06 މާޗް 2025 - 12:03
މާލޭގައި ފުޅާދާއިރާއެއްގައި ވޭފްގެ ވިޔަފާރިކުރާ ތަނެއް ރޭ ބަލައި ފާސްކޮށް، އެ ތަނުން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ އެމްޑީ އަބޫ ސުފްޔާން، 27 އެވެ.
އޭނާ ދިރިއުޅޭ ތަނާއި މަސައްކަތްކުރާ ކެފޭ ބަލައި ފާސްކުރިއިރު 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވޭޮޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސުފިއަން.-- ފޮޓޯ: ޕޮލިސް
ގަލޮޅުގައި ހުންނަ އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، އެ ގާނޫނާ ހިލާފުވިއަސް ވޭޕް އަތުލުމުގެ ބާރެއް ފުލުހުންނަށް ކުރިން ނުލިބެ އެވެ.
ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައިފި https://t.co/OEdv0wPNNU pic.twitter.com/LssyWqeuKm
— Maldives Police (@PoliceMv) March 6, 2025
ނަމަވެސް އޭގެ ފަހުން، ހެލްތު މިނިސްޓްރީން މިދިޔަ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާއްމު ގަވައިދުން ވަނީ ވޭޕްގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
06 March 2025
އޭނާ ތިޔަ އެތެރެކުރަނީ ކިހިނެއްބާ؟ އަދިވެސް ކުރީގެ ސްޓޮކުތަ؟ ރާއްޖެއަށް މުދާ އުފުލާ އާގުބޯޓުތަކުގެ މީހުން އެންމެގިނައިން ތިކަމުގަ އުޅެނީ.
ޙަމް
06 March 2025
މަގުމަތީ ވޭޕް ކުރޭ ނު ހުއްޓުވޭ.
އަސަރި
06 March 2025
މި ކުޑަ ދިވެހިރާއްޖޭގައި ގާނޫނުތަށް ތަންފީޒް ކުރާ އިދާރާތްތަކުގެ ވެރީންނާއި، މުވައްޒިފުންނަކީ ޒިންމާތަށް އަދާނުކޮށް ހަމައެކަނި މުސާރައާއި އެލަވަންސް މަހުން މަހަށް ނަގައިގެން އުޅެން ލައްވާފައިވާ ބައެއްތޯއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނާއި ޚިލާފަ ވިޔަފާރީއާއި އަދި އެތަށްކަމެތް މި މުޖުތަމައުގައި ކުރަމުންދާއި އެކަންތަށް ބަލާލާނެ ބަޔަކުނެތެވެ. އަދި ދިވެހީންނަށް އިންޑިޔާ ،ބަގްލާދޭސް އަދި ލަންކާގައި އެކަން މިގޮތަށް ކުރެވޭތޯ؟ ޔަގީން ނުކުރެވެއެވެ.
ހަކުން
06 March 2025
ވޭޕް ބޭން ކުރުމަށް އަހަރެން ކުރިން ތާޢީދު ކުރީމެވެ. އެކަމަކު މިހާރު މަގުމަތިން އަދި އެހެން ތަންތަނުންވެސް ޒުވާނުން ސިނގިރޭޓް ބޯތަން ފެނުމުން އެކަމާ ދެކޮޅު. ސިނގިރޭޓު ބޭނުން ކުރާ އާ ޖީލެއް މުއިއްޒު މިއުފެއްދީ.
ބޮއިފަ ބަހައްޓާ
07 March 2025
ކަލެއަކީ އެއްވެސް އިރަކު ވޭޕާ ދެކޮޅު މީހެއްނޫން1.
ދުބާއީ
06 March 2025
ކޮން ގައުމެއްގަ ހުރި ތަނެއްތަ؟
ޓޯކްސެލް
06 March 2025
އައްޑޫ ހިތަދޫގަވެސް އިންޑިޔާ މީހަކު ހެސް ކިޔާފަ ވޭޕް ވިއްކާ. ކާރޓްރިޖް ވެސް ވިއްކާ. ގަންނަނީ ފުލުހުން ވީމަ އެ ބިޒްނަސް އަކީ ނަން އޮފް އެނީވަންސް ބިޒްނަސް އަކަށް ވެފަ އޮތީ. ހަހަހަ
އަބޫލަހަބް
06 March 2025
އަބޫ ސުފިޔާން މިފަހަރު މި އަތުލާގަތީ. ދެން އަތުޖެހޭނީ އަބޫ ޖަހުލު ކަންނޭގެ!
ސާބަހޭ
06 March 2025
ގައުމުގަ ތިޔަށްވުރެ ނުބައިކަމެއް ނެތް.
ކަތްދައްތަ
06 March 2025
މީ ކޮންތާކު މެނޭޖިންގ ޑިރެކްޓަރެއްބާ؟ އެމް.ޑީ އަބޫ ސުފިޔާން
ޢާދަނުބެ
06 March 2025
ޥޭޕު ބޯމީހުންހަމަ ބަރާބަރަށް ވޭޕު ގެންގުޅޭ ފުލޭވާވެސް ހަމަ ބޭނުން ވަރަކަށްލިބޭ