"އަމާން ދޯދި" ފްލެޓްގެ ސިޓިން ރޫމް އޭރިއާ. އަމާން ދޯދީގެ ދަށުން 2،000 ފްލެޓް އަޅާނެ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 ފެބުރުއަރީ 2025 - 14:19
ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުން އަންނަ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރާނީ 7،000ރ. އަށް އަދި ތިން ކޮޓަރީގެ ތަންތަން ދޫކުރާނީ 9،500ރ. އަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށް ފަހު، މި ސަރުކާރުން އާ ލިސްޓެއް މިއަދު 3 ޖަހާއިރު ނެރޭނެ އެވެ. އެކަމުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއްތަލިބު ވިދާޅުވީ 4،000 ފްލެޓަށް ކުރީގެ ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ފްލެޓުތަކަށް 5،000ރ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް އޭރު ނިންމީ 7،000ރ. މަހު ކުއްޔަކާއި މެއިންޓަނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.
ނަމަވެސް، މުއްތަލިބު ވިދާޅުވީ އެއީ ލޯނު ދައްކަން ޖެހޭ އަދަދަށް ބަލައި އަދި އެސެސްމަންޓް ހެދުމަށް ފަހު ކަނޑައަޅާފައިވާ އަގެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅަކަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000ރ. ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްގައި މިނިސްޓަރު މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، އިކޮނޮމިކް ކައުންސިލާ މަޝްވަރާކުރުމަށްފަހު ސަރުކާރުން ވަނީ ފްލެޓުތަކުގެ ކުލި އަގުބޮޑުކޮށްފަ އެވެ.
އެއީ؛
- ކުލީގެ ގޮތުގައި 7،000ރ.
- މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ.
- ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 15،000ރ.
- ކުލީގެ ގޮތުގައި 9،500ރ.
- މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ.
- ސެކިއުރިޓީ ފީގެ ގޮތުގައި 25،000ރ.
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ހިންގަންޖެހޭނީ ދައުލަތަށް ބުރަނުވާ އަދި ދެމެހެއްޓެނިވި ގޮތަކަށެވެ.
"މި ދެންނެވި އަދަދަށް ބަލާނަމަ ވެސް ލޯނު ދެއްކުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ސަބްސިޑައިޒްކުރަން ޖެހޭ،" މުއްތަލިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމު
28 February 2025
އުޅެވޭނެ ގޮތެއްނެތިގެން ސަރުކާރުންފޯރުކޮއްދޭ ފުލެޓް ކުއްޔައް ދެވެންވީ ކީވެ
ގުދުގުދާބެއްޔާ
28 February 2025
ތިޔަތަން ލިބުނު ރަށްރަށުގެ މީހުންގެ ވިސްނުން އަބަދުވެސް ހުންނަނީ ފައިސާދައްކަން ނުޖެހޭނެ ވިސްނުން! އެމީހުން ބުނަނީ ސަރުކާރުގައި ހުންނަނީ އަހަރުމެންގެ ފައިސާޔޯ؟ އެކަމަކު ސަރުކާރުގެ ވެރިއެއް ފައިސާ އާ ޚިޔާނަތްތެރިވެ އެންޓިކޮރަޕްސަނުން މައްސަލަ ބަލަން ފަށައިފިނަމަ މިމީހުން ކިޔާތަކެތި އަޑިއަހާ އަންތަރީސްވޭ! ސަރުކާރަށް ގޮވާލަން ފައިސާ ނުދައްކާ މީހުންނަށް މުހުލަތެއްދީ ގޮސް އެމީހުން ނެރުމަށް!
