ދިރާގުން ދޭ ސްވިޒަލެންޑް ދަތުރުގެ ޕޯސްޓެއް
03 މާޗް 2025 - 13:40
ދިރާގު އެޕް މެދުވެރިކޮށް "ކަރާ ފަޅައިގެން" ސްވިޓްޒަލެންޑް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ ދިރާގު އެޕްގެ ރޯދަ އޮފާ ބެނާ ހިޔާރު ކުރުމުން، ފެންނަން ހުންނަ ކަރައަށް ޓެޕްކޮށް، އެ ކަރާ ފަޅާލައިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. "ކަރާ ފަޅާ" ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް ދޭ ސްވިޓްޒަލެންޑް ދަތުރުގައި ދެ މީހެއްގެ ދެކޮޅު ޓިކެޓާއި 5 ރޭ ވަންދެން އެ ގައުމުގައި ހުރުން ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި، ކޮންމެ ދުވަހަކު ދިރާގު އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ އާއި ވަކި އަދަދަކަށް ކަރާ ފަޅައިގެން ހާއްސަ އެކި އިނާމުތައް ލިބޭނެ އެވެ. މި އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ އާއި އެއާޕޮޑާއި ސެމްސަންގް އެސް 25 ފޯން އަދި 1 ޓީބީ ހިލޭ ޑޭޓާ ހިމެނެއެވެ.
ދިރާގުން ކޮންމެ ރޯދައަކަށް ވެސް މިފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy