ޖެފްގެ އެހީގައި ތިމާވެއްޓާ ރައްޓެހި ވެހިކަލް ހޯދުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީން (ކ) އަދި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
26 ފެބުރުއަރީ 2025 - 15:22
ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ ހޯދަން ޓްރާންސްޕޯޓާއި އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ބްލޯބަލް އެންވަޔަރްމަންޓް ފެސިލިޓީ (ޖެފް) ގެ އެހީގައި ހިންގާ އިންޓަގްރޭޓެޑް ސަސްޓައިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓު މަޝްރޫއުގެ ދަށުން ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗާޖިން ސްޓޭޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ތިމާވެށްޓަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުން އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތަކާއި އިހުތިޔާރުތައް ފަހިކޮށްދިނުން ކަމަށެވެ.
އިންޖީނުލީ އުޅަނދުގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ބާރު އެޅުމަކީ ވެސް އެ އެއްބަސްވުމުގެ އެއް ބޭނުން ކަމަށް ބުންޏެވެ. އޭގެ ސަބަބުން ވައި ތަޣައްޔަރުވުމާއި ވެހިކަލްތަކުގެ އަޑުމަޑުކޮށް، މާލެއަކީ ދިރިއުޅުމަށް ރައްކާތެރި މާހައުލަކަށް ބަދަލުވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އެ މަޝްރޫއުގެ ދަށުން ގަންނަ އިލެކްޓްރިކް ޓެކްސީތައް ދުއްވަން ފެށުމުން، އާއްމުންނަށް ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ހިދުމަތް ލިބޭނެ އެވެ.
ޓެކްސީ ލައިނެއް ތައާރަފު ކުރަން ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެމްޓީސީސީއާ އެކު ސޮއިކޮށްފަ އެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން އަންނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ.
ތިން ވަނަ ފިޔަވަހީގައި 2028-2029 ގައި ސަރުކާރުގެ ޓެކްސީ ލައިން ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ތައާރަފްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
27 February 2025
ސަރުކާރުން ޓެކްސީ ކުރަން ވަނުން ރަނގަޅު އެކަމަކު ތިޔަ ބެޓެރީ ކަރުތަކަށް ސާރވިސް ދެވޭނެ މެކޭނިޒަމަކާއެކު ފުރަތަމަވެސް ތިކަން ކުރަން ގޮވައިލަން، މާނައަކީ ސުޕެއާޕަރޓްސް ވެސް ގެނެސްގެން ތިކަން ކުރާށޭ ތަމްރީނުލިބިފައިވާ މެކޭނިކުން ބައިތިއްބައިގެން ތިކަން ކުރާށޭ، އަދި ތިޔަކާރުތަށް ޗާޖްކުރެވޭނެ ވަސީލަތްތަށްވެސް ފުރަތަމަ ގާއިމް ކުރާށޭ. ހަމަނަމަކަށް އަވަސްއަރުވާލައިގެން ކޮއްފިނަމަ ބާދަނގަޑަށް ކިރާކަށް މާގިނަދުވަހެއް ނުވާނެ.
ޖާބޭ
27 February 2025
ތިގެންނަ ކާރުތައް އަހަރުނުވާނެ ނުދުއްވޭނެ. ދައުލަތަށް މިލިޔަނުން ގެއްލުން، ތި ޕްރޮޖެކްޓް ހިންގިމީހުންނަށް ފައިދާވާނެ.
ބަގީ
27 February 2025
ބެޓްރީ ކާރުން ރެލައިބަލް ޓެކްސީ ޚިދުމަތެއް އަދި މިރާއްޖޭގައި ނުދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ތިޔައީ އިބްރާހިމް ފަރީދު ދީދީ މެން އެކުވާލި މާލޭގެ ތަރައްގީގެ ޕްލޭނުގައި، މާލޭގައި ރޭލުދަނގަޑު އަޅައިގެން ރޭލުދުންވަން ކަނޑައަޅާ މާލެއަށް ރޭލު ދަގަނޑު ގެނައުންކަހަލަ ކަމެއް، އެގެނައި ދަގަނޑުތައްވެސް ގުރާބް ތުނޑީގައި ހުރުގެން ދަބައްވެ ފީވެދިއައީ.
ާބޮޑުބެގެ ބެއްޔާ
27 February 2025
ތި ގެންނަ ކާރުތަކުގެ ކުންފުންޏާ މިހާރު ވާނީ އަޑިން ޑީލެއް ހަދާފަ. އެނގެއެއްނު ސިޓީކައުންސިލްގެ ގަސް ޕްރޮގްރާމަށް ވީގޮތް. ވަރަށްވާހަކަ މީ އިނގޭ.