ދެރަ
28 February 2025
ކީއްވެހޭ އަބަދު އެއްބަޔަކަށް ލިބެނީ
އެފްޑީސީ
27 February 2025
އަދި ހާސްވާކަށް ނުވޭ. ރައީސްގެ ހެޔޮފުޅުކަމުން އަގު އަދި ހެޔޮވާނެ. އެހެން ނުވެއްޖެއްޔާ އަގު ހެޔޮކުރުން ވާނީ ދެންއަންނަ ސަރުކާރެއްގެ މައިގަނޑު ވައުދަކަށް. މާ އުފާވެރި ހާލަތެއްވެސް އަތުވެދާނެ. މާ ހެޔޮ ރައީސެއް ދެން އަންނަ ދައުރެއްގައި އައިސް އިތުރަށް ދެއްކުނު ކުލި ސަރުކާރުން ގަނޑުކޮށް ޖަމާކޮށްދިނުން.
ގުދުގުދާބެއްޔާ
28 February 2025
ކޮބާހީވޭ މިމީހުންގެ ވިސްނުން ހުންނާނީ ހަމަ ލޯލާރިއެެއްވެސް ނުދެއްކުން!
ޣެސްމު
27 February 2025
ދުވަހަކުވެސް ނުބުނާނަށް ހެޔޮވެރިއެކޭ. ކުލި ކުޑައެއްނޫން ކުރީ ދިގުދަންމާލީ ކުލި. ހެޔޮވެތިއެއްނަމަ ދައްކާ 2.2 މިލިއަން ކުޑަވިތޯ ބަލާ... ހުސް ދޮގު... ޕާޓީކުދިން ހަމަތޯ ފުރަތަމަ. ހެޔޮފުޅޭ ކިޔަނީ
ނަންރީތި
27 February 2025
ތީ ސައްޙަ ލިސްޓެއްނޫން، ސައްޙަ ލިސްޓަކަށްނުވާ ސަބަބަކީ 46 ޕޮއިންޓް ލިބިގެންވެސް ތިހުރީ ފްލެޓް ލިބިފައި، އެހެންވީމާ ބާކީތިބި 46 ޕޮއިންޓުން މަތި ލިބުނު އެންމެނަށް ފްލެޓް ލިބެންޖެހޭނެ، އެހާ ފްލެޓް އެބަހުރިބާ، ތީ އުފެދުމުގަވެސް ބާތިލު ލިސްޓެއް،
މިވާ ބަޔެއް
27 February 2025
ކޮވިޑް އިރު މި ގްރޫޕް ތިބިނަމަ އަހަރެމެން ހޯދާ ނުފެންނާނެ އުތަ؟!
ދދދފ
27 February 2025
ކުލި ހަމަ ރަނގަޅު. ތި ފްލެޓްތައް ލިބޭއިރަށް ސަެުވީސް ފަންސަވީސް ހާހުން ކުށްޔަށްދޭން ކަހާނެ. ލިބުނު މީހުން އުޅޭނީ ކުއްޔަށްދީފަ މޮހާރުވެސް އުޅޭ ދަތި ދޭތެރޭގަ. މިއީ ދޮގެއްތޯ ބަލަން ވިނަރެސް ހިޔާ ލިބުނު މީހުންގެ ތެރެއިން އެތަންތަނުގަ ވެރިފަރާތުން އުޅެނީ ކިހާ މިންވަރަކަށްތޯ ބަލާލަބަލަ
ހާސަރު
27 February 2025
ސަރުކާރުން ހަދާފަ މީސްމީހުނަށްދޭ ފްލެޓަށް ދައްކަނީ ކުއްޔެއްނޫން ، އެއީ ކަނޑައެޅޭ އަގެއް ހަމަކުރަން ދައްކާ މަންތްލީ ޕޭމަންޓް . ފްލެޓްތަކުންނަގާ މިފައިސާއަށް ކުލި ކިޔުންހުއްޓާލާނީ ކޮންއިރަކުންބާ؟!
ދޮގޭ
27 February 2025
ކޮން އިރަކުންހޭ %5 ލޯނު ދެނީ.. 2024 ގަ އިޢުލާން ކޮށްގެން 2025 ގަ އެޕްލައިކޮށްގެން 2026 ގަ ލިބޭ މީހުން އިޢުލާން ކޮށްގެން 2027 ގަ ތަ ލިބޭނީ؟
ހެހެހެެހެހެ
27 February 2025
ލިބޭނީ 2028 ގަ