އައްޑޫއަށް މިދިޔަ މަހު ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށްފައި.
05 މާޗް 2025 - 12:46
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަން ނިންމައިފި އެވެ.
މިދިޔަ މަހުގެ 17ގައި ވެސް ފެނަކައިން ވަނީ ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އައްޑުއަށް 1.8 ކިލޯވޮޓުގެ އާ ޖަނަރޭޓެއް ފޮނުވައިފަ އެވެ.
އެކަމަކު އިއްޔެ ވެސް ރަށުން ކަރަންޓު ކެނޑި އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާއިރު އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ފެނަކައިން ބުނީ އައްޑުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ ދެ މަސް ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާގެ ތެރޭ 1.8 މެގަވޮޓުގެ އިތުރު އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ފެނަކައިން ބުންޏެވެ.
މިދިޔަ މަހު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް ރޯދައިގެ ކުރިން ނިމެނޭ ކަމަށް ބުނެފައިވާއިރު ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް ނިންމާނެ ކަމަށް ވެސް ބުންޏެވެ.
ފެނަކައިން ބުނި ގޮތުގައި ސްޕެއާ ރާއްޖެއިން ބޭރުން ގެނެސް، އެ ޖަނަރޭޓަރު ސެޓް މަރާމާތުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އިތުރު ބޮޑު ކަމެއް ދިމާނުވާ ނަމަ، މިި މަހުގެ 10 ވަނަ ދުވަހު އެ މަސައްކަތް ނިންމައި ހިދުމަތް ދެވޭނެ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އިއްޔެ ކަރަންޓުގެ މައްސަލަ ދިމާވީ ޖެނަރޭޓަރު ސެޓަކަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކުރުމަށް ބޭނުންވާ ސްޕެއާ އައްޑޫގައި އެބަ ހުރި ކަމަށާއި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަރާމާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅު ކޮށްގެން ޖަނަރޭޓަރު ސެޓްތަކުގެ ޕާފޯމަންސް ރަނގަޅުކުރުމާއި ކެޕޭސިޓީ އިތުރު ކުރެވެން އޮތުމުގެ އެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އެކަމަކު އެ މަސައްކަތަކީ ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެނެސްގެން ކުރެވޭނެ ކަމެއް ކަމަށާއި އެތަކެތި ބޭރުން ގެނެސް މަސައްކަތް ނިންމާލުމަށް މަހެއް ނަގާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓު ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވެ މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެ، ޝަކުވާ އިތުރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ މާޒިން
06 March 2025
އައްޑޫއަށް މިގެންދާ ޖެނެރޭޓަރަކީ ރައީސް މުއިއްޒުގެ އަވަސް ފިޔަވަޅު ދައްކުވައިުދޭ ނަމޫނާއެއް.
ޖައުފަރްް
06 March 2025
ކޮންމެ ގޮތެއްވިޔަސް މިދިޔަ ސަރުކާރުގަ އުޅެންޖެހުނު ހާލަށްވުރެ ހާސްބައި ރަނގަޅަށް މިދަނީ.
ޒިޔާންް
06 March 2025
އައްޑޫގެ މި ޒަމާންވީ މައްސަލައަށް ހައްލު ނުލިބުން އެއީ މިދިޔަ ސަރުކާރުގެ ފެއިލިއާއެއް. 5 އަހަރު އޮވެމެ އެމީހުންނަށް މިކަމަށް ދާއިމީ ހައްލެއް ނުގެނެވުނު.
