ތޮއިބާ މިސްކިތުގެ ބިންގާ ރައީސް މުއިއްޒު މިއަދު އަޅުއްވައި ދެއްވާއިރު އަރިހުގައި ތޮއިބާ އިސްމާއިލް އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު ލަތީފު.---ފޮޓޯ: ރައީސް އޮފީސް
05 މާޗް 2025 - 15:46
ދީނީ އިލްމުވެރިޔާ މ. ތޮއިބާ، ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު އިސްމާއިލް) ގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.
މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ކިޔަަވައި ނިންމެވި ފުރަތަމަ ދިވެހި ދަރިވަރު އިސްމާއިލްގެ ހަރަދުގައި އިމާރާތްކުރާ މިސްކިތް އަޅަނީ ހުޅުމާލެ 1 ގައި ރެޑް ވޭވް ކައިރީގައި ކުރިން ވަގުތީ މިސްކިތް ހުރި ތަނުގަ އެވެ.
ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ތޮއިބާ އިސްމާއިލް އިމާރާތް ކޮށްދެއްވާ މިސްކިތުގެ ނަން ނިސްބަތް ކުރައްވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ.
"މިސްކިތެއް އިމާރާތް ކޮށްދެއްވުމަކީ އިސްމާއިލްގެ ވަރަށް ބޮޑު އުންމީދެއް. އޭގެ ފެށުން މިއަދު މި ފެނުނީ،" އިސްމާއިލްގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ތޮއިބާ އިސްމާއިލް، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެތައް އަހަރެއް ވަންދެން ޓިނުން ހަދާފައި ހުރި ވަގުތީ މިސްކިތް ހުރި ބިމުގައި އަޅާ މި މިސްކިތް އެޅުމުގެ މަސައްކަތް ކުރަނީ މަދީނާ އިންވެސްޓްމެންޓުގެ ފަރާތުންނެވެ.
އެތެރެ އާއި ބޭރުގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރަނީ މިސްކިތް ބިނާ ކުރަނީ ފުރިހަމަ ލައިބްރަރީއަކާއި ރިސާޗް ސެންޓަރަކާ އެކު ދެ ބުރިއަށް ކަމަށް މަދީނާ އިންވެސްޓްމަންޓުން ބުންޏެވެ. އަދި އަންހެނުންނަށް ހާއްސަ ބަޔަކާއި ފާހާނާ ވެސް ހުންނާނެ ކަމަށް މަދީނާ އިންވެސްޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ތޮއިބާ އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން އަދި ތޮއިބާ އިސްމާއިލް (ގޮނޑީގައި އިށީނދެވަޑައިގެެން).---ފޮޓޯ: ރައީސް އޮފީސް
މިސްކިތަށް ކަރަންޓު ދިނުމަށް ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ސޯލާ ހަކަތައިންނެވެ.
އިސްމާއިލްގެ އަމާޒަކީ އެއް އަހަރުހެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް ރޯދަމަހަށް މިސްކިތް ހުޅުވުން ކަމަށް މަދީނާ އިންވެސްޓްމަންޓުން ބުންޏެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްމާއިލަކީ ދީނީ އިލްމު ފެތުރުމާއި މީހުން ބިނާކުރުމުގައި ރާއްޖޭހެ މުހިންމު ޝަހުސިއްޔަތެއް ކަމަށެވެ.
ޝަހީމް ވިދާޅުވިގޮތުގައި އިސްމާއިލް މިހާރު ވަނީ ގުރުއާނުގެ ތަފުސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވައި ނިންމަވައިފަ އެވެ. އަދި އެ ތަފުސީރު އިސްލާމިކް މިނިސްޓްރީން ވަރަށް އަވަހަށް ނެރެން ގަސްދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލަކީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ވެސް އާއިލާގެ ބޭފުޅެކެވެ. އެހެންވެ، މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ލަތީފާއި އެ އާއިލާގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
07 March 2025
މި ބޭފުޅާގެ ދަރިން ނުތިބޭތޯ؟ ލަޠީފްގެ ގެއެއް ކަމަށް ހީކުރީ ތައިބާ މިސްކިތް ކައިރި އެއިންނަނީ
ފުންއަސަރު
06 March 2025
ބަރާބަރު އެންމެ އަހަރެއްތެރޭ މިސްކިތްނިންމާ އެމިސްކިތުގެ ބޭނުން ކުރެވުމަކީ އެދޭއެދުން. ކަމެއްކުރަންޏާ ދަންމަދަންމާ ތިބޭކަށޤނުވާނެ. ހެޔޮހިތުން ކަމެއްކޮށްދެއްވުމަކީ ކުރަންއުޅޭ މަސައްކަތެއް ހަމަ އެހާމެ ބާރުސްޕީޑުގާ ކޮށްނިންމާ ރައްޔިތުންނަށް އޭގެ ބޭނުން ކުރެވުން. އިސްމާއީލްގެ ތިޔަ މަސައްކަތުގާ ބަރަކާތްލައްވާ އިސްމާއީލްއަށް ހެޔޮގޮތް މިންވަރުކުރައްވާށި. އާމީން.
