ކްރިމިނަލް ކޯޓު: މީގެ ދެ އަހަރުކުރިން ރާއްޖެއަށް ޑްރަގު އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 މާޗް 2025 - 14:16
ރާއްޖެއަށް ކިލޯއެއްހާ ޑްރަގް އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލައި، 50،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ ބުނީ ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި މީހެއްގެ މައްޗަށެވެ. އޭނާ ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ފެނިފައިވެ އެވެ.
އެ ކުށުގެ އަސްލު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވިޔަސް، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
އެގޮތަށް ހުކުމްކުރީ ދައުލަތާއި އެ މީހާއާ ދެމެދު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން، އޭނާ ކުށަށް އިއުތިރާފްވުމުންނެވެ.
އޭނާ 12 އަހަރަށް ޖަލަށްލިޔަސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އެއް އަހަރާއި ހަތް މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ހުކުމުން މުއްދަތުން އުނިކުރުމުން އޭނާ ޖަލުގައި ހޭދަކުރާނީ 10 އަހަރާއި 11 މަސް ދުވަހުުގެ ޖަލު ހުކުމެކެވެ.
ޖޫރިމަނާ އަދަބެއްގެ ގޮތުގައި ކަނޑައެޅި 50،000ރ. ދައުލަތަށް އެއް އަހަރު ތެރޭގައި ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރު2
04 March 2025
ދެ އަހަރު ފަހުން ދޫކޮށްލުމުން އަނެއް 7 އަހަރު މަސްތުވާތަކެތި ވިއްކުމުގެ މަސައްކަތުގައި އުޅުމަށްފަހު ފުލުހުން އަތުލައިގަތީމަ އަނެއްކާ 25 އަހަރަށް ޖަހާފަ ފަސް އަހަރު ފަހުން ދޫކޮށްލުމުން 13 އަހަރު މަސްތުވާތަކެތި ވިއްކުމުގައި އުޅުނު މީހަކު ދަންނަން. މާތްﷲ ހެޔޮ ވިސްނުން ދެއްވާށި!
ސަރުކާރާއިއެކު
04 March 2025
ގާނޫނުން އުމުރުދުވަހުގެ ހުކުމެއްއައްނަ ކުށެއްކުރި މީހާއެކު ދައުލަތުން އެގްރީމެންޓެއްހަދައި އެމީހާގެ ވަނަވަރު ފޮރުވާފަ އަދި ކުށުގެ އަދަބު %50 ލުއިކުރުމަކީ އިންސާފު ކަމަށްވަނަމަ، ފަލަސްތީނަށް ވެރިވެގެންތިބި ޔަހޫދިންވެސް ކަންތައްކުރަމުން އެދަނީ އަދުލުއިންސާފުންނެވެ. ދިވެހި ދައުލަތާއި އަދުލުއިންސާފުގެ އިދާރާތަކައި ކުއްވެރިންނާއި ވަގުން އެއްގަލަކަށް އެރުމަކީ ދިވެހިރާއްޖޭގެ މުސްތަގުބަލަށް ހާދަ ނުރައްތެރި ކަމެކޭ ދޯ..!
ބޮޑު ސިއްރެއް-ލިއުނީ ކީއްކުރަން
04 March 2025
ކޮންމެވެސް ޤައުމެއްގައި ކޮންމެވެސް މީހަކު ކޮންމެވެސް ކުށެއްކޮށްގެން ކޮންމެވެސް އަދަބެއް ލބިއްޖެ މިގޮތަށް ލިއުނުނަމަވެސް އޯ.ކޭ. މަޢުލޫމާތު ހާމަ ނުކުރެވެންނާ ނުލިއަންވީނުން-ތަފާތު ކުރަނީ ކީއްވެ
އަައިފާން
03 March 2025
ވަނަވަރު ހާމަ ކުރޭ
ރާއްޖެ
03 March 2025
އޭނާ ބާރަ އަހަރު ވަންދެން ޖަލުގައި މަޑުކުރާނެ ގޮތަކީ ނެތް ގޮތެއް.
ނަމެއްނެތް
03 March 2025
އެމީހާގެ ނަމެއް ނެތްތަ؟ އެޑްރެހެއް ވެސް ނެތީދޯ؟ ދެންކޮންމެ ވެސް މީހެއްދޯ.