ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށް ކަމަށް ސްޓެލްކޯ އިން ބުނޭ. ފޮޓޯ: ނިޝާން އަލީ / މިހާރު
02 މާޗް 2025 - 18:53
މި ރޯދަމަހުގެ ފުރަތަމަ ދުވަހު، އެންމެ ޕީކް ގަޑީގައި މާލޭގައި ބޭނުންކުރީ 78 މެގަވޮޓުގެ ކަރަންޓު ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ނުވަތަ އިއްޔެ މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި އަދަދު ވިއްސާރަވުމުގެ ސަބަބުން ދަށް ކަމަށެެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދު ދުވަހެއް ކަމުން، ކަރަންޓު ބޭނުންކުރި އަދަދު ބޮޑުތަނުން ދަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެންމެ ޕީކު ގަޑީގައި ވެސް އިއްޔެ ބޭނުންކުރީ 78 މެގަވޮޓެވެ. ސްޓެލްކޯ އިން އާންމުކޮށްފައިވާ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓުގައިވާ ގޮތުން އެންމެ ޕީކް ގަޑިއަކީ ހަވީރު 4-5 އާ ދެމެދެވެ. އެ ވަގުތުގައި ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 78-77 މެގަވޮޓާ ދެމެދުގަ އެވެ.
އެކަމަކު ހަވީރު ހައެއްގެ ފަހުން ކަރަންޓު ބޭނުންކުރާ އަދަދު ވަނީ 68 އަށް ވެއްޓިފަ އެވެ.
ސްޓެލްކޯ އިން ބުނީ، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ އަދަދު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި. އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް… pic.twitter.com/8DoSLqHspk
— STELCO (@STELCOMALDIVES) March 2, 2025
ބައެއް މަސް ތަކުގައި ކަރަންޓު ބިލު ބޮޑުވާ ކަމުގެ ޝަކުވާ އާންމުކުރެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ ވަޓްސްއަޕް ނުވަތަ ޓެލެގްރާމު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ގޮތް ވެސް ހަދައިފަ އެެވެ.
މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ވެސް ރޯދަ މަހާ ދިމާކޮށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
03 March 2025
އެކަމު ބިލްތައް މައްޗަށް. ހައިރާނެއް ފަހެ ނުވާނެތަ. އެންމެ މަތީ ބޭންޑުން ދިރިއުޅޭ ގޭގަ ކަރަންޓްގެ ބޮޑު ބަޔަކަށް ޗާޖުވާ ގޮތަށް މިހަދަނީ. 31 ދުވަހަށް ހެދިޔަސް 30 ދުވަހަށް ހެދިޔަސް 18 ދުވަހަށް ހެދިޔަސް ބިލަށް ކުރާ ރާހަތެއް ނެތް. މިވެރިކަން ފެށިގެން ފައިބެ އަހަރު ރޯދަޔަށް ޑިސްކައުންޓް ދިން ފަހުން މީޓަރު އެބުރޭލެއް އަވަހީ ތޯއްޗެ. ބިލް ހަދާ ގޮތާ މެދު އިތުބާރެއް ނެތް.
