ރޯދަ މަހު މުދާ ކްލިއާ ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
24 ފެބުރުއަރީ 2025 - 15:48
ކުރިއަށް އޮތް ރޯދަމަހު ހަފުތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރަން މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު ވިދާޅުވީ، ފުލް އޮޕަރޭޝަންގައި މަސައްކަތް ކުރާއިރު، ދުވާލަކަށް 150 ކޮންޓެއިނަރު ކްލިއާ ކުރުމުގެ މަސައްކަތް ފަށައި، "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރުމަކީ އަމާޒެއް ކަމަށެވެ.
އެހެން އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރޯދަމަހު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެތެރެކުރާ ޕެރިޝަބަލް ސާމާނު ނުވަތަ ޖެނެރަލް ކާގޯ ވީހާ ވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތަކަށް ރާވަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަމަހުގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މުދާ އުފުލުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ އެވެ.
އިލްޔާސް ވިދާޅުވިގޮތުގައި، އެމްޕީއެލް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި، މުދާ އުފުލުމުގައި ވަރަށް ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު، ހުސްކޮށްފައި ބަހައްޓާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންޓެއިނަރު ޓާމިނަލް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
"މިދިޔަ އަހަރު ފެށުނު އިރު މި ސަރަހައްދުގައި 3،000 ކޮންޓެއިނާ ބެހެއްޓުނު. މިހާރު 5،100 ކޮންޓެއިނަރު ވަރު ބެހެއްޓޭ. އަޅުގަނޑުމެން އޭރު ކުރަމުން އައީ ޖާގަ އިތުރު ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، ޖާގަ އިތުރު ކުރި ނަމަވެސް އަދިވެސް ރާއްޖެއަށް މުދާ އިތުރު ކުރާ އަދަދާ އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިން ޖެނެރަލް ކާގޯ ބޭލެނީ އެއްފަހަރާ ދެ ބޯޓު ގާތް ކޮށްގެން ކަމަށް ވިޔަސް، މިހާރު އެއްފަހަރާ ތިން ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރުމަށް އިތުރު 19 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހައިލީ ޕެރިޝަބަލް ތަކެތި ގޯ ޑައުންގައި ބަހައްޓާފައި އަދި ހުޅުމާލޭގައި ވަގުތީ ޓެންޓެއް ވާނީ ބަހައްޓާފައި. އޭރުން ކާބޯތަކެތި ގެނައުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
25 February 2025
މަހުވާ ކީކޭ ބުނާނީ
ވާކި
24 February 2025
ޢިލިޔާސްއަކީ އޮޕަރޭޝަނަލް ލެވެލްގަ މަސައްކަތްކޮއް ބޭރާ އެތެރޭގެ އިތުބާރު ހޯދާފާވާ ސިޔާސީ ނޫން މީހެއް
އުޒއިރު
24 February 2025
އިލްޔާސް އޮޕަރޭޝަން ޑިޕާޓްމަންޓް ހިންގަނީ ވަރަށް އޮމާންކޮށް ގާބިލް ޒުވާން ކިޔަވާގެން ހުރި ގާބިލް ބޭފުޅެއް. ކުރިޔަށްދާނީ ރަނގަޅަށްކަން ޔަގީންކަން އެބައޮތް.
ދާދާ
24 February 2025
ކޮބާ ޕޯޓަލް؟
ކަޅުތެޔޮ ބަންކަރިން
24 February 2025
ބޮޑު ތިލަދުންމަތި 400 މިލިއަން ޑޮލަރު ގެ ކަޅު ފެންހަން ބަންކަރިން ރޯދަމަހު ކުލިއާ ވަނީ ކިތައް ހަންތޯ
އަހުމަދޭ
24 February 2025
އޮޕަރޭޝަނަލް ލެވެލްގެ މީހަކު ޕްރެސް ކޮންފަރެންސަށް އެރުމަކީ އާންމުކޮށް ނުފެންނަ އެކަމަކު ވަރަށް ރަނގަޅު ކަމެއް. ޕޮލިޓިކަލީ އެޕޮއިންޓެޑް ކަމެއް ނެތް މީހުން އެރުވުމުގެ ބަދަލުގައި ކަމުގައި އުޅޭ ޓެކްނިކަލް ޑީޓެއިލްސް އެނގޭ މީހުން އަރާ ކިޔާދިނީމާ އަސްލު މާ ރަނގަޅު! ވަރަށް ރަނގަޅު ކަމެއް ފެނިގެން މިދިޔައީ.