އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ ވަނީ އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ ޣައްޒާއަށް އަދިވެސް އޮތީ ގެއްލުން ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައި. -- ފޮޓޯ: އޭއެފްޕީ
06 މާޗް 2025 - 06:52
ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެންނާއި އޭގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ވަގުތުން ހަވާލުނުކޮށްފި ނަމަ ޣައްޒާއަށް އަދިވެސް އޮންނާނީ އިތުރު ގެއްލުންތަކާ ކުރިމަތިވުން ކަމަށް ވިދާޅުވެ ހަމާސްގެ ލީޑަރުން ސަލާމަތްވާން ބޭނުމިއްޔާ ޣައްޒާއިން ފައިބަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ އިންޒާރު ދެއްވައިފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަނީ އިޒްރޭލުން ކަމަށް ސިފަކުރައްވަމުން ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު" ގައި ލިޔުއްވާފައިވަނީ "މިކަން ނިންމަން އިޒްރޭލަށް ބޭނުންވާ ހުރިހާ އެއްޗެއް އެމެރިކާއިން ފޮނުވަމުން ގެންދާ" ކަމަށެވެ. އެމެރިކާއިން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު އިޒްރޭލަށް ސަޕްލައިކުރުމުގެ މަސައްކަތް ހަލުވިކޮށްފަ އެވެ.
"ހުރިހާ ރަހީނުން ހަމަ މިހާރު މިނިވަންކުރޭ. ފަހަކުން ނޫން. ކަލޭމެން މެރި އެންމެންގެ ހަށިތައް ވެސް ވަގުތުން ހަވާލުކުރޭ. ނޫން ނަމަ ކަލޭމެންގެ ކަންތައް ނިމޭނެ،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
"މިއީ ފަހުގެ އިންޒާރު. [ހަމާސްގެ] ވެރިން ސަލާމަތްވާން ބޭނުމިއްޔާ ވަގުތު އޮއްވައި ޣައްޒާއިން ފައިބާ."
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ އާންމުންހެން މަގުމަތިވެފައި ވާއިރު ޓްރަމްޕު ވަނީ ސީދާ އާންމު ރައްޔިތުންނަށް ވެސް އިންޒާރު ދެއްވައިފަ އެވެ.
"ޣައްޒާގެ ރައްޔިތުންނަށް ބުނަން. ވަރަށް އުފާވެރި މުސްތަގުބަލެއް ތި އެންމެންނަށް އެބަ އޮތް. އެކަމަކު ރަހީނުން ހިފަހައްޓައިގެން ތިބޭ ނަމަ ތިޔަ އެންމެންނަށް ވެސް އޮތީ މަރު،" ޓްރަމްޕުގެ އިންޒާރުގައިވެ އެވެ.
ޓްރަމްޕުގެ މި އިންޒާރުގެ ފަހަތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އިންޒާރު ދީފަ އެވެ. އޭނާ ވަނީ ރަހީނުންގެ ތެރެއިން މިހާރު މިނިވަން ނުކޮށް ތިބި އެންމެން ދޫނުކޮށްފި ނަމަ ދެން ކުރިމަތިވާނެ ކަންކަން ހިޔާލަށް ވެސް ނުގެނެވޭނެ ކަމަށް ބުނެފަ އެވެ.
