ސްޓެލްކޯގެ ކަރަންޓު ބިލެއް: ރޯދަމަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭނެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2025 - 14:34
މިއަހަރުގެ ރޯދަމަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދިނުމަށްޓަކައި ރޯދަ މަހަށް ވަކި ބިލެއް ދޭން ނިންމާފައިވާ ސްޓެލްކޯއިން ބުނެފި އެވެ.
ޑިސްކައުންޓުގެ ގޮތުގައި ދެނީ މިދިޔަ އަހަރު ވެސް ދިން ގޮތަށް 10 ޕަސެންޓްގެ ޑިސްކައުންޓެވެ.
އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ބުނީ މިފަހަރު ރޯދަމަހަށް ބިލް ތައްޔާރުކުރަނީ ވަކިން ކަމަށެވެ.
އެ ކުންފުނިން މީގެ ކުރިން ބިލް ތައްޔާރު ކުރުމަށް ރީޑިން ނަގަން 12 ދުވަސް ނަގަ އެވެ. އެހެންވެ 25 ދުވަހުގެ ތަފާތު އަންނާތީ، މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނެވެ.
އެކަން ތަކުރާރުވިޔަ ނުދިނުމަށް މިފަހަރުގެ ބިލު ތައްޔާރުކުރުމަށް ނިންމާފައިވަނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ ނުވަ މަހަށެވެ. އެ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައިޑިސްކައުންޓު ދޭނީ އިތުރުވާ އަދަދަށް ބަލައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަރަންޓް ބިލުގެ އިތުރުން ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. އަދި ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް ބަހަމުންދާއިރު، މާލޭގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް އުޝަމް
27 February 2025
ވަރަށް އުފާވެރި ހަބަރެއް. ހާދަ އެއްޗެކޭ ހިލޭ މި ލިބެނީ.
ރަދީފް ފޭންސް.
27 February 2025
މާދަމާ ރީޑިން ނެގީމަ ދޯ އަސްލު އަދަދު އެނގޭނީ!!
މުސްތަފާ އިބްރާހިމް
26 February 2025
އަސްލުވެސް މީ ވަރަށް ހެޔޮ ރައްޔިތުންގެ އިހުސާސް ދަންނަ ވެރިއެއް، ސާބަހޭ ރައީސް
ލަބީބު
26 February 2025
ޢިޙުލާސްތެރި ކަމެއްނެތި ކުރާއެއްވެސްކަމަކުން ރަނގަޅެއް ނުނިކުންނާނެ. ރައްޔިތުންނަށް ހެވެއްއެދިގެން ކުރާ އެއްވެސްކަމެއްނެތް.
ޗސގ
26 February 2025
ހޫ ކެއަރސް ބްރޯ
ޖުހާގެ ކަރަންޓް ބިލު
26 February 2025
ރަމަޟާން މަހަށް ވަކި ބިލެއް ފޮނުވާފަ މާރޗް މަހަށް ވަކިބިލެއް ނުފޮނުވައްޗޭ.
އޮޅުވާލި
26 February 2025
ފާއިތުވި ނުވަ މަހުގެ އެވްރެޖް ބަލައިގެން ބިލް ހެދުން އިންސާފުވެރި ނުވޭ، ރޯދަމަހު ބައެއް ގޭގެ މީހުން މަދުވެ، ހުސްވެ ކަރަންޓް ބޭނުންކުރާ މިންވަރު ބޮޑު ތަނުން ދަށްވޭ.
އަލީ މައުސޫމް
26 February 2025
ތި ބިލު ސާފެއް ނޫން. ރަނގަޅު ބިލެއް ލާބަލަ މަސްދަޅުކޭސް ނަގަން ޖެހޭ އެބަ