަރަށް ބޮޑު އިސްރާފެއް. މިކަންކަން ހުއްޓާލަންޖެހޭ
އޮނަރާބަލް ކުޅުދޫފުށި އާދަންބެ
24 February 2025
ތިޔާގޮތަށް ހިއްކަން ބުނިތަނެއް ރަސްމާލެ އަކީ ވެސް ، ކަޑުއަޑިން ބިއްލޫރި ޓަނާލު އަޅާނެކަމަށް ވެސް ވައުދުވި.. ވެރިކަމުގައި ބާކީ އޮތީ 3 އަހަރު . އަދި ހިކިފައި އޮތީ ކުޑަ ކުނިކޮށްޓެއްވަރުގެ ތަންފުކެއް.
އަނދުންފުޅި
24 February 2025
ލަގްޒަރީ ފިހާރައިން އަނދުންފުޅިތައް ހުސްވެގެން މިހެންވެ ދޯ މި އުޅެނީ.