ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރުމަށް ހުޅުމާލެ 3 އިން ކަނޑައަޅާފައިވާ ސަރަހައްދަށް މިނިސްޓަރު އަމީން އިއްޔެ ވަޑައިގެން މައުލޫމާތު އެއްކުރައްވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
05 ޖޫން 2025 - 12:17
ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ކަނޑައަޅައި އެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެ އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށެވެ.
ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިހާރު ރާވާފައިވާ ގޮތުން ނަމަ އެ ހިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށެވެ.
"އެންމެ ފަހުގެ އަޕްޑޭޓަކީ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެ ހިދުމަތުގައި ބޭނުންކުރާ ޓެކްސީތައް ބޭއްވުމަށް ބިމެއް ހަމަޖެއްސީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިހާރު ހިއްކާފައިވާ ސަރަހައްދުންނެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ އިއްޔެ ހެނދުނު އެ ސަރަހައްދަށް ވަޑައިގެން ވެހިކަލްތައް ޕާކުކުުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބައްލަވާލައްވައިފަ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މާލޭގައި މިހާރު ވެސް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީއާ އެވެ.
ޓެކްސީ ހިދުމަތުގައި ބޭނުންކުރަނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) އެވެ. އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ވަކި ހާއްސަ އެޕެއް ގާއިމުކޮށް، ރާއްޖެ އިން ބޭރުގައި ދޭ އޫބާ އާއި ގްރޭބްގެ ހިދުމަތްދޭ ސްޓައިލަކަށެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރާ ސަރަަހައްދު، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި އެމްޓީސީސީ އާއި ސްޓެލްކޯގެ ބައެއް ވެރިން އިއްޔެ ވަޑައިގެން ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
މިދިޔަ އޭޕްރީލް މަހު މިނިސްޓަރު ވިދާޅުވި ގޮތުގައި 24 ގަޑިއިރު ދޭ ހިދުމަތަށް ބޭނުންވާ ސައިޒުގެ ޓެކްސީ ހޯދަން އެމްޓީސީސީން އިއުލާންކޮށްގެން، މިހާރު ވަނީ ސަޕްލައި ކުރަން ވަކި ބަޔަކާ ހަވާލުކޮށްފަ އެވެ. ވެހިކަލް ޗާޖުކުރުމާއި މެއިންޓެއިން ކުރުމަށް އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިދިޔަ އޭޕްރީލް މަހު މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނާތީ އެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު އެ މައްސަލާގައި މިނިސްޓަރު ވިދާޅުވަނީ އި ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ގަޑިއެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ ދަތިތަކާ އާއްމުން ކުރިމަތިލާން ޖެހޭ ކަމަށެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަނީ 100 އުޅަނދު ނެރެގެންނެވެ. އޭގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ. އަދި މިހާރު ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުންނަށް ވެސް މީގައި ބައިވެރިވެ ހިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ކުރިން ވިދާޅުވެފައިވެ އެެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ.
ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ތައާރަފު ކުރާނީ ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލައް އަދި ކުޅުދުފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޑޭ
06 June 2025
ކޮންމެ ޓްކްސީއަކަށް ފަސް ޑްރައިވަރުން ލާފަ އަދި ކޮންމެ ޓެކްސީއަކަށް ދިހަ ސުޕަވައިޒަރުން ލާފަ އަދި އޭގެ މަތިން ދިހަ ޕޮލިޓިކަލް ޑިރެކްޓަރުން ލާފަ އަދި އޭގެ މަތިން ފަނަރަ ނައިބު ވަޒީރުންނާ ލާފަ އޭގެ މަތިން ވިހި ސްޓޭޓް މިނިސްޓަރުން ލީމަ ރަނގަޅުވާނެ.
ދަގަތްފާނު
06 June 2025
ތިރަށު މީހުނަށް އާސަންދައިން ޓެކްސީގަ ދަތުރުކުރެވޭގޮތަށް ހެދުން ވަރަށް މުހިންމު.
މހއމ
07 June 2025
މިރަށު މީހުންނަށްތަ ނޫނީ މިރަށުގައި އުޅޭ މީހުންނަށްތަ؟
މުޑަހަންޖާ
06 June 2025
ރަށުތެރޭ ވެހިކަލް ތޮއްޖެހިއްޖެ، މަގުމަތީ ދުއްވޭވަރެއްނޫން، ޕާކުކުރާކަށް ވަކިތަނެއްނެތް. ދެން ގާނޫނުހަދައިގެން ވެހިކަލްތަކާއި ޑުރައިވަރުންނަށް ދުއްޕާންކުރިއަސް. މައްސަލައިގެ އަސްލަކީ ބައިތުލްމާލު ތިރަށަކަށް ބަންޑުންކޮށްގެން ރައްޔިތުން ތިރަށަށް ފުނިޖެހާޖެހުން. މިކަން ހައްލުކުރާކަށް ނުކެރޭ، އެންމެ ކުޑަމިނުން ތިރަށުގެ ކޮޓަރިކުލީވިޔަފާރީގެ ތަފާސްހިސާބެއް ދައުލަތުގަ ނެތް.
