އަޒާން: އޭނާއާ ދެކޮޅަށް ޕީއެންސީގެ ހިތަދޫ މެދު ދާއިރާއިން ވަނީ ބަޔާނެއް ނެރެފައި --- ފޮޓޯ/މަޖިލިސް
27 ފެބުރުއަރީ 2025 - 15:41
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި އަމަލު ކުރެއްވުމުން އޭނާއާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން މިއަދު ބަޔާނެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު އެ ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރުން އަހުމަދު އަޒާން--ފޮޓޯ: މަޖިލިސް
އެކަމާ ގުޅިގެން ޕީއެންސީގެ ހިތަދޫ މެދު ދާއިރާއިން ނެރުނު ބަޔާނުގައި ބުނީ އަޒާން މަޖިލީހަށް ހޮވުނީ، އެ ޕާޓީގެ ފަރާތުން ވާދަކުރައްވައިގެން ޕީއެންސީ މެމްބަރުންގެ ބުރަ މަސައްކަތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް މަޖިލީހުގައި ދައްކަން އަޒާން މަސައްކަތް ކުރެއްވި ނަމަވެސް އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ މަޝްވަރާކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ އަށް މެމްބަރުން ސޮއި ކުރައްވާފައިވާ އެ ބަޔާނުގައި ބުނީ ޕާޓީގެ ވިޕްލައިނާ އަޒާން ހިލާފުވެފައިވާ ކަމަށާއި އެހެންވެ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެދޭ ކަމަށެވެ.
އެ މައްސަލާގައި އަޒާން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަދުކުރަން ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށާއި އެކަމަކު އަދިވެސް ހުންނެވީ މި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
ސަރުކާރާ އެކު ހުންނެވި ކަމަަށް އަޒާން ވިދާޅުވިއިރު، މަޖިލީހުގައި ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައިނުގަތުމުން ވަނީ ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ވަނީ ނެރެފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާހިކެއްނޫން
01 March 2025
އަޒާން ޕީއެންސީން ވަކިކޮށްފިއްޔާ ދެން އެ ގޮނޑިން ފެންނާނީ ޕީއެންއެފް ނުވަތަ އެމްޑީޕީ މެންބަރެއް. މި ނާގާބިލު ސަރުކާރަށް ދެން އޮތް 3 އަހަރު ނޭވާވެސް ނުލެވޭނެ.
ހުސެން ސައީދު
01 March 2025
7 ކުން 5 ކަށް ތިރިކުރަން ސަރުކާރުން ހުށަހެޅީ ހަރަދު ކުޑަކުރަންތަ؟ ނުވަތަ ދެން ކޮންކަމެއްގަ؟ އެހެންނޫނީ މިކަހަލަ ގާނޫނާ ހިލާފު، އަސާސެއް ނެތް ކޮރަޕްސަނަށް މަގުފަހިވުން އިތުރުވާ ގާނޫން ނުޖެހޭ ފާސް ކުރާކަށް އަދި އެކަމުގަ ތިބި މެމްބަރުންގެ މައްޗަށް ގައްދާރުންގެ ގޮތުގަ ތަހްގީގް ކރުަންޖެހޭ.
ކޮތަރޭ
28 February 2025
އަޒާން ކަންތައް ކުރީ ރަނގަޅަށް. އަޒާން އަކީ ޕީއެންސީ ތަމްސީލުކުރަން މަޖިލިށް ހޮވުނު ފަރާތެއް ނޫން. އެކަމަކު އޭނާގެ ދާއިރާގެ ރައްޔިތުން އޭނާ ތަމްސީލުކުރަނީ.
އަހްމަ
27 February 2025
އަޒާނަ ސަޕޯޓް ކުރި ހުރިހާކުދިންނަ ވަރަށް އުފާވެރި ރަމަޟާން މަހަކައެދެން އަދި ސުކުރުކުރަން
އައިސައްތާގެ ދޮންރަހާ
27 February 2025
ފަހުރުވެރި އައްޑޫސިޓީ ރައްޔިތުންނަކީ ފައިސާ އަކަށް އަދި ބިރަކަށް ގުޑާނެ ބައެއްނުންކަން މިވަނީ ހާމަވެފައި.
ހާމަ333
27 February 2025
މިކަހަލަ ދެފުއްކެހެރި ބޯވައިން ސިޔާސީ މައިދާނަށް ނިކުންނާތީ މައްސަލައަކީ.. އަހަރުމެން އަޒާނަށް ވޯޓުދިނީ އޭނަގެ އަމިއްލަ ވިސްނުމަށް ނޫނީ އަޑިއަޑިން އަންނަ ހުށަހެޅުމަކަށް އެމްޑީޕީ އަށް ވިކޭކަށެއްނޫން....ޕީޕީއެމް ޓިކެޓުގައި ނުކުމެ ހުރީ އެވަގުތު އަޒާންވީމަ ވޯޓުދިނީ....ދާއިރާގެ ރައްޔިތުންގެ ވިސްނުމެއްނޫން ހުސްނުއްސޫދާއި ޝުޖޫންފަދަ މީހުންތިބެ ސަރުކާރަށް ދަތިކުރާއިރު އެކަންބަލަން ޕާޓީގެ މެމްބަރު ހެވިދިއްލިފަ ހުރުން.
ގުނައިދު ޝަރީފް
28 February 2025
ޕީޕީއެމް ޓިކެޓްގަ ހޮވުނު ހުރިހާ މެމްބަރުންގެ މެމްބަރުކަން މިހާރު ގެއްލިއްޖެ. ޕީޕީއެމް އުވާލީމަ މެމްބަރުކަން ގެއްލޭނެ.
ދާއިރާގެ މީހާ
27 February 2025
ބަޔާނެެއްނެރުނީ ބަޔަކު ގުޅައި އާދޭސްކޮށް ވަޒީފާއިން ވަކިކުރާ ހިސާބަށް ދިޔައިމާ. އަދި ފެންނާނެ އަޒާނާއި ދެކޮޅަށް ކުދިކުދި މުޒާހަރާ ކުރާތަންވެސް. އެކަމާއި އަޒާން ހިތްބުރަ ނުކުރާތި އެެއީ ބޭރުފުށުގެ ދައްކާލުމެއް. ހިތުން ރުހުމުން މިތިބީ އަޒާން އާއި އެކު. އައްޑޫގެ ސުޕަމެޖޯރިޓީ އާއި އެކު އުފެދިގެން އައި ސަރުކާރުން ފެންނަނީ އެހެން ސަރުކާރުތަކުންވެސް ފެނުނު އައްޑޫ ބިކަ ވެގެންދާތަން. އިވެނީ ހުސް މޮޅުވާހަކަ ދައްކާތަން.
ހަސަން ބެއްޔާ.
27 February 2025
ނިކަން މޮޅީއްޔާ ޕާޓީން ކަޑާލަބަލަ. އަދި އަޒާން ހުރި ދާއިރާގެ ގޮނޑިއަށް ރައީސްގެ ޕާޓީން މީހަކު ނެރެބަލަ.
ހޮރު
27 February 2025
މުއިއްޒަށްވުރެން އަޒާނު ޕޮޕިޔުލާވީއެވެ. ދެން ދޫ ދޭންވީ ސަބަބެއް ނެތެވެ. މިކަހަލަ ކަންތަކާއި ހެދި އެންމެ ފަހުން ރައީސް މަގުމަތިވާނެއެވެ. ތެޅިގަތްގަތީނުން ތިޔައޮތީ ހުޅުނބުގޮސްފައެވެ. ދެން ތިޔަކަމުގައި ދެވޭނެ ފަރުވާއެއްވެސް ނެތެވެ.
ކޭސަރީ
27 February 2025
ހާދަ ފިނޑި ޕާޓީއެކޭ! ކަމަކާއި ޖެހުނު ދުވަހު މިވީ ބަލިކަށި އެއްޗަކަށެވެ. ޕާޓީން ކަނޑަންވެސް ނުކެރުނެވެ. މުއިއްޒު ހަމަ ޖެހޭނީ ހިންދިރުވާލައިގެން ހުންނާށެވެ. ދެން ތިބި މެންބަރުންނަށް ވެސް ވާނީ މިހެންނެވެ. އެތެރެ ކޮއިލު ރޫޅި ޒިންދަގީ ދިޔައީއެވެ. މުއިއްޒުއަށް ހެޔޮ ވިސްނުން ދެއްވާ ހިތާމައިން ސަލާމަތް ކުރައްވާދޭއެވެ. ދެންވެސް ގަދަ ބަސްބުނަމުން ހަޅޭއްފުޅު ލައްވަމުން ނޫޅޭށެވެ.