އަހްމދުު
03 March 2025
ކަރަންޓު ޔޫސޭޖް ދަށްވިޔަސް ބިލްތައް ވަނީ ބޮޑު
ޢަބުދުލް ޤާދިރު
03 March 2025
ބޮޑު އޮޅުވާލުމެއް. 20 ފެބުރުއަރީ ބިލަށް 1167.97ރ އެރިއިރު 03 މާރޗް ބިލަށް 1406.15ރ އެރި ބޮޑު އަރަތެއްނުން. ޖަނުއަރީ ބިލަށް 1774.98ރ، ޖަނުއަރީ، ފެބުރުއަރީ ދެ ބިލުގެ އެވްރެޖަކީ 1471.47ރ ހަދާފަ ހެދިގޮތަކީ ދެ ބިލުގެ އެވްރެޖަށް ކުޑަކުޑަ ބަދަލެއް ގެނެސްފަ އަދަދެއް ޖެހީ. އެއީ ސީދާ އެވްރެޖު ޖަހައިފިނަމަ އެންމެންނަށް ވެސް އެނގޭނެތީ. ކަރަންޓް އިތުރަށް ބޭނުން ކުރީކީނޫން. ގެއަށް އިތުރު ބަޔަކު އައީކީ ނޫން. ފޭރުނަސް މީ ފުކެއް ބޮޑުވަރު
ޒަވިޔަނި
03 March 2025
ދެލޯފުޅާ. އަހަރެން ބޭނުމެއްނޫން ޑިސްކައުންޓެއް. ކުރީގަ ބިލައް -/1800 އަރާއިރު، މިދިޔަ އަހަރު ތިގޮތައްދިން ޑިސްކައުންޓުން އަރައިނުގަނެވިގެން މިއުޅެނީ މިހާރު. މިހާރު ބިލް -/2800 އާ -/3000 ދެމެދު. މިފަހަރު ޑިސްކައުންޓް ދީފިއްޔާ މައުޅޭނީ ކޮނަފަދަ ހާލެއްގަ. ބޭނުމެއްނޫން ޑިސްކައުންޓް. ސްކޫލް ތަކާއި އޮފީސްތައް ބަންދު ވީމަ ކަރަންޓް ދައްވީ، އެމީހުން އެތަންތަނައް ދަނީ ކަރަންޓް ހިފައިގެންތަ ބޯން. ގޭގަތިބެންޏާ މާގިނައިން ކަރަންޓް ބޭނުން ކުރާނެތާ.
raajje
03 March 2025
ކަރަންޓުބޭނުންކުރިވަރު މަދުވީކީނޫން، ތީވަރަށްއޮޅުން އަރާގޮތަށް ސުޓެލްކޯއިންދަށްކާވާހަކައެއް، ވެގެންތިޔައުޅޭގޮތަކީ މިދުވަސްވަރު ވިސްސާރަވީމާ އޭސީތަކަށާއި ފުރިޖުތަކަށް ދާކަރަންޓު ބޮޑުތަނުންދަށީ، ވިސްސާރައިގެސަބަބުން މާހައުލުފިނިވީމާ އޭސީ އަދި ފުރިޖުފަދަތަކެތި ފިނިމިންހިފެނެއްޓުމަށް މަސައްކަތްކުރަންޖެހޭވަރު ވަރަށްބޮޑަށްދަށްވާނެ، މިރާއްޖޭގައި ކަރަންޓުގެ އަގުތައް އެކަށީގެންވާވަރަށްވުރެން މާ މަތިކަންވެސް މިފުރުސަތުގައި ތަކުރާރުކޮށްފާހަގަކުރަން
އަލީީ
02 March 2025
ފެންބޮޑުވެގެން ހުރިހާ ފިހާރައެއް ބަންދުކުރީމަ ކަރަންޓް ބޭނުންކުރިބަރު މަދުވާނެދެއްތޯ
ކިމް
02 March 2025
ކަރަންޓު އެޕްލަޔަންސްތައް ހުރީ ފިހަރަތަކުން ހުސްވެފަ
ޚކޖޖޖ
02 March 2025
ސަރުކާރު ބަންދުކުރީމަ އިތުރަށް ދައްވާނެ….
ބައިކިލޯވޮޓް
02 March 2025
ހެސްކިޔާފައި ވާރޭ ވެހުނު. ހުރިހާ ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ބަންދު. ދެން ދަށްވާނެދޯ ކަރަންޓް ބޭނުންކުރާވަރު.
ހަސަންކ
02 March 2025
މި މާލޭގަ އަޅަންވީ ބޯޓްދެލި އަންދާގެން ކަރަންޓް އުފައްދާ އިންޖީނުގެއެއް. އޭރުން ކަރަންޓް ޔުނިޓެއް ބައި ރުފިޔާއަށް ތިރިކުރެވޭނެ. ރައްޔިތުން ސުވާލެއް ނުކުރާނެ، ކަރަންޓް އުފެއްދި ގޮތަކާއި ދޭތެރޭގައެއް. އަގު ހެޔޮކޮށް ކަރަންޓް ލިބުނީމަ ނިމުނީ.