މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އުސައިދު --
04 މާޗް 2025 - 22:33
މެލޭޝިއާ އިން އަހްމަދު އުސެއިދު ގެއްލިގެން ހޯދަން ފެށި ފަހުން އޭނާ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އެތަނުގައި ވޮލެޓް ބާއްވާފައި އޮތުމުން ޔަގީންވެއްޖެ އެވެ.
އޭނާ ސަލާމަތުން ހުރި ކަން އެނގުނު ނަމަވެސް އާއިލާއާ މިހާތަނަށް ބައްދަލެއް ނުވެ އެވެ.
އަހުމަދު އުސައިދު ނަމަކަށް ކިޔާ މީހަކު މެލޭޝިއާ އިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ ބައްޕަ އިބްރާހިމް އަފީފް ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ދަރިފުޅު އެންމެ ފަހުން ފެނިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 3:15 ހާއިރު އެވެ.
އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެގެން ފުލުހަށާއި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅި އެވެ. އެ ރިޕޯޓާ އެކު އުސައިދު ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ 4 ޖެހިއިރު އެމްބަސީއަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ބުނެފައިވެ އެވެ.
"...ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި ކުރި ޕޯސްޓްގައިވެ އެވެ.
"އެހާ ހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައި."
މިއަދުގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑް އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި ނަަމަވެސް، އުސައިދާ ބައްދަލުވެފައިނުވާ ކަމަށް އަފީފް ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެ،" އޭނާ ބުންޏެވެ.
އިބްރާހިމް އަފީފް ވަނީ އުސައިދު ހޯދުމަށް ފުލުހުންނާއި އެމްބަސީން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވެދިން އެހީއަށް ޝުކުރުއަދާކޮށްފަ އެވެ.
"ހެޔޮ ހާލުގައި އުސައިދު ހުރިކަން ކެމެރާތަކުން ފެނެ އެވެ. ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ." އަފީފް ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު އުސައިދު އެންމެ ފަހުން ފެނިފައިވާއިރު، ކެމެރާއިން ވެސް އޭނާ ފެނިފައިވަނީ ހަމަ އެ ދުވަހު އެވެ. އޭގެ ފަހުން އުސައިދުގެ މިހާތަނަށް އެއްވެސް މީހަކާ ބައްދަލުކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑް އެމްބަސީގައި ބާއްވާފައި ދިޔަ ސަބަބެއް ވެސް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމނާ
05 March 2025
މައިންބަފައިން ދެކެ ހިތްހަމަ ނުޖެހިގެން ކަމަށް ވެސް ވެދާނެ އެ އުޅެނީ. އަޅެ ބަހެއް ހޯދާލަބަލަ ބައްޕަގެ. މެލޭޝިއާގަ ވަރަށް ފަސޭހަ ވާނެ އެކަނި އެކަނި ތަނެއްގަ އުޅެލަން މީހަކަށް އުނދަގޫނުކޮށް.
ލުބްލާ2025
05 March 2025
ފެމިލީ ޑްރާމާ ވެސް ހަބަރަށް އަރާ ހިސާބަށް ދިޔައިމަ ދެރަދޯ؟
ސީބުރި
05 March 2025
ބަލަ އާއިލާއިން ،، ނުކިޔަ ބުނަންވީނުތަ މައްސަލަ ޖެހިގެން ނޭ މިއުޅެނީ..ވޮލެޓާ ފޯކާ ބޭއްވީމަ އެ ދިރިހުރިކަން ޔަްީން ވީ..ކިހާ މަޖާ!!! މަޖަލެއް ނޫންތަ އަޅެ.