ހަމަލާތައް މެދުކަނޑާލަން ހަމާސް އާއި އިޒްރޭލުން ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ 33 މީހަކާއި ފަލަސްތީނުގެ ހާހަކަށްވުރެ ގިނަ މީހުން މިނިވަންކޮށްފައި ވާއިރު އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށުމަށް އިޒްރޭލުން ދެކޮޅުހަދައި އެކި އުޒުރުތައް ގެންދަނީ ދައްކަމުންނެވެ. ދެން ވާހަކަ ދައްކާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށް ބުނާއިރު އެއްބަސްވުމާ ހިލާފްވަނީ ހަމާސް އިން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްލިމު
08 March 2025
ކަލޭ އަނގާގަ ކައްޓެއްނެތް ދުލެއް އޮތީމައޭތި ބޭނުންގޮތަކައް އޮޅާފަ އެއްޗެކޭކީދާނެ ފަލަސްތީނު ބިމަކީ މިއުނމަތައް ފޮނުވުނު އެނމެގިނަ ނަބީބޭކަލުން ފޮނުވުނުފަސްގަނޑު އެފަސްގަނޑަކާ ނުކުޅެވޭނެ ކަލޭމެންކަހަލަ މިލިޔަން އެމެރިކާއަޔަސް ބޮންއެޅިވަރަކައް ސޯޓުބޭލުން ނޫންކަމެއް ނުވާނެ މިހާރުވެސް އެދަނީއެކަން ފެނެމުން
ގުދުގުދާބެއްޔާ
07 March 2025
ހަމާސް އަށް އެއްވެސް ކަމެއް ނުކުރެވޭނެ ގައްޒާގެ ހުރިހާބާރެއް އޮތީ ހަމާސް އަތްމަތީގަ! އަލި މިއުޅޭ ފީކުދާން ސައުދީ އަރަބިޔާ އެބަ ލިޔައެއްނު ހަމާސް ނޫން އެހެން ބަޔަކަށް ވެރިކަން ދޭނެކަމަށް! މިއީ ހައްތަހާވެސް ޓްރަންޕްގެ ޕަޕެޓުން. ނުވެސް ނެރެވޭނެ!ހަގުރާމަ ކޮއްފިނަމަ އެމެރިކާ މީހުން ޑަޒަނަކަށް މަރުވެގެން ދާނެ! ތިއީ ފިނޑި އެމެރިކަނުން!
raajje
07 March 2025
އިންޒާރު ދީދީތިބުންނޫންކަމެއްމިހާރު ނުކުރެވޭނެ، ޓުރަންޕަކީ ބޯހަމަޖެހޭމީހެއްނޫން، ފުރިފަހުންނައެއްޗެހި ގުޑުކުޑެއްނާޅާނޭ ބުނަނީމިހެންވެ، ގައްޒާގެ އެތައްބަޔަކު ޝަހީދުކޮށް ބޮމާ މިސައިލު ހަމަލާތަކުން މުޅިތައް ސުންނާފަތިކޮށްލެވުނަސް އެމެރިކާއާ އިޒުރޭލުން ބޭނުންވިގޮތަށް އެއްވެސް ކަމެއް ހާސިލެއްނުވި، ހަމާސްވެސްނައްތާނުލެވޭ، ގައްޒާގެރައްޔިތުންގެ ހިތްވަރުވެސް ކަނޑުވައެއްނުލެވުނު، އެހެންވެ އެމެރިކާއާ އިޒުރޭލުން މިހާރުގޮތްހުސްވެގެން ކޮސްއަނގަތަޅަނީ!
ފުންއަސަރު
06 March 2025
ބޮޑުއަނގައެއްއޮތީމާ ތަންމިނަށް ހުޅުވާ ވާހަކަދެއްކިދާނެ. އަދި އެކިގޮތްގޮތަށް އިންޒާރުވެސް ދެވިދާނެ. ދުނިޔެއާ ނުކަތާވަރަށް ހަތިޔާރުހުރެގެން ކަންކުރެވޭނެނަމަ މިހާރު ކުރެވިއްޖައީސް. ބަލަ ތިމީހުނަށްވުރެ މާވަވަރުގަދަ މިބިންތަކުގެ ވެރިފަރާތެއްވެޔޭ. ތީކޮންބައެއް. ހިތަށްއަންނަ ކޮންމެ ކަމެއް ނުކުރެވޭނެ. ތިޔަބޮޑު އަނގައިން އެންމެ ލަފްޒެއް ބޭރުނުކުރެވޭވަރުވެދާނެ. ތިޔައުކަންގެންދާ ބޮންތަކުން ބޭނުން ނުކުރެވޭވަރު ވެދާނެ. ދެރައެއްދީފާ މޮޅެއްނުވާނެ.
ފޫހި
06 March 2025
ޔާ ﷲ މި ނުބައި ޓްރަމްޕް ގެ ބާރު ގެންދަވާ ނިކަމެތިކުރައްވާންދޭވެ. އަދި ޣާޒާ ސަލާމަތްކުރައްވާ އިޒްރާއީލް ބަލިކަށި ކުރައްވާ ދުނިޔެއަށް އެއީ އިބުރަތެއް ކަމުގައި ލައްވާންދޭވެ.
