ރައީސް ރ. ވާދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
06 މާޗް 2025 - 12:22
ކޮންމެ ދިވެއްސެއްގެ ވެސް އަޒުމަކަށް ހަދަންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ، ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ އިލްމީ ހަމަތަކެއް ކަމަށައި އިލްމީ ހަމަތަކުގެ މަތިން ދިވެހި ގައުމިއްޔަތު އުނގަންނައިދީ، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާ ކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވުމުގެ އަޒުމެވެ. އޭރުން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެ އެވެ. އެ ފަދަ ގައުމަކީ ބާއްޖަވެރި އުފާވެރި ގައުމެކެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ވަޒަންވެރިވެ، ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ތާރީހެއް އެނގެން ނެތް ކަމަށް ވާއިރު އެކަމުން އަންގައިދެނީ ދިވެހީންގެ ދޮށިކަމާއި ދިވެހީންގެ އަސްލުވެހިކަމާއި ދިވެހި ދައުލަތުގެ އެވޭލާކަމާ އެކު، ހައިބަތާއި ހަރުދަނާކަން ކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަ
06 March 2025
އަޒުމުގެ ވާހަކަ މަނިކުފާނު ދައްކަވާއިރު ހަނދާން ވަނީ އަބަދުވެސް “ކުރިން ބުނި އެތި ކެންސަލް” ވެފަ އޮންނަތަން. ކުރީގެ އަޒުމް ކެންސަލް. އާއަޒުމެއް ދެއްތޯ.؟
ކަލީލު
06 March 2025
އަޒުމަކަށް ހަދަންވީ ދޮގުނުހެދުމަށް.
ދިދައަކު ނެތް ކަމެއް
06 March 2025
ދީނަށް އަމަލު ކުރާނަމަ ވަރަށް ފުރިހަމަ، އެހެންނަމަވެސް ޔަހޫދީ ހުޅަނގުން ކިޔައިދޭ ދީން އަދި ގާނޫނުތަކަށް ތަބާ ވެގެން ތިބުން އެއީ އަޅުވެތިވުން.
އަހްމަދް
06 March 2025
ވާހަކަ ކިތަންމެ ރީއްޗަސް ނަމޫނާ ދައްކަވަނީ ދިމާ އިދިކޮޅަށް.
މިއައު
06 March 2025
ދީނު ގެ އަސާސެއް އަދުލު ވެރިވުން. އެކަން ފެނޭތޯ ވެރިކަމުން؟ ފުރަތަމަކަމަށް ބައިތުލް މާލުން ހަރަދުކޮށްގެން ނަގާ ސިޔާސީ މީހުންނަކީ ހަމަ ކުފޫ ހަމަވާ ގާބިލު ބައެއްތޯ؟ ހުރިހާ ވާހަކައެއް ދައްކާ ވަރަށް ވުރެ ރޯދައިގެ މުހިއްމުކަން ބޮޑު. އެހެން ވީމަ ރަމްޞާން މުބާރިކު
ކަމޮށި އިލްމުރިޔާ
06 March 2025
ގައުމެއްގެ ވެރިޔެއްގެ ޒިންމާއަކީ ހަމައެކަނި ގައުމު ހިންގުމެއްނޫން. އެގައުމެއްގެ އަހުލުވެރިންނަށް އުޅުމުގައި ނަމޫނާއަކަށްވެ ހެޔޮ ބަސްތަކަށް ގޮވާލާ މީހަކަށްވުންވެސް އެއީ ވެރިޔެއްގެ ޒިންމާ. މިއަދު ފެނިގެން މިދަނީ ފަހުގެ ތާރީހުގައި މިފަދައިން އަމަލުކުރާ ވެރިޔަކު މާތްﷲގެ އިރާދަފުޅުން ދިވެހިންނަށް ލިބިގެންދިޔަތަން. އުންމީދަކީ ރައީސް މުއިއްޒު ހެޔޮ ބަސް އަމުރުކުރެއްވުމުގައި ދެމިހުރުން.
ައަލްސަންް
06 March 2025
ރައީސްގެ ތި ނަސޭހަތް ފުރިހަމަޔަށް ގަބޫލުކުރަން.