"އަޅުގަނޑުމެން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވަޒީފާ ލިބޭނެ. މިއީ ވަޒީފާ ނެތް ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ދޮރެއް. މިއީ އާއްމުންނަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް،"
ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޝަމީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ފޮޓޮއަކަށް ހުއްޓިވަޑައިގެން.--- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ފެބުރުއަރީ 2025 - 12:37
ސަރުކާރުގެ "ޓެކްސީ ލައިން" ގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމް އެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ސަރުކާރުން އެމްޓީސީސީއާ ޓެކްސީ ހިދުމަތް ތައާރަފްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، އެ ކުންފުނިން އެ ހިދުމަތް ތައާރަފްކުރަނީ އާއްމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެ ހިދުމަތް ތައާރަފްކުރުމުގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކަށް އިސްކަންދިނުމުގެ ގޮތުން، އެ ޓެކްސީ ލައިންގައި ހިމެނޭނީ ތިމާއްޓާ ރައްޓެހި ޓެކްސީތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ ސައުދީ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސައުދީ ވިދާޅުވިގޮތުގައި، އެ ހިދުމަތާ އެކު ގިނަ ބަޔަކަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ވެސް ހުޅުވޭނެ އެވެ.
"އަޅުގަނޑުމެން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވަޒީފާ ލިބޭނެ. މިއީ ވަޒީފާ ނެތް ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ދޮރެއް. މިއީ އާއްމުންނަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ މި ހިދުމަތަށް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުން ހޮވާނީ މަސައްކަތަށް އަހުލުވެރި ކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ފަހު ކަމަށެވެ. އެ ސެޝަންތަކަކީ މަގުމަތީގައި އެއްޗެހި ދުއްވުމުގެ ރަނގަޅު އާދަކާދަތަކަށް ހިފެހެއްޓުމަށް އެހީވެދީ، ބާރު އަޅާނެ ސެޝަންތަކެއް ކަމަށް ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ އެ ހިދުމަތާ އެކު، ފެންވަރު ރަގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްވާނެ ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވާފަ އެވެ.
ސަރުކާރުން ދޭ ޓެކްސީގެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރޭފް
16 February 2025
ހިތުހުރި ދުވަހަކު، ހިތުހުރި ވަގުތަކު، ހިތުހުތި ގޮތަކަށް، ހިތުހުރި ތާކުން ހިތުހުރި ބަޔަކު ނަގާގެން، ހިތުހުރި އަގަކަށް ދުއްވާ ކިބުރުވެރި ޓެކްސީގެ ނިމުން އަންނަނީ! ސަރުކާރަށް ޝުކުރިއްޔާ!!!!.
ޖާވިދު
13 February 2025
މިކަމަށް މީހުން މި ހޯދަނީ އެންމެ ރަނގަޅުގޮތަށް. މަސައްކަތަށް އަހުލުވެރި ކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ފަހު މީހުން ހޮވަންޖެހޭނީ. އޭރަށް ތިކަމަށް އެންމެ ގާބިލު މީހުން ނެގޭނީ
ސެކްސީ ލައިން
12 February 2025
ޓެކްސީއަށް އަރަނީ އަސާސީ ބޭނުމެއް ވީމަ..ރުފިޔާ ގިނަވެގެނެއްނޫން.. އެކަމު ގިނަ ޓެކްސީ ޑުރައިވަރުންނަށް ހީވާކަހަލަ އެމީހުން ކާންބޯންކުރާ މަސައްކަތް ކުރަންޖެހެނީ މިފައިސާދޭ މީހުންގެ ލަނގޮޑި ދަމައި ގަނެގެން ކަމަށް.. އެމީހުން މި ދިރިއުޅެނީ އެހެން މީހުން ވަޒީފާއަށްގޮސް ބުރަމަސައްކަތުން ހޯދާ ލާރިންނެއް ނޫންތަ ހަމަ؟ އެމީހުން ފޭރި ހިތުހުރި ގޮތަކަށް ކޮންޒަމާނެެއް މިހެން ހިނގާތާ؟އެކަންވެސް ދައްކަވާނެ.. އެހެންވެ ބުނަނީ ކާންދޭ އަތުގަ ދަތްނާޅާށޭ..
އަލިކޮއި
13 February 2025
ބޮޑުކޮށް އަގު ނަގަންޏާ އެކަން ރިޕޯޓު ކުރޭ، މުއައްސަސާތަކުން ޒިންމ ާއަދާނުކުރުމަކީ ރަނގަޅަށް މިކަން ކުރާ މީހުން ނިކަމެތި ކުރަން ޖެހޭ ސަބަބެއް ނޫން
ހުސެން1
12 February 2025
މީރުމާ ކުއްޔަށް ހިފައިގެން ބޭއްވީ ކީއްވެ؟ މިވަރު ކަމެއް ކުރާވަރުގެ ކޮޓަރިއެއް ސަރުކާރުގަ ނެތީތަ؟ ރަށު ކައުންސިލަކަށް މިގޮތަށް އަމިއްލަ މީހެއްގެ ކޮޓަރި ކުއްޔަށް ހިފައިގެން ކަމެއް ބޭއްވިދާނެތަ؟
އަދުހަމް ތައުފީގް
12 February 2025
ރަނގަޅު. ތި ޓެކްސީ މިހާރު ކުރާމީހުން ޖެއްސުންވެސް ކުރޭ. އިތުރަށް ފައިސާވެސް ނަގާ
އައުޒަމް މުހައްމަދު
12 February 2025
ދެން އިދިކޮޅުން ބުނާނެ ޓެކްސީ ޑްރައިވަރުން ހަލާކުކޮށްފިޔޭ. އެކަމަކު މިކަމަކީ ހަމަ ޔަގީނުވެސް ރައްޔިތުންނަށް ފައިދާވާނެ ކަމެއް.
މަފާޒް ސަލީމް
12 February 2025
މިހާރު ޓެކްސީ މާލެ ތެރޭ ދަތުރު ނުކުރޭ. މިސަރުކާރުގެ މިނިންމުމުގެ ސަބަބުން ދެން ކުރާނެ. ބަލަން ތިބޭ
ދިހާމް ހުސައިން
12 February 2025
މިކަހަލަ ކަންކަން ކޮންމެ ސިޔާސީ ޕާޓީ އަކަސް ބަލައިގަންނަން ޖެހޭ. އެމްޑީޕީއަކަސް
އަޖްނަދް
12 February 2025
ފުރިހަމަޔަށް ތާއިދު މިކަމަށް. ބަރާބަރު ކަމެއް. ލަސްވެސްވެއްޖެ މިކަމަށް.
ހުސްނުބާނޫ
12 February 2025
ސަރުކާރުން އާއްމު މީހުންގެ ވިޔަފާރިތަކަށް ނުކުމެ، ކަރަޕްޝަން ނޫންކަމެއް ނުހުންގާނެ. މިހާރުގެ ހާލަތަށް ވިސްނާލާ.
ކަރަޕް
12 February 2025
ކަރަޕްޝަނަކީ ދިވެހިން ފަރިތަ ކަމެކެވެ. އެކަން އެހެންވަނީ ނުވަދިހައިން ސައްތަ ރައްޔިތުން ކަރަޕްޝަން ހިންގައި ކަރަޕްޝަން ހިންގާ މީހުންނަށް މަރުހަބާ ކިޔާތީއެވެ.