ހަސަންރަހާ
05 March 2025
އެމްބަސީ ބަންދުކޮށްފާ ހުރި ދުވަހަކު އުސައިދުގެ ވޮލެޓާއި ކާޑު އެމްބަސީ ގަ ބޭއްވިގޮތަކީ އަޖައިބެއް ކަހަލަ ކަމެކެވެ. އެމްބަސީ ދޮރު މަތީގަ ބޭއްވީ ބާއެވެ؟ ސީސީޓީވީ އިން ފެންނަ ރަތް ޓީޝާޓް ލައިގެން ހުރީ އުސައިދު ކަން ޔަގީން ވަންނާ އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން މާ އުނދަގޫ ވާނެހެން ހިއެއް ނުވެއެވެ.
އުއްތަމަ އުސްތާޛް
05 March 2025
ޖަމާލް ޚާޝޮގްޖީ ކަހަލަ މައްސަލައަކަށް ނުވުން އެއީ އަހަރެމެންގެ ހެޔޮ ދުޢާ
އަހުމަދު......
05 March 2025
ގިނަފަހަރަށް އެމްބަސީ ތައް ހުންނަނީ ނަމަކަށް. ކޮންމެވެސް ސިޔާސީ ބަައެއް ރާއްޖެއިން ބޭރުގަ ދިރިއުޅެން ބޭނުންވާތީ ސަރުކާރުން ކުރާކަމެއް އެމްބަސީ ތަކަށް މީހުންލުމަކީ.
ޖާސިމް
05 March 2025
ތިހާގިނައިރު ދިވެހި ޒުވާނަކު އޯފްލައިން ވުމަކީ ވަރަށް ކަން ބޮޑުވާން ޖެހޭކަމެއް. މެލޭޝިޔާ ގަ ސީ ސީ ކެމެރާގަނޑެއްވެސް ނުހުރެދޯ. ކޮރައްޕް ގަުމުތަކުގަ ސަލާމަތީ ކަންކަން ވަރަށް ދައްވާނެ. ޑްރަގް ގުރޫޕްތައް ވަރަށް އޮންނަ ތަނެެއްތީ. ޔުނަވާސިޓީތަކުގަ ހަމަ އެވަރު.
ޑޮނާޑު
05 March 2025
އިންޑިއާ އެއްނޫން މިއީ. މެލޭޝިޔާއަށް ނުދާތީ އަދި ނޭނގެނީ. ކުނިގޮނޑު ފާހަނާާ ކުރީމަތިވެސް ކެމަރާ ހަރުކޮށްފަ ހުންނާނީ. މިކޮޅަށް އައިސް ބަލާލާ.
އަހުމަދު2
05 March 2025
ބެލެވޭ ގޮތުން ވޮލެޓާއި ސްޓޫޑެންޓް ކާރޑު ރައްދުކުރަން އެމްބަސީއިން އާއިލާއައް ގުޅާ، އާއިލާއަށް އުސެއިދުގެ ހަބަރެއް ނުވެގެން ތެޅިފޮލިގަނެވުނީ. ޢެހެން ގައުމެއްގަ ހުރެދާނެ. ގައުމުގެ ގޮތުން ބުނަން ނުކެރިވެސް ދާނެ.
ކެރޭ
05 March 2025
މީނާގެ މެޑިކަލް ހިސްޓްރީ ނޫނީ އެފަދަ ކަމެއް ކުރިން ހުރިތޯ ސާފުކޮށްދީ ބަލަ.
ހައްޖައްތަ
04 March 2025
މިހާރު ހީވާ ގޮތުގައި މީ އާއިލީ މައްސަލައެއް. އާއިލާ އިން ކަމެއް ދޮރުވަނީ ހެން ހީވަނީ.
ފޮނިޓައްޕު ހަސަނު
05 March 2025
އާއިލާއަކަށް ބޮޑުހިތާމައެއެއް ލިބިގެން އުޅޭ ވަގުތެއްގައި ތިޔައުޅެނީ ފީކަޅާ ކޮމެންޓު ކުރެވޭތޯ.
ލޮލްމޭމް
05 March 2025
އަސްލުވެސް ސަމްތިން އިޒް ފިށީ ހިއަރ