ކަނޑުގަދަ ވަގުތެއްގައި ކޯސްޓްގާޑުގެ އުޅަނދެއްގެ ފޮޓޯއެއް -- ފޮޓޯ: އެމްއެންޑީއެފް
28 ފެބުރުއަރީ 2025 - 23:00
ތިން މީހުންނާއެކު ގދ. ފިޔޯރީން ގއ. ދެއްވަދޫއަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ކަރާ ހިފައިގެން ދަތުރުކުރި އެ ޑިންގީ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ އިރުއޮއްސި 6:12 ހާއިރު ކަމަށެވެ.
އެ ޑިންގީގައި ދަތުރު ކުރަމުން ދިޔައީ ދެ ދިވެހިންނާއި ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުން ދަތުރު ކުރަމުންދިޔަ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
ބައެއް ސަރަހައްދުތަކަށް މިއަދު ރީނދޫ އެލާޓް ނެރެފައި ވާއިރު، މިރޭ 8:00 އިން 12:00 އަށް ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު މޫސުން ގޯސްވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޕްޑޭޓެއް ދޭންވާނެ ދޯ
02 March 2025
އަދިވެސް އެމީހުން ނުފެންނަނީބާ ؟؟؟ އެމީހުނަށް ވީ ގޮތެއް ބަލަން ބޭނުން ވެފަ؟