ފްލެޓް ލިސްޓާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
27 ފެބުރުއަރީ 2025 - 14:48
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ކުރީގެ ސަރުކާރުން ދޭން ނިންމި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 1،820 މީހުންނާ އެކު ލިސްޓް މިއަދު އިއުލާންކޮށް، ބާކީ ހުރި ފްލެޓްތައް ދޫކުރާނީ އެ ސްކީމަށް ކުރިމަތިލީ 15،000 އެއްހާ ފޯމު ރިވިއުކޮށްފައި ކަމަށް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތެރޭގައި މަޝްވަރާކޮށް ނިންމާފައި ވަނީ ބާކީ ހުރި ފްލެޓްތައް ވެސް ވެރިފައިކޮށް ޕޮއިންޓު ތަރުތީބުން ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސްކީމަށް 20،000 އެއްހާ މީހުން ފޯމު ހުށަހެޅި އެވެ. އެހެންކަމުން، ބާކީ ހުރި 15،000 ފޯމު ވެރިފައި މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައިވާ ފްލެޓްތަކަށް ކިހިނެއްތޯ ވާނީ. މި ސްކީމަކީ 20،000 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި ސްކީމެއް. އެގޮތުން ބާކީވާ ފްލެޓްތައް ވެސް ދޭން އެންމެ ރަނގަޅު ގޮތެއް ކަމަށް ސަރުކާރު ތެރޭގައި މަޝްވަރާކުރެވި ފެނުނީ ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ވެރިފައި ކުރުމުގެ މަސައްކަތާ އެއްގޮތަށް ބާކީ ހުރި ފޯމުތައް ވެސް ބަލައި ވެރިފައި ކޮށްފައި ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓު ތަރުތީބުން ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންކަމުން ދެން ކުރާނެ މަސައްކަތަކީ ބާކީ ހުރި 15،000 އެއްހާ ފޯމު މި ދެންނެވި އުސޫލުން ބަލައި ވެރިފައިކޮށް ޕޮއިންޓް ދިނުން،" މުއްތަލިބް ވިދާޅުވި އެވެ.
ފްލެޓް ލިސްޓާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެ މަސައްކަތްކުރާނީ މިއަދު 3:00 ގައި ނެރޭ ފްލެޓަށް ލިސްޓަށް ޝަކުވާއަށް ހުށަހަޅާ މުއްދަތު ހަމަވުމުންނެވެ. އެކަމަށް މަސް ދުވަހުގެ މުއްދަތެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެކަމަކު އެ މަސައްކަތް ކުރަން ކިހާ މުއްދަތެއް ހޭދަވާނެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓު އަލުން ބަލައި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނިންމާފައި ވަނީ 1،820 މީހެކެވެ.
އޭރު ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުންނެވެ. އެ މީހުންގެ ތެރެއިން ބާކީވާ ފްލެޓްތައް 75 ޕޮއިންޓް ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ނިންމާފައިވާއިރު ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 73 ޕޮއިންޓު ލިބިގެންނެވެ.
ރިޔާސީ ދައުރު ބަދަލުވާން އެއް ދުވަހަށް ވެފައި އޮއްވައި ނެރުނު އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 1،218 ހަމަވާ ކަމަށް އޮތީ ނިންމައިފަ އެވެ.
އެކަމަކު އޭރު ފްލެޓް މަޝްރޫއު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވައި ކުރި ތަހުގީގަށް ފަހު އެންގީ އޭގައި ހިމެނޭ 60 ޕަސެންޓް ޝަރުތު ހަމަނުވާ ކަމަށާއި އެކަން ވެރިފައި ކުރުމަށެވެ.
އެ މަސައްކަތަށް ފަހު މުއްތަލިބު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ހިމެނޭ 8 ޕަސެންޓް މީހުންނަކީ އެއްވެސް ލިޔެކިޔުމެއް ހުށަނާޅާ ފްލެޓު ލިބުނު މީހުންނެވެ. އޭރުގެ ލިސްޓުން 2،695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިވެފައިވެ އެވެ.
މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭ އެ ފްލެޓުތައް ހޯދުމަށް ގިނަ ބަޔަކު ވަނީ ރަށްރަށުގެ ކައުންސިލުތަކުން ދޮގު މައުލޫމާތު ހިމެނޭ ލިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް މަޖީދު ސަރ
01 March 2025
ފުލެޓު ލިބުނު މީހުނާއި ނުލިބޭ މިހުނަށް މާކްސް ދީފައި ހުރި ގޮތުގެ ތަފުސީލު ހާމައެއް ނުކުރޭ. މާކުސް ޝީޓެއްގައި އަދަދެއް ޖަހާފައި ސަރުތު ހަމަވީ ކަމަށް މިވަނީ ނިންމާފައި. ބޭރުގައުމުތަން ގަޑުވަރުގަނެގެން އުޅޭ މީހުނާއި މާލޭގައި އަމިއްލަ ހަބުރި އިމާތެއް ހަދާ ކުއްޔަށް ދީގެން ތިބި މީހުންގެ ވެސް ވަނީ ސަރުތު ހަމަވެފައި . މިގައުމުގައި މިހާރަކު އެއްވެސް އިންސާފެއްނެތް . މަޖިލީހާއި ސުޕުރީމް ކޯޓުގައި ވެސް ތަޅު އަޅުވައިފި.
ސްކޭމްއެއް
28 February 2025
މިއީ ދިވެހި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސްކޭމް.
ރަށުގައި އުޅޭތީ ފްލެޓް ހުއްދަނޫން މީހުން
28 February 2025
ނުފޫޒު ނުފޯރުވިޔަސް، ޒަމާންވީ އާދަކައިގެ ދަށުން މި ލިސްޓްވެސް އިންސާފެއް ނޫން. ކީއްވެހޭ ރަށުގައި ގޯތި/ގެ ހުންނަ މީހުންނަށް މާލެއިން ފްލެޓް ހައްގުވަނީ؟ ރަށުގައި ދިރިއުޅޭ މީހުންވެސް ބޭނުން މާލެއިން ފްލެޓް. އަނބި/ފިރި މީހާއަށް ލިބޭ ބިންކޮޅެއް އޮތަސް ރަށުން ނުލިބޭ އިތުރު ގޯއްޗެއް. ދެން ކީއްވެހޭ ވަކިބަޔަކަށް ރަށުން ގޯއްޗާ މާލެއިން ފްލެޓާ ލިބެންޖެހެނީ؟ މިގޮތަށް ދެންޏާ ދީ އެންމެނަށްވެސް. ނޫނީ ކޮބާ އިންސާފަކީީ؟
ެކެކެކެކެކެކެކެކެ
28 February 2025
ވެރިންނައް ބިމާއި ފުލެޓު! ރައްޔިތު މީހާ އަށް 48 ދަޅު މަސް! ވެލްކަމްޓު އީ ދިވެހި ރާއްޖެ!
