ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެޅި ފްލެޓްތަކެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
28 ޑިސެމްބަރ 2025 - 15:53
ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކުރި ފްލެޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނުނަސް އަސާސީ ޝަރުތު ހަމަނުވާ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މުއްތަލިބު ވިދާޅުވީ، ލިސްޓު ރިވިއު ކުރިއިރު އަސާސީ ޝަރުތު ފުރިހަމަނުވާ މީހުންގެ އަތުން ނޫނީ ފްލެޓު އަތުނުލާ ކަމަށެވެ. އަދި ޝަރުތު ހަމަވާކަން ސާބިތުކުރަން ފުރުސަތު ދިނުމަށްފަހު ނޫނީ ފްލެޓު ލިސްޓުން ނަން އުނިކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސާސީ ޝަރުތެއް ހަމަވެގެން ނޫން ގޮތަކަށް އެއްވެސް މީހެއްގެ އަތުން ކެންސަލްކޮށްފައެއް ނޯންނާނެ." މުއްތަލިބު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވުމާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް ނެތުމެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭރު ހުޅުވާލިއިރު ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ލިބޭ މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖެއްސީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ފްލެޓު ލިސްޓު ރިވިއުކުރުމަށްފަހު ވެސް މި ސަރުކާރުން ނިންމީ، ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓަށް ފްލެޓު ދޭށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ކުރީގެ ފައިނަލް ލިސްޓަށް ފްލެޓު ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ފްލެޓް ހަވާލުކުރުމުގެ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، ޝަރުތު ހަމަނުވާ ނަމަ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެ އަދަދު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މުއްތަލިބު ވިދާޅުވީ 450 އަށްވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށާއި ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު އަދިވެސް ބައެއް ފޯމުތައް ރިވިއުކުރަމުން އަންނަ ކަމަށެވެ.
އެފްޑީސީން މިހާރު އަންނަނީ ފްލެޓު ލިބުނު މީހުންނާ އެތަންތަން ހަވާލުކުރަމުންނެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އަންނަ މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިންމުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން
30 December 2025
ޝަކްވާ އަށް އަދި ފުރުސަތެއް ހުޅުވާލުން ކިހިނެތްތޯ. މިސާލަކަށް ބަސް މ\ާނަ ކުރުމުގައި އޮޅުން އެރި މީހުނަށް ޝަކްވާގެ ފުރުސަތު ހުޅުޥާލިނަމަ ރަނގަޅުކަމަށް ފެނޭ
އިސްމާލި
29 December 2025
މޮޅެތި އަނގަ ނުތަޅާ.. ތިޔަ ބުނާ 450 ފުލެޓު ބްލެކް މާކެޓުގައި އެބަ ވިއްކާ ކަމަށް ހޮޅުއަށިތަކުގައި ކިޔާ.
އަޖްނަދު
29 December 2025
އަހަރެން ބަލާލި ބަލާލުމުން މިސަރުކާރުން ވަރަށް ބަލާފައި މި ފްލެޓްތައް ދިނީ. އެއްވެސް މީހަކަށް ނުހައްގުން ނުދޭ. ވަރަށް ކައިރިން ބެލިން މިކަން
ޝަހުމް އާދަމް
29 December 2025
ވަރަށް ރަނގަޅު ނިންމުން. މިނަ ކެރީގޮތްވެސް ރަނގަޅު. ހަމަ ވަރަށް ހައްގުން މީހުންނަށް މިފަހަރު ފްލެޓް ދީފައި ހުރީ
އަމަތުﷲ
29 December 2025
މުއިއްޒްގެ ސަރުކާރުން މިކަން ކުރީ ވަރަށް ރަނގަޅަށް. މިރަށުގައި އުޅުނު މީހަކަށްވެސް ލިބުނު ފްލެޓް. މިސަރުކާރުން އެކަން ހުއްޓުވީ.
ހެޔޮފާލު
29 December 2025
"ޝަރުތު ހަމަނުވާތީ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލި: މުއްތަލިބު" މީ ވަރަށް ހަރުދަނާ ނިންމުމެއް، ސަރުތު ހަމަނުވާ މީހުންނަށް ވަލު ދޮރޯށިން ކަން ކަން ވާގޮތަށް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް، ނިންމުމަށް ސެލިއުޓް
ޝަރުތު
29 December 2025
ޝަރުތު ހަމަވާނީ ވޯޓްލާންވީމަ ރަށުގަ އުޅޭމީހުންނަށްވެސް ލިބުނު ޙައްޤު އެނގޭދުވަހުންއެނގޭނެ
ހުރިހާ
29 December 2025
ތިޔަމިނިސްޓުރީ ތއކުގެ ވެރީންނާއި މުއްޒަފުން ތިމާގެ މީހުން ރަޓެއްހީން ނަ ބަޙާތީވެ މައްސަލައަކީ
ހުސޭނު
29 December 2025
ހުސްދޮގު އުފަންވީންސުރެއް ރަށުގަ އުޅޭ މީހުންނަށްވެސް ފުލެޓް ދީފަ އެބަހުރި.
ހުސައިންބެ
28 December 2025
300 ތަޅުދަނޑި ހަވާލު ކޮށްފީމޯ, މަހީކުރީ ބާކީ ހުންނާނީ 50 ހަކަށް ތަނޅުދަނޑި ކަމަށް, ހަމަ ސްލޯއީ, ކީ ކުރާނީ