ހަނދު.
28 ފެބުރުއަރީ 2025 - 20:17
މާދަމާ އަކީ މިއަަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ދެންމެ އިއުލާންކޮށްފި އެވެ.
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިއްވި ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށެވެ.
އެގޮތަށް ނިންމީ މިއަދުގެ އިރުއޮއްސުމަށްފަހު އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އާއި މިއަދުގެ އިރުއޮއްސުމަށްފަހު ރާއްޖެއަށް ވެސް ހަނދު ފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ގަރާރުގައި ވަނީ ރޯދަ މަހުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމަށް އެދިގެން ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.
މިއަދު ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ވެސް ދައްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
6
28 February 2025
رمضان كريم.
ށ އބލ
28 February 2025
ސައޫދީ އަރަބިއާ އަށް ހަނދު ފެނުނަސް އަހަރުމެނަށް ރޯދަމަސް ފެށުނު ކަމަށް ވަނީ، އަހަރުމެން ގައުމަށް ނުވަތަ އެއްމެ ކުޑަ މިނުން ކައިރި ގައުމަކަށް ހަނދު ފެނިގެން۔ ލަންކާ، އިންޑިއާ، ޕާކިސްތާނަށް ރޯދަ ވަނީ މާޗް 2 ގަ.
ގެދާނޯމޮސް
28 February 2025
1446 ރަންޟާން މައްސަރުގެ އެންމެހައި ދަރުމަޔާ ސަވާބު ރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި އަދި ދުނިޔޭގެ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. ޔާ ﷲ އަޅަމެންގެ ތެރެއިން އިމާންކަން ބޭރުފުށުން ދައްކާމުނާފިގު އަޚުންގެ ކެހިވެރި ދަޅަތަކުން އަޅަމެންގެ ބުއްދި ސަލާމަތް ކޮށްދެއްވާށިއެވެ. - އާމީން -
ކުރާށޭ
28 February 2025
ރޯދަ މަހަކީ އެއްގޮތަކަށް ވެސް ކުޅިވަރުގެ މަހަކަށް ނަހަދަންވީ އާރޓިފިޝަލް ބީޗް އަދި ކުޅިވަރު ކުޅޭ ސަރުކާރުގެ ތަންތަން ރޯދަ މަހު ދުވާލު ހުޅުވައިގެން ނުވާނެއޭ ހުންނަން ޖެހޭނީ ބަންދުކުރެވިފައޭ ރޯދަ މަހު ކުރަން ޖެހޭނެ ކަމަކީ އަޅުކަމާއި އަދި ތަައްލީމް އުނގެނުމުގައި ޝާމިލް ވެގެން އުޅުމޭ ސަރުކާރުން ވެސް ރައްޔިތުންނަށް ދޮގު ނަހަދާ ކޮތަޅު ޓެކްސް ވެސް ސަރުކާރުން ވައުދުވެފައިވާ ގޮތަށް އުވާލާ ރައްޔިތުންނަށް ހަމަނޭވާ އެއް ލެވޭނެ އުސޫލުން ކަންކަން ކުރާށޭ
ވިސްނާށޭ
28 February 2025
މިފެށުނު ރޯދަ މަހަކީ އެއީ ޓީވީއެމް މެދުވެރިކޮށް ސަރުކާރުން މީހުން މަގުފުރައްދާ މަހަކަށް ނަހަދާ ޓީވީއެމް އިން ރޯދަ މަހުގެ ބަރަކާތް ތެރިކަން ނުކެނޑޭ ފަދަ ކަންކަން ކުރަންވީ އެފަދަ ޕްރޮގްރާމް ތައް ގެނެސްދޭންވީ ގައުމުގައި ތިބި ޖީލަކީ ދީން ދެކެ ލޯބިވާ އަދި ދީނުގެ މަގުން ކަން ކުރާ މީހުންނަށް ވޭތޯ ބަލަން އެކަން އެމަގުންކުރަންވީ އުމްރާ އަށް ވެސް ޒުވާން އަންހެން ވެރިން ދަނީ ޓޫރިޒަމް ބޭނުމަށް ކަން އިނގޭ ބަންގި ގޮވާ އިރު ވެސް އެމެން ދެ ބަނޑަށް ކާން ތިބެނީ
ކުރުނބާ
28 February 2025
ސުވާލަކީ ރާއްޖެއަށް ހަނދު ފެނުންތޯ؟ ދުނިޔޭގެ އިސްލާމީ އެހެން އެއްބައި ގައުމުތަކުގަ ރޯދަވީއްލާގަޑީ އަހަރުމެން ރޯދަވީއްލަންތަ؟
ޒުވާބު
28 February 2025
ރާއްޖެއަަކަށް ނުފެނޭ. ތިއަށް ވުރެ މުހިންމު ސުވާލެއް ނެތްދޯ ކޮންމެ އަހަރަކު ކުރަން؟ ރާއްޖެގަ ހަނދު ބެލުމުގަ އޮންނަ އުސޫލުން އެނިންމަނީ އެގޮތަށް. ތިހެން ކިޔަންޏަ ރާއްޖޭގެ ކޮންމެ ރަށަކަށް ވަކިން ޖެހޭނީވެސް ބަލަން. އެކި ރަށްރަށުގަ ނަމާދު ވަގުތު ތަފާތުވާނެ.
ގަބް
28 February 2025
ރީނދޫ ގެރި ކަތިލާން ނޫޅެ ރޯދަ ހިފޭތޯ ބަލާބަލަ..
ފާރިސް87
28 February 2025
ރަމަޟާން މުބާރިކު