ޖަންނަތު
27 February 2025
ބާކީހުރި 15 ހާސް ފޯރމް ވެރިފައި ކޮށްފަ 46 ޕޮއިންޓުން މަތިން ލިބޭ އެންމެންނަށް ފްލެޓު ދީގެން ނޫނީ، އިންސާފުވެރިވާނެ އެއްވެސް ގޮތެއް ނެތް، އެއީ މިހާރު އެ އޮތީ ދަށުން ޕޮއިންޓް ލިބުނު މީހުންނަާށް ފްލެޓ ދީފައި، އެހެންވެޔޭ ހުރިހާ ފޯމެއް ރިވިއުކޮށްފާ ލިސްޓު ނެރެންޖެހެނީ، ތިޔަ ލިސްޓު އަނބުރާގެންދަވާ ، ހުރިހާފޯމެއް އަލުން ރިވިއުކުރުމަށްފަހު ލިސްޓު އެކުލަވާލުމަށް ސަރުކަަރަށް ގޮވާލަން،
ގަމާރުން
28 February 2025
އަސްލުވެސް މިހެބް ދޯވާނީ. އެއްފަހަރާ ފްލެޓަްށް ލީމަ ވަކި ބަޔަކު ފޯމު އަވަހަށް ރިވިއުކޮށްފަ ދޭންނުޖެހޭ އަވަހަށް. ވަރަށް ބޮޑު ބޭ އިންސާފެއް. ދެން އަލުން ބަލާ އިރު 46 ޕޮއިންޓްއާ ހަމަޔަށް އައުމުގެ ކުރިން އަދަދު ހަމަ ވަންޏާ ދެން އަލުން އަޅަފަތަ ފްލެޓް ދެނީ
ފިރުޝާ
27 February 2025
ޝަރުތު ހަމަވެ މަތިން ޕޮއިންޓް ލިބޭ އެތައްބަޔަކު ތިއްބާ 40 ޕޮއިންޓު ލިބުނު މީހުންނަށާ ، މާލޭގައި އުޅޭތާ 5 އަހަރުވީހުންނަށއވެސް މިއޮތީ ފްލެޓްދީފައި، އެއްޗެއް ނުވިސްނުނަސް މީ ފުކެއް ބޮޑުވަރެއްނު، 13 ހާސް މީހުންގެ ތެރެއިން 40 ޕޮއިންޓުން މަތިންލިބޭ އެންމެންނަށް ތިޖެހުނީ ފްލެޓްދޭން، ކޮންތާކުންހޯދަނީ، ބޮލުރޮދި،
ޢިދްރީސް
27 February 2025
މައްސަލަ އެއް ފާހަގަ ވާނަމަ ހައުސިންގ މިނިސްޓްރީ އަށް އީމެއިލްގެ ޒަރީއާއިން ޝަކުވާ ހުށަހަޅާ
ނޫރު.
27 February 2025
18 މިލިޔަން ރުފިޔާގެ އަގުބޮޑު ބިމެއް ކ.އަތޮޅު މާލޭގެ ކޮންމެ މީހަކަށް ބަހާލިއިރު އެކެން ކުރީ އިންސާފުންތޯ ބޭއިންސާފުންތޯ ބަލާކަށް ބޭނުމެއްނުވި. އެކަމަކު ރައްޖެތެރޭ ގޮލާ އަށް 3 މިލިޔަނެއްހާ ރުފިޔާގެ ފުލެޓް ގަނޑެއް އުމުރު ދުވަހަށް ކުލި ދައްކާން ޖެހޭ ގޮތަށް ދޭންވީމާ އޭނާގެ އަމާގެ ފަތިފުށްވެސް ބަލާފަ ނޫނީ ދެވޭ ކަމަކަށް ނުވި. ރޭސިސްޓް ވިޔަސް ކޮންމެވެސް ހައްދެއް އޮންނަންވާނެ.
އަފީފު ދީދީ މިއީ ނޫސްތަކާއި ގުޅުންހުރި ފިނޑިއެއް
27 February 2025
އެހެން ނޫންނަމަ އެއް ލިޔުމަކަށް އަފީފު ދީދީގެ 5، 6 ކޮމެންޓެއް ނުޖަހާނެ އެވެ.
ޖަންނާ
27 February 2025
ޥިނެރެސް އިން ފުލެޓް ލިބިފައި ތިބި މީހުން ވެސް ފައިނަލް ލިސްޓުގައި އެބަތިނި އެވެސް ސަރުތު ހަމަ ވާ ބަެއްތޯ ، ވިނަރެސް އެއީ ސަރުކާރު ފުލެޓް އެއް ނޫންތޯ މުޅިން ރައްޔަތުންނަން މުތަސިމް އޮޅުވާލީ
މަރުމޯލް
27 February 2025
ރަސްމީކޮށް ޝަކުވާ ހުށަހަޅާ
ޖޖުޖޖޖ
28 February 2025
އެއީ ބޮޑުއަގުގަ ގަނެފަ. އެ ގަނެވެން އޮތް ތި ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށްވެސް. ސަރުކާރުން ބޮޑު ޑައުން ޕޭމަންޓަކާ ނުލާ ހެޔޮއަގުގަ ދޭ ފްލެޓް ހަމަ ހައްގު އެމީހުންނަށް ވެސް.