ޚަބަރު / ފްލެޓް

4،000 ފްލެޓަށް ޝަރުތު ހަމަވާ ލިސްޓް ނެރެފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

މި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

މި ލިސްޓުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިވެފައިވެ އެވެ.

ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބު ވެސް މި ލިސްޓުގައި ހިމެނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓުތަކެވެ.

ފްލެޓް މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ.

އެގޮތަށް ބެލީ އޭރު ސަރުކާރުން ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ބަލައި، އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގާ ގޮތަށަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާނީ 73 ޕޮއިންޓު ލިބިގެން ކަމަށް އޭރު އޮތީ ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ އެވެ.

މި މަޝްރޫއުގައި އެންމެ ބޮޑަށް ފާހަގަވި މައްސަލަތަކަށް އަލިއަޅުއްވާލަމުން އޭނާ ވިދާޅުވި ގޮތުގައި މާލޭގައި 15 އަހަރު ދުވަހު އުޅުނު ކަމުގެ ލިޔުން ހޯދުމަށް ގޭގެ ވެރިފަރާތުންނާއި ކައުންސިލުތަކުން ސައްހަ ނޫން ލިޔުން ހޯދާފައިވެ އެވެ.

އެ މަޝްރޫއު އޭރު ހުޅުވާލީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރަށް ވުރެ ދުވަސްވެފައިވާ މީހުންނަށެވެ. އެހެންވެ ގިނަ ބަޔަކު ސައްހަ ނޫން ލިޔުންތައް ހޯދި ކަމަށް ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފަހު ވެސް ބުނެފައިވެ އެވެ.

ފްލެޓްގެ އަގުތައް:

- ދެ ކޮޓަރީގެ ފްލެޓްގެ ކުއްޔާއި މެއިންޓެނަންސް ފީގެ ގޮތުގައި 8،000ރ.

- ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000ރ.

- ތިން ކޮޓަރީގެ ފްލެޓްގެ ކުއްޔާއި މެއިންޓެނަންސް ފީގެ ގޮތުގައި 10،500ރ.

- ތިން ކޮޓަރީގެ ފްލެޓްގެ ސެކިއުރިޓީ ފީގެ ގޮތުގައި 25،000ރ.

މުއްތަލިބު ވިދާޅުވި ގޮތުގައި ބާކީ ހުރި ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާނީ މި މަޝްރޫއުއަށް ކުރިމަތިލި 15،000 މީހުންގެ ފޯމުތައް ބެލުމަށް ފަހު އެވެ. އެކަމަކު އެ މަސައްކަތް ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

31 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 7%
icon angry icon angry 57%
icon wow icon wow 4%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޫނިޔާ

27 February 2025

ވަރަށް ފަހުން ރަށުން ގެވަޅުދީފަ މާލޭގަ ކުދިން ބައްޕަގޭގަ ހިލޭ ދިރިއުޅޭމީހަކަށް. އެމީހާ ޝަރުޠު ހަމަވެ ފްލެޓް ލިސްޓްގަވެސް އެބައޮތް، އަހަރެން ފްލެޓަކަށް ނުލަން އެކަމަށް އޭނައަށް ދިން ބުރު ގެވަޅަށް ލީމަ މާލޭގަ އުޅޭތިއްޔޭ ކިޔާފަ ކައުންސިލުން ނެގި ކޮމިޓީން ގެވަޅެއް ނުދިން، ދެން މަށަށް އެގެވަޅު ދީބަލަ އަތުލާފަ، ދެމޮޅު އެކަކަށް ލިބެންވީ އެއް ހިޔަލެއްވެސް ނެތި އަހަރުމެން މިއުޅެނީ، ރަށަށްދިޔަސް ކުއްޔަށް މާލޭގަވެސް ކުއްޔަށް

The name is already taken The name is available. Register?

ދެރަނިކަމެތި ރައްޖެތެރޭ ގޮލާ.

27 February 2025

ކަލެއާއި މަށާއި ރައްޖެތެރޭ މީހުން މާތްވެގެންވާ ރަށްކޮޅުގެ ބޭފުޅުންނާއި އެއްވަރު ނުވާނެކަން ކަލެއަކަށް ނޭގޭތަ ؟ ބަލަ މާލޭ މީހުންނަށް ބިމާއި ފުލެޓް ވެސް ދޭޏްވާނެ.

The name is already taken The name is available. Register?

ހުސޭނުގެ ހަސަނު

28 February 2025

ވިސާ ޖަހައިގެން އެބުނާ ރަށްކޮޅަށް އައި ހަނދާން ނެތުނީތަ؟

The name is already taken The name is available. Register?

ވަހީދު

27 February 2025

ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގައި ސިޓީ ލައިގރން ނުގަވައިދުން ފުލެޓް ލިބިފައިވާނަމަ އެމީހުން އަތުން އަތުލެވޭތޯ ބެލީމަ އެވީ. ނޫސްތަކުގަ ކޮމެންޓް ލިޔެގރން ވާނދ ފައިދާ އެއްނޯންނާނެ.