ސަލީމު އިދުރީސް
27 February 2025
ކޮންތާކު ހުންނަ އެއްޗެއް ތިމާވެއްޓާ ރައްޓެޙި ޓޭކުސީ! މީހާރުވެސް ރަށުޕިކަޕުތަކުން އަރަކު ބެޓެބަޔެއް ބަދަލުކޮއް ގޮނޑައް އުކާފަ އެސެޑާ ތިމަރައިން ރައްތަކުގެ ފެން ވިހަކޮއްފި! މިހާރުގެ ޒަމާނީ ކާރުތަކުގެ ބެޓެރިވެސް ޓެކުސީ ކޮއްގެން ގިނަވެގެން ތިންއަހަރުވެސް ހިފެހެއްޓޭނެހެން ހިއެއްނުވޭ! ދުނީއޭގެ އެއްވެސް ގައުމެއްގަ ޕަބުލިކު ޓުރާސްޕޯޓުގެ ހިދުމަތް ދިނުމުގެއޮތުން ސަރުކާރުން ޓެކުސީނުދުއްވާ! ބަހުގަ ދަރުކުރަން ބާރު އެޅުންރަގަޅު
ޓެކްސީ
27 February 2025
ދައުރު ނިމެންވާ އިރަށް ތިޔަ ޓެކްސީގެ ޚިދުމަތް ފެށިދާނެކަމާމެދުވެސް ޝައްކު. މިހާރު ދޮޅު އަހަރު ވަނީ. އަދިވެސް ކަންކަމުގެ ހުވަފެން ދައްކައިގެން ދެމީހަކު އެއްވެލައިގެން ހުސްގަނޑުގައި ސޮއިކުރަނީ.
ޣައްޒާފީ
26 February 2025
ތިބުނާ ކާރު 1 އަހަރު ތެރޭ ހަލާކުވާނެ. ނޭގޭ ގަމަރުން
މަރީނާލް
26 February 2025
ވަކިބަޔަކު 4 ދަތުރު ހުޅުމާލެ އަށް ކުރިއަސް އެންމެން އެގޮތަކަށް ނޫނ ްއުލެނީ . ހަވީރު މަގުމައްޗަށް ނުކުމެ ބަލާބަލަ ބާރު ބޮޑު މަގުތަކުގަ 30 މިނެޓުން ކިތައް ޓެކްސީ ތޯ ދަތުރު ކުރަނީ.
މަރީނާލް
26 February 2025
ސަރުކާރުން ހަނދާން ކުރައްޗޭ ކޮންމެ ޓެކްސީ ޑްރައިވަރެއް ބަލަހައްޓާ ބޮޑު އާއިލާއެއް. މި ވިޔަފާރި ދައްވެގެން އަހަރުމެންނަށް ކުރާނެ އަސަރަކީ ކުރިއަށް އަންނަ އިންތިހާބުތަކަށް އޭގެ އަސަރު ފޯރާނެ ކަމެއް. ވަރަށް އުއްމީދާއި އެކު ވޯޓު މިސަރުކާރަށް ދިނީ ، އެކަމު އަހަރުމެންގެ ދިރިއުޅުން ތި ހަލާކުކޮށްލަނީ، އަމީނު އަށް ނޭނގެނީތަ ހަވީރު ކާރު ނުދުއްވެނީ މަގުތަކުގެ ސަބަބުންކަން. އަހަރުމެންގެ ފިރިން ހަވީރުވެސް މާލޭތެރޭ ދަތުރު ކުރަނީ އަހަރުމެންގެ މުސްތަގުބަލަށް.
ޖުހާބެއްޔާ
27 February 2025
ޓެކްސީ ޑްރައިވަރުން ހަ އާއިލާ ބެލެހެއްޓިއަސް އަހަރެމެންނަށް އެގޭ ކަމަކީ ތަނަކަށްދާން ޓެކްސީއެއް ހޯދަން އުޅެ ގަޑިއިރު ފާއިތުވެ ދާއިރުވެސް ޓެކްސީއެއް ނުލިބޭކަން، ހުރިހާ ޓެކްސީ ޑްރައިވަރުން ތިބެނީ ކޮފީގަ، 3 ގަޑިއެއްހާ އިރު މަސައްކަތް ކޮށްލާއިރަށް 2000 ހެއްހާ ރުފިޔާ ލިބުނީމާ އެމީހުން އެ ދުވަހަށް މަސައްކަތް ހުއްޓާލަނީ،
އަލިކޮއި
26 February 2025
300 ކާރު މަގުމައްޗަށް ބާރު ބޮޑު ގަޑިތަކުގައި ނެރުނީމަ ޓެކްސީ ވަރަށް ފަސޭހައިން ލިބޭނެ. އެކަމަކު ދަތުރު ކުރަން ޖެހޭނީ ވައިގެ މަގުން. ކޮންތާކު މިޖެހުނީ.