ކީމަ
06 March 2025
امين يارب العالمين
އަސް
08 March 2025
امين يارب العالمين
ހެދިގާ ގޮތެއް ހެދިފަ ތިބެންޏާ ތިބެން ޖެހޭނީ އަބަދުވެސް
06 March 2025
އަޅެ މިވަރު ނުލަފާކަން ދައްކާއިރު ގައްޒާ ރައްޔިތުންނަށް ހެޔޮ އެދޭކަމަށް ހެދިގެން ތިބޭ އިސްލާމީ ބާރުތައް ކޮބާތަ! ކިހާ ދެރަކަމެއްތަ މީ، ކަލޭމެންނަށް ވެރިކަން މިންވަރު ކުރެއްވީ އެބާރު ކަލޭމެން ބޭނުން ކުރާ ގޮަތް ބައްލަވަންކަން ނޭގެނީތަ! މިގައުމުގަވެސް އެބަޖެހޭ ބޮޑުނަގުލަށް ނުދަންމާ ތިޔަ އިޒްރޭލް މީހުންނަށް ނާދެވޭގޮތައް ޕާސްޕޯޓް މަނާ ކުރަން. ހެއްދެވި ފަރާތައް އެކަނި ބިރުގަންނަން ޖެހޭނީ. އެމީހުން ދެކެ ބިރުގަތުމަކީ އެމީހުންނަށް ސަޖިދަކުރުން.
ގުދުގުދާބެއްޔާ
07 March 2025
ތިބުނީ ފީކުދާން ސައުދީގެ ވާހަކަދޯ؟ އެއީ އެމެރިކާކެ ޕަޕެޓުން! ސައުދީންގެ ބޮޑުން އެގައުމުގެ ރައްޔިތުންގެ މުދާ ތިބެގެން ކަނީ! ގިނަ ދިވެހިންނަށް ތިޔަފެންނަނީ ސައުދީގެ މުއްސަނދި ޓައުނު! އެމީހުންގެ އެތެރެ ބަލައިލިނަމަ އިންޑިޔާގެ އެންމެ ފަގީރު ހިސާބާ ތަފާތެއް ނުވާނެ! މިއުއްމަތައް ޖެހިފަ އޮތް ބޮޑު މުސީބާތެއް ތިޔަސައުދީންނަކީ! ސަހީމު މިކޮމެންޓް ކިޔައިފައި ރުޅިއަރައިގެން ކުދިކުދި ވާނެ!
ދައުވާ
06 March 2025
އެމެރިކާ ވެރިކަމަށް އަރާމީހަކަށް ޖެހޭތަ ހަމަ މުސްލިމުންނާ ޖައްސާލައިގެން އުޅެން.
ޢެލީ
06 March 2025
ހިތި ހިތަކަށް ޓްރަމް ނެތިކުރައްވާދޭ. އާމީން
މާލު
06 March 2025
މިފެންނަނީ ހުޅާނގާ އެމެރިކާގެ އަދުލު އިންސާފުގެ ބަސްމަގު، ހަމާސް އިން ކުރާކަމެއްގެ ސަބަބުން ގައްޒާގެ މުޅި ރައްޔިތުން، ކުށެއްނެތް ކުޑަކުދިންނާ އަންހެނުންނާ މުސްކުޅީނެ ވެސް މަރާނެ ކަމަށް މިބުނަނީ، މީ މުސްލިމަކު ބުނި ބަހެއްނަމައީ މިހާރު މުޅި ދުނިޔެ ކެކިއަރާ އެމީހަކު ހައްޔަރުކޮށް އެމީހެއްގެ މުދާވެސް އަތުލީސް
މުއްލާ ހަސަން
06 March 2025
ވާނުވާ ނޭގޭ 2 މޮޔައިން.. 2 އަހަރުވަންދެން ބޮން އަޅާ ގާޒާ ސުންނާފަތި ކުރި އިރު އެންމެ ރަހީނަކުވެސް މިނިވަން ކުރެވުނުތަ؟؟ މޮޅު ކަމަށް ދައުވާ ކުރާ އިންޓަލިޖެންސާއި ، ބިމުގެ އަޑިއަށް ދާންދެން ސްކޭން ކުރާ ޑްރޯން ބޭނުންކޮށްގެން އެންމެ ރަހީނަކު ވެސް ފެނުނުތަ؟؟؟ ތި ގޮތަށް މީސްމީޑިއާ ގައި ގަދަ ބަސް ބުނެފައި ހަމަ ގޮސް ޖެހެނީ ހަމާސް އާއި ވާހަކަ ދައްކަން. ދެން ވެސް ވާހަކަ ދައްކައިގެން ނޫންގޮތަކަށް ރަހީނުން ނުފެންނާނެ. ތި މީހުންނަށް މަތިން ބޮން އެޅޭނީ.