މުޝައްރަފު / ލިބޭ
05 March 2025
ކިތަންމެ ގިނަ އިންޖީނެއް ގެނަޔަސް ކަރަންޓް ކަނޑާ ވަގުތު މަދެއްނުވޭ.. ފާއިތުވީ 6 މަސް ދުވަހުވެސް 1 ގަޑި އިރަށް އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދަނީ. މި ރޯދަމަހު ރޯދަވީއްލާ ގަޑީގައި އާއި ހަވީރު ކައްކަން ބަދިގެޔަށް ވަންނަގަޑީގައިވެސް ކަރަންޓް ކަނޑަމުންދަނީ.. ރައީސް ވިދާޅުވި ރޯދައަށް ކަރަންޓް ކެނޑޭ މައްސަލަ ހައްލުވާނެއޭ.. އެކަމަކު ގޯސް ވީ. ކަނޑާވަގުތު ގިނަވީ.
ލ.ގަން
05 March 2025
އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަން ކުރި ގިނަ މަސައްކަތަކީ ފެނަކައިން ރައީސަށް އޮޅުވާލުމަށް ދެއްކި ޔޯލަ ވާހަކައެވެ. ދެން ކުރި ކަމަކީ އައްޑުއަށް ބޭނުންވާ އެއްޗެހި ފެނަކަވެރިންގެ މަސްލަޙަތު އޮންނަ ކުންފުނިތަކު ގަތުމަށް ރޭވިގެން ކުރިޔަށް ދިޔަ ހަރަކާތްތަކެވެ. ފެނަކައިގެ ހިންގުން ވަނީ މުޅީން ބޮއްސުންލަިއގެން ގޮސްފައެވެ. މިރޭޓްން ކަން ދާނަމަ ކުރިޔަށް އޮތްތަނުގައި ފެނަކަ ބަނގުރޫޓްވުން ގާތެވެ. ސަރުކާރުން ފެނަކައަަށް ކޮހަކު ލީމައި ވާނެ ގޮތްވަނީއެވެ.
އެލްވިސް ބުރުސްލީ
05 March 2025
އުތީމު މިހާރު މީހުން ގޯހެކޭނޫން، އެކަމަކު ޕޯޗުގީޒުގަ މިރޯދަމަހު ގަވައިދުން ކަރަންޓު އެބައޮތްކަމަށްވަނީ.
ދަގަތްފާނު
05 March 2025
މަތީގައި ދެންނެވިފައިވާފަދައިން ކަރަންޓުކެނޑޭ މައްސަލަ ފެނަކައަށް ހައްލުނުކުރެވެންޏާ އިންޖީނުގޭ ޒުވާނުންނާއި ހަވާލުކުރުމުގެ މަސައްކަތް ކައުންސިލުން ފަށަންޖެހޭ.
ވޯޓުލެވުނު ގޮތަކުން
05 March 2025
އައްޑޫގެ ހުރިހާވެސް މައްސަކަޔަކީ މޭޔަރު.
މުޑަހަންޖާ
05 March 2025
އިންޖީނުތައް ބަޑިޖަހަޖަހާ ހުއްޓާ މިހާރު މިއޮތީ އަނެއްކާ އިންޖީނުގޭ ވެންޓިލޭސަން ހަދަންޖެހިގެން އުޅޭވާހަކަ. ހިތާމައިގެ ކޮޅެއްނެތް.
ވާސިފާާ
06 March 2025
ފެނަކަ ސައީދުގެ ނާގާބިލްކަން ތިއީ. އޭނަ އެއްވެސް ވަރަކަށް އައްޑޫ ފެނަކައަށް އަޅައެއްނުލާ.
ސޯލާ
05 March 2025
މިވަރުވާއިރުވެސް ބަޔަކު އަމިއްލައަށް ސޯލާ ޖަހަން ހުއްދަ އަށް އެދުނަސް ހާދަ ދުއްތުރާލެއް ކޮށްފަ ހުއްދަނުދީ އަހަރު ދުވަސްވެސް ދުއްވާލާ.. ވެބްސައިޓް ގައި އިން ނެޓްމީޓަރު ގަވާއިދާއި ފެނަކަ އައްޑޫ މުވައްޒަފުން ގެންގުޅޭ ގަވާއިދު އަލިފާނާއި ފެން ހާ ތަފާތު ބޮޑު.