ސަފްވާން ޤްފީއުތަ
06 March 2025
ގެ ކައިރީ އިންނަނޫ މެޑަމް މިސްކިތް. ޖާގަ ނުލިބޭ. ޒޫ ބުނީ ފޭސް2 މިސްކިތައް އަންނަން. ޖާގަ ނުލިބޭ. ކަޑަ. އަދި 6 މިސްކިތް އަޅަންވީ
އަފާފް ދުއީސަ
06 March 2025
އުކުޅަހުގަ ހުރެފަ މިއައީ ހުޅުމަލޭއަށް ތަރާވީސް ކުރަން. އާރުސީސީ މިސްކިތުގަ. އެކަމަކު ޖާގައެއް ނުލިބޭ. އަދިވެސް އަޅަންވީ މިސްކިތް
މައާޝް ދުމައްހަމު
06 March 2025
ވަރަށް ހާލުގަ ނަމާދުކުރަން މިޖެހެނީ. އަންހެނުން ކޮންމެ ދުވަހަކު އެބަ އަހާ ތަރާވީސް ދިޔައީ ކިހިނެއްހޭ. މަ ބުނަން ރަނގަޅޭ. ކަޑައޭ ނުބުނާނެނު ދެން އަހެނުން ކައިރީ. ކަޑައޭ ބުނެފިއްޔާ ބުނާނެ ވަށް މިސްކިތައް ދާން. އަހަރެން ލައިކް ވަނީ ޝަހީމްގެ އަޑު ދަށުން ނަމާދު ކުރަން. އެތެރެއިން ޖާގަ ނުލިބޭތީ ވަރަށް ދެރަ.
ހުސައިން ރުހިޒާ
06 March 2025
އަހަރެން ދިރިއުޅެނީ މާލޭގަ. އެކަމަކު އިއްޔެ ދިޔައީ އަންހެނުންގެ ފެމިލީ ގެއަކަށް ރޯދަ ވީއްލަން ހުޅުމާލެއަށް. އެގެ ކައިރީގަ އިންނަނީ އާރުސީސީ މިސްކިތް. ބޭރުންވެސް ޖާގަ ނުލިބުނު. ވަރަށް ދެރަ.
އަފްސަލް ދުއީސަ
06 March 2025
މިފަހަރު ރޯދަ މަހު ގިނަ ފަހަރު ސިޑިމަތީގަ ނަމާދުކުރަން މި ޖެހެނީ. މިސްކިތްތައް އަދިވެސް ވަރަށް މަދު. ކަކުލަށް ވަރަށް ތަދުވޭ މިހެން ކުރަން ޖެހޭތީ
ހަހަހހަަ
06 March 2025
މިސްކިތް އެބޮތް ބައިވަރު. މައްސަލައަކީ އެންމެން ގޭ ކައިރި ކުޑަ މިސްކިތައް ދާތީ. އޭގެ ބަދަލުގަ 10 މިނިޓުން ދެވޭ ބޮޑު މިސްކިއް އޮންނަނީ ހުހަށް. މިވަގުތަށް މިސްކިތް އިތުރުކުރާކަށް ނިޖެހޭ
ސަމާހު ންސަހަ
06 March 2025
ހުޅުމާލެ މިސްކިތަކުން ޖާގަ ނުލިބިގެން ރޭގަ މުސައްލަ ހިފައިގެން އައީ ހުކުރު މިސްކިތައް. އެވާހަކަ ބުނެލީ. ވ ސަލާން. ޅިއަނު އާ އެކީ
ައައިމަން ގްފީއުތަ
06 March 2025
ރަނގަޅު ކަމެއް. މި ރޯދަ މަހު ސިކުންތެއް ލަސްވިޔަސް ޖާގައެއް ނުލިބޭ
ސިއްބަތް އަޒީޒް
06 March 2025
ސޯލިހް ސަރުކާރުން އެޅުނު މާގިނަ މިސްކިތެއް ނެތް. މިސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގަވެސް އެތައް މިސްކިތެއް އަޅަން މިހާރުވެސް ވަނީ ބިންގާ އަޅާ މަސައްކަތް ފެށިފައި.