އަހްމަދް
05 June 2025
ތިކަން ތިދަނީ ރަސްމާލެ ދިޔަ މަގުން. 8 މަހުން ހިއްކާ ނިންމަންބުނި ރަސްމާލް 2 އަހަރު ވީއިރު ހިއްކުނީ %10. ދެން ތިބެގެން ކިޔަނީ އަންނަ މަހުން ނިމޭނެ، 2 މަސް ފަހުން ނިމޭނެ... ތިޔަ ޓެކްސީ ލައިންވެސް ތާރީހު ދެމުން ދެމުން ގޮސް އެންމެ ފަހުން ބުނީ ޖޫން މަހު ފަށަނީއޭ. ޖޫން މަސް އަޢީމަ އޮގަސްޓު މަހޯ... މީހަކު ބުރާންޗެއް ނުވާނެ؟
ވިޔަފާރިވެރިން
05 June 2025
ކޯޓުތައްވެސް ހުރީދީފަ. ހަމަ ތިޔަމީހުންގެ އާއިލާއަށާ ގާތްމީހުނަށް ވިޔަފާރިކުރަން. ބިންތައް ދެވިދާނެ. ގައުމަށްވާފައިދާއެއްނެތީ.
ޓެކްސީ
05 June 2025
ޓެކްސީ ދުއްވާ މީހުންގެ އަޙްލާޤީ ފެންވަރުދަށްވެ އާންމު ރައްޔިތުންނާއި ރާއްޖެ އަންނަ ފަތުރުވެރިން ފެލާލާ ޤަޢުމުގެ އަފު ވައްޓަމުންދާތާ ލައްކަ ދުވަސްވެއްޖެ . ބައެއް ޓެކްސީ ޑްރައިވަރުންގެ ސަބަބުން ހެޔޮގޮތުގައި މިކަން ކުރާ ފަރާތްތަކަށްދެރަ. އަބަދުވެސް ފެންނަނީ ސަރުކާރު ސައިޒުކުރަން ޑްރައިވަރުން ނުކުންނަ ތައް. ރައްޔިތުންގެ ހައްޤުގައި ޑްރައިވަރުން ސައިޒު ކުރަންނެގި ރަގަޅު ފިޔަވަޅެއް.
ޢަލްޓިކޯ
05 June 2025
ތިކަން ބަގުރޫޓު ވިޔަސް އެއީ ރައްޔިތުން ގެ ފައިސާކަން ދަންނާތި ބޮޑުސިންގާ ބިމެއް ހުސްކޮށްފަ ބޮޑު މުސާރަދީ ވެހިކަލް މެއިންޓަނަންސް ޖައްސަމުން ވާނެތަ؟
މުލޭ
06 June 2025
ވާނެ. ކީއްވެ ނުވާންވީ. ޓެކްސީ ދުއްވާ މީހުން އުޅެނީ ނުވެގެންތަ.
އަހްމަދް
06 June 2025
ސަރުކާރަށް ކަންކަން ވާތީ ދޯ އަމިއްލަ ކުންފުނި ތަކުން މިލިއަނުން ފައިދާ ހޯދާ އެއާލައިން، މަސްފެކްޓްރީ ކަހަލަ ތަންތަނުން ސަރުކާރު ކުންފުނި ތަކުން މިލިއަނުން ގެއްލުންވަނީ... ސަރުކާރުން ރިސޯޓު ހަދަން ހެދި ކުންފުނިންވެސް މިލިއަނުން ގެއްލުން.. ދެންކިޔަންވީ ތިބެގެން ވާނެޔޭ، ވާނެޔޭ...
ކެރެދި ބެއްޔާ
05 June 2025
މިހާރުވެސް މާލެ ގެ އެތެރޭ ދުއްވާ "ޑީސަލް ބޯޓް" ފަހަރުން މަގުތަށް ޓްރެފިކް ހަރާބު އެ ވަނީ. މަގުތައް ނަހަދާ ތާ ބައިގަރުނަ. މަގުގެ ދެފަރާތުގައި އޮންނަނީ ޕާރކްކޮއްފަ. ޢަނެއް ފަޅި ވިއްކަފާ. ހެސްކިޔާފަ ވެހިކަލް ތަކުން ނާއި ޖޫރިމައިނާ ފައިސާ ނަގަނީ. މިވަރުންވެސް މަގުމައްޗަށް 100 ކާރު! .ކޮބާ ސަރުކާރެއްގެ ޒިއްމާ!! ދަށުން ދަމާ ކުޅުމުގެ ބަދަލުގައި ބުރިޖާއި ގުޅޭ މަގުތަކާއި އެކު މާލެ ވަށާ ބަސް ތައް ދުއްވަން ފަށާބަލަ.
ތަކުރުބޭ.
05 June 2025
ރައްޖޭގެ އެހެން ރަށްރަށުގެ މީހުންގެ ލޭ އަލައިގެންތަ މާލޭ މީހުންގެ ދިރިއުޅުން ހަމަޖއްސަން ޖެހެނީ. ތިޔަ ޓެކްސީ ލައިން މާލޭ ސިޓީ ކައުންސިލުން ހަދާބަލަ. ދައުލަތުގެ ޙަޒާނާއިން ތިކަން ކުރާކަށް ނުޖެހޭނެ.
މުލޭ
06 June 2025
މާލެއަކީ ރާއްޖޭގެ އެންމެންގެ ތަނެއް. ރާއްޖެއަށް ޒިޔާރާތްކުރާ އެތައްބަޔަކާއި ދިވެހި ރައްޔިތުންގެ %75 މީހުން އަބަދުވެސް ޚިދުމަތް ހޯދާ ރަށެއް. ދިވެހިރާއްޖޭގެ ވެެރިކަންކުރާ ރަށް.
ލޮނޭ.
05 June 2025
ކ.މާލޭ މީހުންނަށް ރަނގަޅު އެއްގޮތެްވެސް ނޯންނާނެ. މޫސާގެފާނު ޤައުމުގެ މީހުން އުޅުނު ގޮތަށް އުލޭ ބައެއް.