ސްރީ ލަންކާގައި މިދިޔަ ޖެނުއަރީ މަހު ހިންގި އޮޕަރޭޝަނެއްގައި ގެޔަކުން ފެނުނު 283 މިލިއަން ރުޕީސް: މިއީ ޖަލުގައި ހުރި ގޭންގު މީހެއްގެ ފައިސާ ކަމަށް ވަނީ ބެލެވިފައި.
02 މާޗް 2025 - 07:57
ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6.6 ބިލިއަން ރުޕީސް (22.4 މިލިއަން ޑޮލަރު) ގެ މުދާ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ހިފަހައްޓާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދާ ވިޖޭޕާލާ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި މީގެ ތެރެއިން 15.25 މިލިއަން ޑޮލަރުގެ މުދަލަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތަކެއްޗެވެ. އަދި ޕިރަމިޑް ސްކީމްތަކާއި މާލީ އެހެން ކުށްތަކާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވެސް ހިފަހައްޓާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2024 ވަނަ އަހަރު ވެރިކަމަށް އައި ނޭޝަނަލް ޕީޕަލްސް ޕަވާ ސަރުކާރަކީ ރާވައިގެން ހިންގާ ޖަރީމާތައް ނައްތާލަން މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި އެފަދަ ކުށްތައް ކުރާ ޖަމާއަތްތަކާއި ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ދެކޮޅަށް ހަރުގަދާ ގާނޫނުތަކާއި ގަވައިދުތައް ހަދާނެ ކަމަށެވެ.
ލަންކާގައި މިދިޔަ އަހަރު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި އެތައް ހާސް ބަަޔަކާއި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. މީގެ އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ވެސް، ޑްރަގް ވިޔަފާރީގައި އުޅޭ މީހެއްގެ ގެއިން 283 މިލިއަން ރުޕީސް (ގާތްގަނޑަކަށް 955،000 ޑޮލަރު) ފެނިފައިވެ އެވެ.
ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވެސް އެ ގައުމުގައި ވަނީ އިތުރުވެފަ އެވެ. ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ބަޑި ޖެހުމުގެ 17 ހާދިސާއެއް ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރާލައިފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލަމާހުއްޓާ
02 March 2025
މިރާއްޖޭގައި މިކަންދާނީ މީގެ އިދިކޮޅަށް. ބޮޑެތި ނޫސްކޮންފަރެންސްބާއްވާނެ ހިސާބުތައް ކިޔައިދޭނެ. ދެން ފެންނާނީ މާލޭގެ އެންމެ ޕްރައިމް ލޮކޭޝަންތަކުން އެމީހުނަށް ފުޓްސެލް ދަނޑުތައްއަޅާދީ އަދި ނުވިތާކަށް ސުކޫލަކުން އެއިންތަނެއްގަ ކުދިން ކުޅެލަން ބޭނުންވިޔަސް އެގޭންގްތަކަށް ފައިސާދައްކަންޖެހެނީ. އަދި ކޮބާ 1 ވަނަޑިވިޝަންގަ ކުޅިވަރުތައްވެސްކުޅޭނެ. އެގޭންތަކަށް ހެސްކިޔާފަ ދައުލަތުގެ ކުންފުނިތަކުން ސްޕޮންސަރވެސް ދޭނެ.
ޛސޖސޖސ
02 March 2025
ގޭންގުތައް ގަދައީނު. ހެހެހެ
ސިންގާ
02 March 2025
ރާއްޖޭގައި ދިވެހިން ގެ ފަހަތަށް ވަދެ މަނީ ލޯންޑަރިންގ ވިޔަފާރުކުރުން މިހާރު އާންމު ވެއްޖެ. ލަންކާ ގެ ވިޔަފާރިތަކަށްވެސް ރާއްޖެއިން ޑޮލަރ ޕޭމަންޓް ހަދަމުންދާކަމަށް ޚަބަރު ލިބޭ. މިރާއްޖެއަށް އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަށް ނުވަނެކަމަށް ބުނެ، ދިވެހިންގެ ފަހަތުގަ ތިބެ ލަންކާ/އިންޑިއާ މީހުން ހިންގަމުންދާ ވަގު ވިޔަފާރި. މިއީ ނޫންތަ ޤައުމަށް ހަރާންކޯރުވުމަކީ.
ފަންކަން
02 March 2025
ރާއްޖޭގެ ގޭންގު ތަކާ ގުޅިގެން ވަރަށް ގިނަ ލަންކާ މީހުންގެ ވިޔަފާރި ކުރާކަން ފާހަގަވޭ. އަދި ކުދިކުދި ވިޔަފާރިތައް ހުޅުވާލަފަ ބަންދު ކުރާތަންވެސް ފެނޭ. ދެން ދިވެހި ގޭންގުތައްވެސް ނަގުދު ފައިސާތައް ރައްކާކޮށްގެން ގެންގުޅޭ ތަނެއް ހުންނާނެ ދޯ. މިލިޔަން ޑޮލަރުން ޑްރަގު އެތެރެ ކުރާއިރު އެ ޑުރަގަށް ފައިސާ ދައްކަން ޑޮލަރު ހޯދާ ގޮތެއްވެސް އޮންނާނެ ދޯ. މީރާ އަދި އެމްއެމްއޭ މީ ހަމަ މިކަމުގަ ބައިވެރިންނާ ބުނާ ހިސާބުގަ މިހާރު މިއޮތީ.
އަހްމަދް
02 March 2025
މިރާއްޖޭގަ ކަމަކީ ބޮޑަތި ވާހަކަ ދައްކާފަ ފޮނި ކެޑުން. ގޭންގިތައް ވަނީ އިތުރަށް ވަރުގަދަ.
ބަބްސް
02 March 2025
ރާއްޖޭގައި ހާއްސަކޮށް މާލޭގައި ލަންކާ މީހުންގެ ވިޔަފާރިތަށް މިވީ އަހަރެއްހާ ދުވަހު ކުއްލިއަކަށް ވަނީ ގިނަވެފައި ... ރާއްޖޭއަކީ ޑުބާއީ ގޮތަށް ލާރި ދޮންނަ ތަނަކަށް ވަނީވެފައި.