ނާސިފް (ޑީޑީ). އޭނާ ވަނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކޮށް ވެމްކޯގެ ޗެއާމަންގެ މަގާމަށް ހަމަޖައްސާފައި --
04 މާޗް 2025 - 13:09
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން އަހުމަދު ނާސިފް (ޑީޑީ) ވަކިކޮށް ވެމްކޯގެ ޗެއާމަނަކަށް މިއަދު ހަމަޖައްސައިފި އެވެ.
އޭނާ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އޭގެ ކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކުންފުނީގެ ޗެއާމަން ކަމަށް އޭނާ އައްޔަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ނާސިފް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޕްސް88
05 March 2025
މީނާ ރަަނގަޅީ ކިޔަވާދޭން
ޑރ ވާންޗޯ
04 March 2025
ބަލަދުއަރާފަތިބީމަ ބޮޑުމުސާރަދީފަ ގޮނޑިހޫނުކުރަން ބައިތިއްބާ މީހުން.
ޑަސް ބިން
04 March 2025
ކޮކީ ކީކޭ؟ އެއްކަލަ ތަނުން ނަގާލައިފައި އުކާލިޔޯ؟
ޓުރޫ ސުޓޯރީ
04 March 2025
ރައީސް ވެސް ބަދަލު ވެދާނެހެން ހީވަނީ
ރާވެރިބެ
04 March 2025
އެޗްޑީސީގަ މިހާރު ހުރި އެމްޑީ އާއި ޑީއެމްޑީ އާއެކީ މަސައްކަތް ކުރެވޭނެ ކޮލިޓީ ބޯޑެއް އޮންނަންޖެހޭ. މިހާރުގެ ބޯޑު ސުމެއް. މިހާރުގެ އެމްޑީ އަކީ ވަރަށް މޮޅު ޕްރޮފެޝަނަލް ބޭފުޅެއް. ސަމާސާ މީހެއް ނޫން. އެހެން ބަޔަކަށް ކުޅެވޭނެ މީހެއް ނޫން. ކިހާދުވަހަކު އެގޮތް ކަމުދާނެބާ!
ޑރ ވާންޗޯ
04 March 2025
ކިހާވަރެއްދިނީމަތޯ ނިކުމެ ތިޔައުޅުއްވަނީ؟.
މުއިއްކޮ
04 March 2025
ކޮއްކޮމެންގެ ފޭވަރިޓް ކުޅިވަރަކީ މިއުޒިކަލް ޗެއާސް!
ސަންޑޭ
04 March 2025
އަޖާއިބު. ތިއީ ބަލަދު އަރާފަ ހުރި މީހެއްތަ ތިއީ.
މަންޑެ
04 March 2025
ސަންޑޭ ނޭނގޭ ވަރަށް ގިނަކަންކަން ހުންނާނެ.
ޗެއާމަން ކީއްތަ ކުރަނީ
04 March 2025
އަޅެ މި ޗެއާމަނެއް ކުރާކަމެއް ބުނެދީބަލަ، މުސާރަ އަނެއްކާ ކިހާވަރެއްބާ..
ސަސި
04 March 2025
މަ ބުނީ ހުރި މަގާމުން ވަކި ކުރަނީ ކަމުނުދާތީއެއްނޫންތަ؟ ދެން ހަމަ އެހެން ޖޮބެއް ހަމަ ދޭން ޖެހޭތަ؟ ކޮންކަހަލަ މަޖުބޫރުކަމެއްތަ؟
އެންމެން ހެޕީ
04 March 2025
މިވެރިންގެ ކަމަކީ ރަމަން ރަމަން ފޯލި ކުޅުން.