The name is already taken The name is available. Register?

2025

27 February 2025

ހާދަކުރީގެ ފޯމްނަންބަރޭ ކޮބާތަ 2023 ގެ ނަންބަރު ޖެހިފޯމްތައް...... ބޮއިހަލަކި

The name is already taken The name is available. Register?

ޖގފދ

27 February 2025

މުޅި ލިސްޓް ބެލިއިރު ފެންނަނީ ޕީއެންސީ ނުވަތަ މިސަރުކާރަށް ތާއީދު ކުރާ މީހުނަށް ބަހާލާފައި އޮތް ތަން. އެއްޗެއް ބަލާ ރިވައިސް ކޮއްފައި އޮތް ތަނެއް ނުފެނޭ.

The name is already taken The name is available. Register?

އުއްތަމަ އުސްތާޛް

27 February 2025

މިލިސްޓުގައި ކަންބޮޑުވާވަރުގެ ގިނަ ގޯސްތަކެެއް އެބަހުރި. އަލުން ބަލުން މުރާޖަޢާކުރަންޖެހޭ.

The name is already taken The name is available. Register?

ޒައިކް23

27 February 2025

ތި ޕޮލިސް އެމް.އެންޑީއެފް ފުލެޓު ލިބިފަ ތިބި މީހުންގެ އަނބިން/ފިރިން މި ސްކީމަށް ޝަރުތު ހަމަވީ ކީއްވެޔޯ؟؟ ވެރިފައި ނުކުރަނީ ތޯ؟

The name is already taken The name is available. Register?

އަނީ

27 February 2025

މިހާރުގެ ލިސްޓްގަވެސް ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފަތިބި މީހުން އެބަތިބި.. ކިހިނެއްބާ ތިބެލީ؟

The name is already taken The name is available. Register?

ގެދޮރުވެރިޔާ

27 February 2025

ކަލޯގަޔާ ހަމަ ހަދާނެއެއްޗެއް ހަދާނީ. އަހަރުމެން މިހެން ޝަކުވާ ކޮށްލަކޮށްލާ ތިބެން ޖެހޭނީ. 71 ޕޮއިންޓް ލިބުނުކަމަށް ފޯމުގައި އޮތްއިރު، 4 ޕޮއިންޓް ޖުމްލަ ޕޮއިންޓަށް ނުހިމަނާ އޮތީމަ އެ ހިމަނާލައިދޭށޭ ބުނެ ކުރެވުނު ޝަކުވާގެ އަދަދެއް ނޭނގެ. ކުރިމަތީ ފޯމު ބާއްވައިގެންވެސް ޖުމްލައަށް އެއްނުކޮށް އޮތް 4 ޕޮއިންޓް ދެއްކީމަ ކޮންމެ މީހަކުވެސް ބުނަނީ "އާނ ދޮގެއްނޫން". އެކަމަކު އެކަން ބަލައިދިން އެއްވެސް މީހަކާ މި ސަރުކާރުންވެސް އެ ސަރުކާރުންވެސް ދިމާލެއްނުވި

The name is already taken The name is available. Register?

އޮޅާލި ފުލެޓް

27 February 2025

ފިރިމީހާގެ ހިޔާފުލެޓެއް އެބައޮތް އަދި މާލޭގެ ބިންކޮޅެއް އެބައޮތް އެކަމަކު މިފަހަރުވެސް އޭނާގެ އަނބިމީހާއަށް ވެސް ސަރުތު ހަމަވެ ފުލެޓް ލިބޭ މިއީ އެބުނާ އޭސީސީން ބަލާ އެއް އަހަރު ވަންދެން އެނބުރި ގޭސް ގަނޑުގެ ނަތީޖާ އަދި މިއީ ކުރީގެ ލިސްޓްގައި ސަރުތު ހަމަނުވެސްވާ މީހެއް މީނާ މިލިސްޓަށް އެރި ގޮތެއްވެެސް ނޭގެ

The name is already taken The name is available. Register?

ކިއްލާ.

27 February 2025

ރަށުން ގޯތި އޮތް މީހުނެ ކިޔާ އިރު މާލޭ މީހުންގެ ބޮދެތި އުސް އިމާރާތް ތައް ހުންނަ އިރު ބޮޑެތި ގޯތި ހުރިއިރު ދޮގު މައުލޫމާތު ދީފައި ފުލެޓް ހޯދުން ހުއްޓުވަން ނޫޅެނީ ކީއްވެ؟ މާލޭ މީހުންގެ ދެމަފިރިން ނަށް ދެ ފުލެޓް އަދި އެދެމީހުންގެ 70 އަހަރުގެ މައިންބަފައިންނަށް ވެސް 2 ފުލެޓް ލިބިފަ އެބަހުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454